ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އޮފީހަށް ފުލުހުން ވަދެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ފުލުުހުން އާރުޑީސީ އަށް ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ނަމަވެސް އެއީ ސީދާ ކޮން މައްސަަލައަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެ އެވެ.
"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންނާ އެކު އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޓީމެއް ވެސް އާރުޑީސީގެ ތެރޭގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި ކޮންމެ ޑިޕާޓްމަންޓަކުން އެއް މުވައްޒަފަކު ފިޔަވައި އެހެން ހުރިހާ މުވައްޒަފުން އޮފީހުން ވަނީ ނެރެފަ އެވެ.












