ޖުލައި މަހުން ފެށިގެން މިހައިތަނަށް އޭސީސީއަށް 321 މައްސަލަ ހުށަހަޅައިފި، ރަޖިސްޓާ ކުރީ 190 މައްސަލަ

އޭސީސީގެ މެންބަރުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން : ޖުލައި މަހުން ފެށިގެން މިހާތަނަށް އޭސީސީއަށް 321 މައްސަލަ ވަނީ ހުށަހަޅާފަ - ފޮޓޯ: އޭސީސީ

އޭސީސީގެ މެންބަރުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން : ޖުލައި މަހުން ފެށިގެން މިހާތަނަށް އޭސީސީއަށް 321 މައްސަލަ ވަނީ ހުށަހަޅާފަ - ފޮޓޯ: އޭސީސީ

މި އަހަރުގެ ޖުލައި މަހުން ފެށިގެން މިހާތަނަށް އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އަށް ޖުމްލަ 321 މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

މި ސަރުކާރުގެ މައްޗަށް ތުހުމަތު ކުރެވޭ ވައްކަމާއި ހިޔާނާތުގެ މައްސަލަތައް ބަލަން ދަ ޑިމޮކްރެޓްސްގެ އިސް މެމްބަރުން ގޮވާލަން ފެށުމާ ގުޅިގެން "އަދަދު" އިން ސުވާލުކުރުމުން އޭސީސީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ހުށަހެޅި 321 މައްސަލާގެ ތެރެއިން ރަޖިސްޓްރީ ކުރެވި ބަލެމުންދަނީ 190 މައްސަލަ ކަމަށެވެ.

އަންނަ މަހުގެ 17 ގައި އަލަށް އިންތިހާބުވި ރައީސް، ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާއިރު، ނިމިގެންދާ ސަރުކާރުގެ މައްސަލަތައް ބެލުމަށް އެދި ޕީއެންސީ ކޯލިޝަނުގެ އިތުރުން އެންމެ އަޑުގަދަކޮށް ގޮވަމުން އަންނަނީ ޑިމޮކްރެޓުންނެވެ.

މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނިމިގެންމިދާ ދައުރުގައި ގިނަ ހިޔާނާތްތަކެއް ހިންގާފައިވާ ކަމަށާއި އެ މައްސަލަތައް އޭސީސީއިން ބަލަން ޖެހޭ ކަމަށް އެޕާޓީން ގެންދަނީ ބުނަމުންނެވެ.

ހާއްސަކޮށް، އެ ޕާޓީ ލީޑުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީއިން ދެވަނަ ފަހަރަށް ހުށަހަޅަން ނިންމުމާއެކު އެ ޕާޓީގެ އިސްވެރިން ދަނީ އެމްޑީޕީ އަދި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ދަ ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ އެ ޕާޓީން އަބަދު ވަކާލާތު ކުރަމުން އައި، އެއް ކަމަކީ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް އިތުބާރު ހިފޭ ގޮތަކަށް ބެލުމެވެ.

"ރައީސް ސޯލިހު އާއި އެމްޑީޕީ ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ޖެހޭ،" އޭނާގެ ޕޯސްޓުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ޑިމޮކްރެޓުން އެމްޑީޕީން ވަކިވި މައިގަނޑު ސަބަބަކީ ރައީސް ސޯލިހު ސަރުކާރުގެ ހުއްޓުމެއް ނެތި ހިންގާ ހިޔާނާތާއި، ރިޝްވަތުގެ ނެޓްވޯކް ކަމަށެވެ. އެ ނެޓްވޯކުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ވަޒީރުންނާއި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން އަދި ރައީސް ސޯލިހާ ގާތް ބޭފުޅުން ހިމެނޭ ކަމަށް ވިދާޅުވެފައިވެ އެވެ.

"ތަހުގީގުކޮށް، ނެޓްވޯކް އިންސާފުގެ ކުރި މައްޗަށް ގެންނަން ޖެހޭ" އީވާ ގޮވާލެއްވި އެވެ.

އޭގެ އިތުރުންވެސް، ގިނަ ޕޯސްޓުތަކެއްގައި އެ ޕާޓީގެ އެކި އެކްޓިވިސްޓުންނާއި އިސްވެރިން އަންނަނީ މި ވެރިކަމުގެ 'ވައްކަންތައް' ބެލުމަށް ގޮވާލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox