ޓޫރިސްޓުންނާއެކު މާލެ އަތޮޅު ރިސޯޓެއް ކައިރީގައި އޮތް ސަފާރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ ރޯވެފައިވަނީ ރިޒްކާލްޓަން ފަރި ރިސޯޓް ކައިިރީގައި އޮތް ސަފާރީއެއްގައި ކަމަށެވެ. އަދި މިހާދިސާގެ ރިފޯޓް ލިބުނީ މިއަދު ހެދުނު 07:37 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގި އިރު އެ ސަފާރީގައި ޓޫރިސްޓުންވެސް ތިއްބެވެ.
އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވުމާއެކު ޓޫރިސްޓުން ސަފާރީން ބޭލި ކަމަށެވެ. ނަމަވެސް ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމެއް އަދި ސާފެއް ނުވެ އެވެ.
އެ ސަރަހައްދުގައޮ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ދަނީ ހަރަކާތްތެރިވަމުންނެވެ.














