ލެޑް ބޯޑު ހަރުކޮށް އިޝްތިހާރު ކުރެވޭ ގޮތަށް މާފަންނު ގަޑިބުރު އަލުން ހަދަނީ

ގަޑިބުރު ހެދުމުގެ މަސައްކަތް ކުރުމަށް އެ ސަރަހައްދު ބަންދުކޮށްފައި. އެ މަސައްކަތް ކުރަނީ އާރުސީސީން --- ފޮޓޯ: އަދަދު

ގަޑިބުރު ހެދުމުގެ މަސައްކަތް ކުރުމަށް އެ ސަރަހައްދު ބަންދުކޮށްފައި. އެ މަސައްކަތް ކުރަނީ އާރުސީސީން --- ފޮޓޯ: އަދަދު

1990 ގެ އަހަރު ތަކުގައި ހުރި ގޮތާއި ދާދި އެއްގޮތަކަށް، މާފަންނު ގަޑިބުރު ހަދަން ފަށައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ގަޑިބުރު އަލުން ހަދަނީ، ކުރިން ވެސް ހުރި ގޮތާއި އެއް ގޮތަށް، ނަމަވެސް ވަށައިގެން ލެޑް ބޯޑު ހަރުކޮށް އިޝްތިހާރު ކުރެވޭ ގޮތަށެވެ. ސިޓީ ކައުންސިލުން ބުނީ އަމިއްލަ ކުންފުންޏެެއްްގެ ހަރަދުގައި އެ މަސައްކަތް ކުރަނީ، އާރުސީސީ އާ ހަވާލުކޮށްގެން ކަމަށެވެ.

ފަނޑިޔާރު މަގާއި، ފަރީދީ މަގާއި އޯކިޑު މަގާއި ފުނަ ގޯޅި ގުޅޭ ހަތަރު އަނގޯޅީގައި ގަޑިބުރު އަލުން ހެދުމަށް، ސިޓީ ކައުންސިލުން 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިއުލާނެއް ކޮށްފައިވެ އެވެ. އެ އިއުލާނު ކޮށްފައިވަނީ ކައުންސިލުން ދޭ ނަމޫނާ އާ އެއްގޮތަކަށް އަމިއްލަ ހަރަދުގައި ގަޑިބުރު ހަދައިދޭނެ ބަޔަކު ހޯދުމަށެވެ.

"މި ގަޑިބުރު ތަރައްގީ ކުރަން ބޭނުންވަނީ ގަޑިބުރުވަށައި ލެޑްބޯޑް ހަރުކޮށްފައި، އެ ބޯޑުގައި އެފަރާތަކުން ބޭނުންވާގޮށް އިޝްތިހާރު ކުރެވޭގޮތަށެވެ." އެ އިއުލާނުގައި ބުނެފައިވެ އެވެ.

މާފަންނު ގަޑިބުރުގައި 1990 އަހަރު ބެހެއްޓި ގަޑި: އަލުން ހަދަނީ ވެސް ގަޑި ބަހައްޓާ ގޮތަށް -- ފައިލް ފޮޓޯ
މާފަންނު ގަޑިބުރުގައި 1990 އަހަރު ބެހެއްޓި ގަޑި: އަލުން ހަދަނީ ވެސް ގަޑި ބަހައްޓާ ގޮތަށް -- ފައިލް ފޮޓޯ

މާފަންނު ގަޑިބުރުގައި 1990 އަހަރު ބެހެއްޓި ގަޑި: އަލުން ހަދަނީ ވެސް ގަޑި ބަހައްޓާ ގޮތަށް -- ފައިލް ފޮޓޯ

ފުރަތަމަ ގަޑިބުރު ބެހެއްޓީ ރާއްޖޭގެ މިނިވަން ކަމަށް 25 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން 1990 ވަނަ އަހަރު އެވެ. ލަންކާ ސަރުކާރުން ހަދިކުރި އެ "ގަޑިބުރު" ހުޅުއްވައިދެއްވީ އޭރުގެ ލަންކާގެ ބޯޑުވަޒީރެވެ. ގަޑިބުރު ހުރީ ގާތް ގަނޑަކަށް 30 ފޫޓުގެ އުސްމިނުގައި، ފަސް ތަނބު ޖަހައި ތިން ބަޔަކަށް ހަދައި ކުރިބޯއްޓެއް ހަރުކޮށް، އެންމެ މަތީ ބައިގައި ވަށައިގެން ގަޑި ހަރުކޮށްފަ އެވެ.

މުންނާރެއް ގޮތަށް ހުރި ގަޑިބުރު، ދެ ހާހުގެ އަހަރުތައް ފެށުމުގެ ކުރިން ތަޅާލި އެވެ. އޭރު ގަޑިބުރު ނެގީ، ލަންކާގެ ފައްޅިއެއްގައި ހުރި ތަނަކާއި އެތަން ވައްތަރުވުމުން ކަމަށް ވާހަކަ ދެކެވުނުވެ.

އޭގެ ފަހުން އެކި ފަހަރު މަތިން ތަފާތު ބަދަލުތައް ގަޑިބުރަށް ގެނެސްފައި އެވެ. ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި އެކަނި ވެސް ދެ ބުރަށް އެތަނަށް ބަދަލު ގެނަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox