އިންޑިއާ ސިފައިންގެ އަދަދު ނުދޭން ނިންމީ ގޯސްކޮށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި

އިންޑީއާ އައުޓް ޝިއާރު ހިމެނޭ ދިދަތަކެއް؛ އިންޑިއާ ސިފައިންގެ އަދަދު ނުދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމީ ގޯސްކޮށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި

އިންޑީއާ އައުޓް ޝިއާރު ހިމެނޭ ދިދަތަކެއް؛ އިންޑިއާ ސިފައިންގެ އަދަދު ނުދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމީ ގޯސްކޮށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި

ރާއްޖޭގައި ގާއިމުވެ ތިބި ކަމަށް ބުނާ އިންޑިއާ ސިފައިންގެ އަދަދު ހާމަ ނުކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމާފައިވަނީ އެ މައުލޫމާތު ހާމަވުމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަކާއި އޭގެ މިންވަރު އެކަށީގެންވާ ވަރަށް ބެލުމެއް ނެތި ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

"ދިޔަރެސް" ނޫހުގެ ނޫސްވެރިޔާ އަހުމަދު އަޒާން އެދިފައިވަނީ އިންޑިއާ އަސްކަރިއްޔާއިން ހަދިޔާކޮށްފައިވާ އުޅަނދުތައް އޮޕަރޭޓް ކުރުމުގައި ހަރަކާތްތެރިވާ އިންޑިއާ ސިފައިން ހިމެނޭހެން ރާއްޖޭގައި ހަރަކާތްތެރިވާ ސިފައިންގެ ޖުމުލަ އަދަދާއި އެ ސިފައިންނަށް ދިވެހި ދައުލަތުން ކުރާ ހަރަދުގެ ތަފްސީލް ދިނުމަށެވެ.

އޭރު އިންފޮމޭޝަން ކޮމިޝަނަރަކަށް ހުންނެވީ "އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އެވެ. އޭރު ކޮމިޝަނުން ނިންމީ އެ މައުލޫމާތުތައް ނުދިނުމަށެވެ. ހައިކޯޓުން މައްސަލަ ބެލީ އަޒާނުގެ ފަރާތުން ނިންމުން އިސްތިއުނާފު ކުރުމުންނެވެ.

ހައި ކޯޓުގައި މި މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރީ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ މައުލޫމާތަކީ ގައުމީ ސާލަމަތަށް ނުރައްކާވާ މައުލޫމާތެއް ކަމަށް ކަނޑައެޅީ ހަމައެކަނި ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފުން ދިން މައުލޫމާތެއް މައްޗަށް ބިނާކޮށް އެކަނި ކަމަށެވެ.

ގައުމީ ސަލާމަތަށް ނުރައްކާވާ މައުލޫމާތެއް ކަން ކަނޑައެޅުމުގެ ކުރިން ގާނޫނުގައި ބަޔާންކުރާ އިޖުރާއަތްތަކެއް ހިމެނޭ ކަމާއި، އެ އިޖުރާއަތްތައް ކުރިއަށް ގެންދަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ގާނޫން ލިބިދޭ ބާރުތަކެއް ވެސް ހިމެނޭ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ލިބިދޭ ބާރުތަކުގެ ތެރޭގައި މައުލޫމާތު ހުރި އިދާރާގެ ކަމާ ބެހޭ ފަރާތްތައް ކޮމިޝަނަށް ހާޒިރުކުރުމާއި، ވަކި މައުލޫމާތެއް ފޮނުވުމަށް އެންގުމާއި، އެ މައުލޫމާތެއް މުތާލިއާ ކުރުމާއި، ވަކި ލިޔެކިޔުންތަކެއް ހުރި ކަން ބެލުމަށް ދައުލަތުގެ އިދާރާއަށް ވަދެ ބެލުމުގެ ބާރު ހިމެނެ އެވެ.

އެއިން އެއްވެސް ބާރެއް ބޭނުން ނުކޮށް، ހަމައެކަނި ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފްއާއެކު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބޭއްވި ސިއްރު ބައްދަލުވުމެއްގައި ދިން މައުލޫމާތަކަށް، ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ކަނޑަނޭޅޭނެ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނުނަށާއި، ޑިމޮކްރެޓިކް ގައުމުތަކުގައި ނިންމާފައިވާ މިފަދަ މައްސަލަތަކުގެ ގަޒިއްޔާތަކަށް ހަވާލާދީ، ހުކުމުގައި ބަޔާންކޮށްފައިވަނީ ނިންމުމަށް ވާސިލުވުމުގައި ގައުމީ ސަލާމަތަށް ލިބިދޭ ގެއްލުމެއް ސާފުކޮށް ބަޔާން ކުރެވިފައި އޮންނަން ޖެހޭނެ ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުމަށް ވާސިލުވި ސަބަބުތައް އެކަށީގެންވާ ވަރަށް ތަފްސީލުކޮށް، މައުލޫމާތަށް އެދިފައިވާ ފަރާތަށް ހިއްސާކޮށްދީފައިނުވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެހެންކަމުން މި މައްސަލައަކީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަލުން ގޮތެއް ނިންމަން ޖެހޭ މައްސަލައެއް ކަމަށް ހައި ކޯޓުން ކަނޑައެޅި އެވެ. އެ ގޮތުން މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި، އެ ކޮމިޝަނަށް ހުށަހަޅައިފިނަމަ އެ މައްސަލަ އިޖުރާއަތްތައް ފުރިހަމަކޮށްގެން ބެލުމަށް އަމުރުކޮށްފައިވެ އެވެ.

ގައުމީ ސަލާމަތަށް ނުރައްކާވާ މައުލޫމާތެއް ގޮތަށް އޭރު ނިންމި އެއް ސަބަބަކީ އެ އޮޕަރޭޝަންތަކަކީ އިންޑިއާއާއެކު ރާއްޖޭން ހަދާފައިވާ "ސިއްރު" އެއްބަސްވުމެއްގެ ތެރެއިން ކުރިއަށްދާ ކަންކަމަށް ވުމެވެ. އެހެންކަމުން ދޭދޭ ގައުމާ ދެމެދު ހަދާފައިވާ އެފަދަ އެއްބަސްވުމެއްގެ މައުލޫމާތެއް ހާމަކުރުމަކީ، އެ ގައުމަކާ މެދު ގުޅުން ގޯސްވެ އޭގެ ނުރައްކާ އަންނާނެ ކަމެއް ކަމަށް ބުނެ އެވެ.

އިންޑިއާ އަސްކަރިއްޔާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރަކާއި ޑޯނިއާ މަތިންދާ ބޯޓެއް އޮޕަރޭޓް ކުރުމުގައި އެ ގައުމުގެ އިންސާނީ ހިދުމަތްތެރީންގެ ގޮތުގައި 75 މީހަކު ތިބި ކަމަށް މީގެ ކުރިން ޑިފެންސް މިނިސްޓްރީން ބުނެފައިވެ އެވެ. އެއީ ކޮންމެ އުޅަނދަކަށް 25 މީހުންގެ މަގުންނެވެ.

މި ސަރުކާރުން ބުނާ ގޮތުގައި އިންޑިއާގެ ހަތިޔާރު އެޅި އަސްކަރީ އެއްވެސް ސިފައިންގެ މީހަކު ރާއްޖޭގައި ނެތެވެ.

އެއިން އެއް ހެލިކޮޕްޓަރު އޮންނަނީ ލ. ކައްދޫގަ އެވެ. އަނެއް ހެލިކޮޕްޓަރަކީ އައްޑު ސިޓީ ގަމުގައި އޮންނަ އުޅަނދެކެވެ. ޑޯނިއާ މަތިންދާ ބޯޓު އޮންނަނީ ހދ. ހަނިމާދޫގަ އެވެ.

އެއިން އެއް ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އަނެއް ހެލިކޮޕްޓަރަކީ، އިންޑިއާ ސިފައިން ތިބުމަށް މިހާރު ދެކޮޅު ހަދާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ގެނައި އުޅަނދެކެވެ. ޑޯނިއޯ މަތިންދާބޯޓު ގެނައީ މިހާރު ދައުރު ނިމެން ގާތްވެފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox