ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް ޒާލިފް އައްޔަންކުރަން ނިންމައިފި

ސިވިލް ކޯޓު ފަނޑިޔާރުކަމަށް އައްޔަންކުރަން ނިންމި އާދަމް ޒާލިފް -- ފޮޓޯ: ވަޒީފާއާ ބެހޭ ޓްރައިބިއުނަލް

ސިވިލް ކޯޓު ފަނޑިޔާރުކަމަށް އައްޔަންކުރަން ނިންމި އާދަމް ޒާލިފް -- ފޮޓޯ: ވަޒީފާއާ ބެހޭ ޓްރައިބިއުނަލް

ސިވިލް ކޯޓު ފަނޑިޔާރުކަމަށް އާދަމް ޒާލިފް އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން ބުނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެ ކޮމިޝަނުން ކުރި އިއުލާނުގެ ދަށުން، ފަނޑިޔާރުން އައްުޔަންކުރުމުގައި ލަފާދޭ ކޮމިޓީން އިންޓަވިއުކުރުމަށް ފަހު ފަނޑިޔާރުކަމަށް ޒާލިފް އައްޔަންކުރުމަށް ލަފާދީފައިވާކަމަށެވެ. އެ ލަފަޔާ އެއްގޮތަށް މިއަދު ބޭއްވުނު ޖޭއެސްސީގެ 71 ވަނަ ބައްދަލުވުމުގައި ސިވިލް ކޯޓު ފަނޑިޔާރުކަމަށް އާދަމް ޒާލިފް އައްޔަންކުރުމަށް ނިންމާފައިވާކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.

ޒާލިފް އަކީ ވިލާ ކޮލެޖްއިން ބެޗްލާ އޮފް ޝަރީއާ އާއި މާސްޓާ އޮފް ޝަރީއާ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ޝަރުއީ ދާއިރާގައި 7 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާއިރު ޓްރައިބިއުނަލްގެ މެންބަރުކަން އަދާކުރައްވާ، ވަކާލާތުކުރައްވާ އަދި ޏ.ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އެސިސްޓެންޓްގެ މަގާމް ވެސް އޭނާ އަދާކުރައްވާފައިވެ އެވެ. ޒާލިފް ފަނޑިޔާރުކަމަށް އައްޔަންކުރަން ނިންމެވިއިރު އޭއެންޑް ޒެޑް އެސޯސިއޭޓްސް އެލްއެލްޕީގެ މެނޭޖިން ޕާޓްނާގެ މަގާމް އައީ އަދާ ކުރައްވަމުންނެވެ.

ސިވިލް ކޯޓަށް ފަނޑިޔާރަކު އައްޔަންކޮށްފައި ވަނީ އެ ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ނިމާލް އަވަހާރަވުމާ އެކު އެ މަގާމު ހުސްވެފައި ވާތީ އެވެ.

ނިމާލް އަވަހާރަވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ގައި މެޔަށް ތަދެއް އަރައިގެން އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ. ސިވިލް ކޯޓުގެ ފަނޑިޔާރަކަށް ނިމާލް އައްޔަނުކޮށްފައި ވަނީ މާޗު 2022 ގަ އެވެ. އަދި, އެ ކޯޓުގެ އިސް ގާޒީ ކަމުގެ މަސްއޫލިއްޔަތުތައް އޭނާއާ ހަވާލުކޮށްފައި ވަނީ އޮގަސްޓު 22, 2022 ގަ އެވެ.

ތިރީސްހާސް ރުފިޔާގެ މުސާރައެއް ލިބޭ އެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައިވަނީ މި މަހު 19، ގެ މެންދުރު 12:00 ގެ ނިޔަލަށެވެ. ހުޅުވާލި މުއްދަތުގައި ސިވިލް ކޯޓު އިސް ގާޒީގެ މަގާމަށް 15 ބޭފުޅަކު ކުރިމަތިލާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox