މޯލްޑިވްސް ރެޑް ކްރެސެންޓުން މާލޭގެ މަސްވެރިންގެ ޕާކު ސާފުކޮށް، އެތަނުން ގާތްގަނޑަކަށް ދެ ޓަނުގެ ކުނި ނަގައިފި އެވެ.
މިއަދު ހިންގި ކޯސްޓަލް ސަރަހައްދު ސާފުކުރުމުގެ ޕްރޮގްރާމަށްފަހު ރެޑް ކްރެސެންޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން، އެ ޖަމިއްޔާއިން ވަނީ މަސްވެރިންގެ ޕާކުން 1.97 ޓަނުގެ ކުނި ނަގައިފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- 1.38 ޓަނުގެ ޕްލާސްޓިކް އަދި ރަބަރު
- 0.56 ޓަނުގެ ހިކި ކުނި
- 0.024 ޓަނުގެ ތެއް ކުނި
ރެޑްކްރެސެންޓުން ބުނީ ސާފުކޮށް ނެގި ކުނީގެ ތެރޭގައި ގިނައީ ޓަޔަރުކަމަށެވެ. މި ހަރަކާތުގައި އެ ޖަމިއްޔާއިން ވަނީ މާލޭގެ ފަޅުތެރެ އާއި ބަނދަރު ސަރަހައްދު ވެސް ސާފުކޮށްފަ އެވެ.












