މީޑިއާތަކަށް އިތުބާރު އޮތްވަރު ބަލަން ވިލާ ކޮލެޖުން ދިރާސާއެއް ކުރަނީ

ވިލާ ކޮލެޖުގެ މާލެ ކެމްޕަސް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވިލާ ކޮލެޖުގެ މާލެ ކެމްޕަސް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މީޑިއާތަކަށް އާންމުން ކުރާ އިތުބާރު ދެނެގަތުމަށް ގައުމީ ފެންވަރުގައި ދިރާސާއެއް ކުރަން ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަނުން ނިންމައިފި އެވެ.

އެ ކޮލެޖުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މީޑިއާތަކަށް އާންމުން ކުރާ އިތުބާރު ދެނެގަތުމަށް ގައުމީ ފެންވަރުގައި ކުރާ ދިރާސާއެއް ކުރުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާނެ މީހުން ބޭނުންވާކަމަށެވެ. އެގޮތުން މާލޭގެ އިތުރުން ރާއްޖެ ތެރޭގެ 43 ރަށަކުން އެނިއުމަރޭޓަރުން ބޭނުންވާކަމަށް ބުނެފައިވެ އެވެ.

މި ދިރާސާއަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށްދާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަ ޑިސެމްބަރު 23 ގެ ނިޔަލަށެވެ. އަދި މި މަސައްކަތް ފެށުމުގެ ކުރިން ހުރިހާ އެނިއުމަރޭޓަރުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންދާނެކަމަށް ވިލާ ކޮލެޖުން މައުލޫމާތުދެ އެވެ.

މި ތަމްރީނު ޕްރޮގްރާމު ކުރިއަށް ދާނީ ނޮވެމްބަރު 13، އިން 19 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވިލާ ކޮލެޖުން ބުނީ ދިރާސާއަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ގޭގެއަށް ގޮސް ސާވޭކުރަންޖެހޭނެ ކަމަށެވެ. އަދި ފުރިހަމަ ކުރާ ކޮންމެ ސާވޭއަކަށް 100ރ. ލިބޭނެ ކަމަށާއި، އެނިއުމަރޭޓަރުންނަށް ޑާޓާ އެލަވަންސް ވެސް ލިބޭނެކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

މި ދިރާސާގެ އެނިއުމަރޭޓަރަކަށް ވާން ބޭނުންވާ ފަރާތްތަކަށް މި ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox