ރާއްޖޭގައި ޔޮޓު ބަނދަރު ހަދައި ހިންގުމާ ބެހޭ އާ ގަވާއިދެއް ހަދައިފި

ހުޅުމާލޭ ފަޅުގައި ޔޮޓް އަދި ސަފާރީތައް އަޅާފައި---

ހުޅުމާލޭ ފަޅުގައި ޔޮޓް އަދި ސަފާރީތައް އަޅާފައި---

ރާއްޖޭގައި ޔޮޓު ބަނދަރު ހަދައި ހިންގުމާބެހޭ އާ ގަވާއިދެއް ހަދައި ގެޒެޓުކޮށްފި އެވެ.

ރާއްޖޭގައި ޔޮޓު ބަނދަރު ތަރައްގީކުރުމުގައި ގެންގުޅެންވީ މިންގަނޑުތަކާއ،ި އެފަދަ ތަންތަނުން ހިދުމަތް ހޯދާ ފަރާތްތަކަށް ލިބެންޖެހޭ ވަސީލަތްތަކާއި، ފަސޭހަތަކާއ،ި އެފަދަ ތަންތަން ހިންގުމުގެ ހުއްދަ ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ކަނޑައަޅައި އެކުލަވާލައިފައިވާ މި އާ ގަވާއިދު ރައީސް އޮފީހުން ވަނީ މިދިޔަ ހަފްތާގައި ގެޒެޓުކޮށްފަ އެވެ.

އާ ގަވާއިދާއެކު 2005 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި ޔޮޓު ބަނދަރު ހަދައި ހިންގުމާބެހޭ ގަވާއިދު ވަނީ އުވާލާފަ އެެވެ.

އަލަށް އެކުލަވާލި ގަވާއިދުގައި ބުނެފައިވާ ގޮތުން ރާއްޖޭގައި ޔޮޓު ބަނދަރެއް ހެދޭނީ ފަތުރުވެރިކަމުގެ ބޭނުމަށް ޓޫރިޒަމް މިނިސްޓްރީން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅާއި، މީހުން ދިރިއުޅޭ ރަށްރަށުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ފަޅުގެ ސަރަހައްދުގެ ތެރެއިން އެ ރަށެއްގެ ލޭންޑް ޔޫސް ޕްލޭނުގައި ފަތުރުވެރިކަމުގެ ބޭނުމަށް ނުވަތަ ޔޮޓު ބަނދަރު ތަރައްގީކުރުމަށް ފާހަގަކޮށްފައިވާ ސަރަހައްދުތަކުގެ އިތުރުން އަމިއްލަ ބިމެއްގެ ގޮތުގައި ވަކި ފަރާތަކަށް ދޫކޮށްފައިވާ ބިމާއި ފަޅުގެ ސަރަހައްދެއްގަ އެވެ.

މިއިން ތަނެއްގައި ޔޮޓު ބަނދަރެއް ހަދާނަމަ ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ކުރެހުމެއް މިނިސްޓްރީއަށް ހުށަހަޅައިގެން، އެ ކުރެހުން ފާސްކޮށް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހެ އެވެ. އަދި އެފަދަ ބަނދަރެއް ހިންގުމުގެ ހުއްދަ ދެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށެވެ.

ޔޮޓު ބަނދަރު ހިންގުމުގެ ހުއްދަ ދޫކުރާއިރު ބަލާނެ ޝަރުތުތައް

  1. މިނިސްޓްރީން ކުރެހުން ފާސްކޮށްފައިވުން
  2. ގަވާއިދުގައި ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތައް ބަނދަރު ތަރައްގީކޮށްފައި ވުން
  3. ބަނދަރުތަކުން ލިބެންޖެހޭނެކަމަށް ގަވާއިދުގައި ބަޔާންކުރާ ހިދުމަތްތައް ލިބެން ހުރުން
  4. ބަނދަރާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ ހުއްދަތައް ނަގައިފައިވުން

ޔޮޓު ބަނދަރުތަކުން ލިބެން ހުންނަންޖެހޭ ވަސީލަތްތަކާއި ހިދުމަތްތައް

  • މީހުންނާއި މުދާ ބޭލުމަށް ޓަކައި ފާލަމެއް ހަދައިފައި އޮތުމާއި އެ ފާލަމުގައި ކޮންމެ އުޅަނދެއް ވަކިން އަޅައި ބަނދެވޭނެ ނިޒާމު ގާއިމުކޮށްފައި ހުރުން
  • މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދެވޭނެ ވަސީލަތްތައް ގާއިމުކޮށްފައި ހުރުން
  • ފަސޭހަކަމާއެކު ސާފު ފެނާއި ކަރަންޓު ލިބޭނޭ އިންތިޒާމު ހަމަޖެހިފައި ހުރުން
  • ސިއްހީ އަވަސް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުރުން
  • ކުނި ނައްތައިލާނެ ނިޒާމެއް ގާއިމުކޮށްފައި ހުރުން
  • އުޅަނދުފަހަރުގެ ފާހާނާތަކުން ބޭރުވާ ނަޖިސް ޕަންޕްކޮށް ނަގައި ނައްތާލެވޭނެ ނިޒާމެއް ގާއިމުކޮށްފައި ހުރުން
  • އަލިފާނުގެ ހާދިސާއަކުން ސަލާމަތްވުމަށް ޓަކައި އަލިފާނުން ރައްކާތެރިވެވާނޭ ނިޒާމެއް ގާއިމުކޮށްފައި ހުރުން

ގަވާއިދުގައި ބުނެފައިވާ ގޮތުން ޔޮޓު ބަނދަރުގައި އުޅަނދުފަހަރު މަރާމާތުކުރުމާއި ދޮވުން ފަދަ ހިދުމަތްތައް ދޭންޖެހޭނީ އެކަމުގެ ސަބަބުން ތިމާވެށްޓަށާއި އެހެން ފަރާތްތަކަށް ނޭދެވޭ އެއްވެސް އަސަރެއް ނުކުރާ ގޮތަށެވެ.

ބަނދަރުގައި ހަދައިފައި ހުންނަ އިމާރާތްތަކާއި ތަންތަނާއި ތަކެއްޗާއި ބަނދަރުގައި އުޅޭ މުވައްޒަފުންނަށާއި ބަނދަރު ބޭނުންކުރާ އެންމެހައި ފަރާތްތަކަށާއި ތަނުގެ ތިމާވެށްޓަށް މެދުވެރިވެދާނެ ގެއްލުމެއްގެ ބަދަލު ލިބިދޭނެގޮތް އިންތިޒާމުކުރުމަށްޓަކައި ބަނދަރު ހިންގާ ފަރާތުން ސަރުކާރު ގަބޫލުކުރާ އިންޝިއުރަންސް ކުންފުންޏަކުން ސަރުކާރު ގަބޫލުކުރާ ފެންވަރަކަށް އިންޝުއާ ކުރަންޖެހޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ކަނޑައަޅާފައިވާ މިންގަނޑުތަކަށްވުރެ ބަނދަރެއްގެ ހިދުމަތުގެ ފެންވަރު ދަށްވެއްޖެ ނަމަ އެ ތަނެއް އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމާއި އެތަނަކަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުމުގެ މިނިސްޓްރީއަށް ވަނީ ދީފަ އެވެ.

އޭގެ އިތުރުން، ޔޮޓް ބަނދަރަކުން މި ގަވާއިދާ ހިލާފުކަމެއް ކޮށްފިނަމަ 10،000ރ. އިން ފެށިގެން 100،000ރ. އާ ހަމަޔަށް ޖޫރިމަނާކުރުމުގެ ބާރުވެސް މިނިސްޓްރީއަށް ވަނީ ދީފަ އެވެ.

މި އާ ގަވާއިދަށް އަމަލުކުރަން ފަށާފައިވާއިރު އާބަންކޯ އިން ވަނީ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލޭގައި ޔޮޓް ބަނދަރަކާއި މެރީނާއެއް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މާލެ ސަރަހައްދުގައި ދުއްވާ ސަފާރީތަކަށް ހާއްސަކޮށްގެން ސަރުކާރުން ދަނީ މާލެ ކައިރީގައި އޮންނަ ދިޔަނެރު ފަޅު ދޭއް ހިއްކައިގެން ބަނދަރަކާއި މެރީނާއެއް ތަރައްގީ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox