ކުލި ނުދައްކައިގެން ނެޔޮ އަތުލީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

ރ. ނެޔޮ: އުނގޫފާރު ކައިރީގައި އޮންނަ މި ރަށް މިހާރު އޮންނަނީ ރ. އަތޮޅު ކައުންސިލުގެ އިހުތިސާސްގައި -- ފޮޓޯ/މެކްސާ

ރ. ނެޔޮ: އުނގޫފާރު ކައިރީގައި އޮންނަ މި ރަށް މިހާރު އޮންނަނީ ރ. އަތޮޅު ކައުންސިލުގެ އިހުތިސާސްގައި -- ފޮޓޯ/މެކްސާ

ދަނޑުވެރިކަން ކުރަން ދޫކޮށްފައި އޮތް ރ. ނެޔޮ އަތުލަން ފިޝަަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ނިންމީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން މިދިޔަ ހަފުތާގައި ހުކުމްކޮށްފި އެވެ.

ނެޔޮ ކުއްޔަށް ނަގައިގެން އުޅުނީ އަމީމާ އިންވެސްޓްމަންޓްސް ކިޔާ ކުންފުންޏަކުންނެވެ.

މި ރަށް އެ ކުންފުންޏަށް ޖެނުއަރީ 11، 2012 ގައި ކުއްޔަށް ދޫކުރީ 21 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ސަރުކާރުން ވަނީ އެއްބަސްވުމާ އެއްގޮތަށް ރަށުގެ ކުލި ނުދައްކާ މައްސަލައިގައި އޮކްޓޫބަރު 23، 2023 ގައި އެއްބަސްވުން ބާތިލުކޮށް، ރަށް އަތުލާފަ އެވެ.

މިކަން ސަރުކާރުން ކުރީ ގޯސްކޮށް ކަމަށް ބުނެ އަމީމާއިން ދައުލަތާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނީ ރަށް އަތުލީ އެއްބަސްވުމުގެ ދަށުން ދޭން ޖެހޭ ނޯޓިސް، އެއްބަސްވުމުގައި ބަޔާންކުރާ ގޮތުގެ މަތިން، ދިނުމަކާ ނުލައި ކަމަށެވެ.

ރައްދުގައި ދައުލަތުން ކޯޓުގައި ބުނީ އެއްބަސްވުން ބާތިލުކުރީ ބަރާބަރަށް ކުލި ނުދައްކާތީ ކަމަށާއި، ކުލި ނުދެއްކުމަކީ ރަށް ވަކިކުރުމުގެ ހައްގު ދައުލަތަށް ލިބޭ ކަމެއް ކަމަށެވެ. އަދި ކުލި ނުދައްކައިގެން ނޯޓިސް ފޮނުވީ ރަޖިސްޓާޑް ޕޯސްޓުގެ ޒަރިއްޔާއިން ކުލީގެ އެއްބަސްވުމުގައިވާ އެޑްރެހަށް ކަމުން، ނޯޓިސް ދިނީ ވެސް ރަނގަޅަށް ކަމަށް ދައުލަތުގެ ވަކީލުން ކޯޓުގައި ބުނެފައިވެ އެވެ.

ކޯޓު ހުކުމުން އެނގޭ ގޮތުގައި އަމީމާއިން ކުލި ނުދައްކައި ވަނީ ޖުލައި 2019 އިން ފެށިގެން ޖުލައި 2020 ގެ ނިޔަލަށެވެ. އެ މުއްދަތުގެ ތެރޭގައި ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ނުދައްކައިވާ 50،065.09ރ. ދައްކަން އަންގާ ސަރުކާރުން 30 ދުވަހުގެ ނޯޓިސް ދިނީ ސެޕްޓެމްބަރު 22، 2020 ގަ އެވެ.

ދައުލަތުން އެ ފާހަގަކުރާ މުއްދަތުގައި ކުލި ނުދައްކާ ކަމަށް ކޯޓުގައި އެއްބަސްވި ނަމަވެސް، އަމީމާއިން ބުނީ އެއީ ކޮވިޑާ ގުޅިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާތައް ފަސްކޮށްދީފައިވާ ދުވަސްވަރެއް ކަމަށެވެ. އަދި އެއްބަސްވުން ބާތިލުކުރީ ފިނޭންސް މިނިސްޓްރީން އެ ލުއި ދިން ފަހުން ކަމުގައި ވާތީ އެ ކުންފުންޏަށް ވެސް އެ ލުއި ލިބެން ޖެހޭ ކަމަށް ކޯޓުގައި ބުނެފައިވެ އެވެ.

ކޮވިޑު ބަލިމަޑުކަމާ ގުޅިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ދެއްކުން ފަސްކޮށް ފިނޭންސުން ސާކިއުލާ ނެރުނީ ޖުލައި 9، 2020 ގަ އެވެ. އެ ސާކިއުލާގައި ވަނީ ޖޫން 2020 އިން ފެށިގެން ޑިސެމްބަރު 2020 އާ ދެމެދު ދައްކަންޖެހޭ ބިމު ކުލި 1 ޖޫން 2021 އަށް ފަސްކޮށްދީފައިވާ ކަމަށެވެ.

މި މައްސަލައިގައި ދައުލަތާ އެއްކޮޅަށް ސިވިލް ކޯޓުން އިއްވި ހުކުމުގައި ގާޒީ ހާފިޒާ އަބްދުއްސައްތާރު ނިންމެވީ އެއްބަސްވުން ބާތިލުކުރީ ރަނގަޅަށް ކަމަށާއި، ކޮވިޑުގައި ވިޔަފާރިތަކަށް ލިބުނު ލުއި ކުލި ނުދައްކައިވާ މުއްދަތުގެ ތެރެއަށް ނުފެތޭ ކަމަށެވެ. އަދި ކުލީގެ އެއްބަސްވުންތަކުގައި ކުއްޔަށް ހިފާ ފަރާތުގެ އެންމެ އަސާސީ ޒިންމާއަކީ ކުލި ދެއްކުން ކަމުގައިވީއިރު އެކަން ނުކުރުމަކީ އެއްބަސްވުން ބާތިލުކުރަން ލިބޭ ހައްގެއް ކަމަށް ހުކުމުގައި ލިޔުއްވާފައިވެ އެވެ.

ސަރުކާރުން ވަނީ މި ރަށް އަތުލުމަށް ފަހު ރ. އަތޮޅު ކައުންސިލުގެ އިހުތިސާސްގެ ދަށަށް ބަދަލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox