މަޖިލީހުގެ މުވައްޒަފުންގެ އެލަވަންސް ބޮޑުކުރަން ހުށަހަޅައިފި

މިއަދު ކުރިއަށްދިޔަ މަޖިލީހުގެ އާއްމު ކޮމިޓީ ބައްދަލުވުން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މިއަދު ކުރިއަށްދިޔަ މަޖިލީހުގެ އާއްމު ކޮމިޓީ ބައްދަލުވުން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުންނަށް ދޭ ބައެއް އެލަވަންސްތައް އަންނަ އަހަރު ބޮޑުކުރަން މިއަދު ހުށަހަޅައިފި އެވެ.

މަޖިލީހުގެ އިދާރީ މުވައްޒަފުންގެ އަދަދަކީ 164 އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި އާއްމު ކޮމިޓީއަށް ހުށަހެޅީ 186 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މަޖިލީހުގެ މުވައްޒަފުންގެ މުސާރަ ބޮޑުނުކުރާތާ 11 އަހަރުވެފައިވާތީ މުސާރަ ބޮޑުކުރަން ފެންނަ ކަމަށް ކޮމިޓީން ލަފާ ދިނުމުން އެކަމަށް ހިނގާނެ ހަރަދު ބަލައި މަޖިލީހުގެ އިދާރާއިން ވަނީ އާއްމު ކޮމިޓީއަށް މިއަދު ރިޕޯޓެއް ހުށަހަޅައިފަ އެވެ.

އާންމު ކޮމިޓީގައި އަމީންއާންމު ފާތިމަތު ނިޔުޝާ ވިދާޅުވީ މަޖިލީހުން މިހާރު ނިންމާފައިވަނީ މުވައްޒަފުންގެ އަސާސީ މުސާރަ ބޮޑުކުރުމުގެ ބަދަލުގައި އެލަވަންސްތައް އިތުރު ކުރުމަށެވެ. އެގޮތަށް ނިންމީ އަސާސީ މުސާރައަށް ބަދަލު ގެނެސްފި ނަމަ އިތުރު ގަޑި އާއި ޕެންޝަނަށް ދައްކާ ފައިސާ އިތުރުވެ ބަޖެޓަށް ބާރުބޮޑުވާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

މުސާރަ ބޮޑުކުރުމަށް ހުށަހެޅި ގޮތް

  1. ޕާލިމަންޓް ސާވިސް ނަމުގައި ހާޒިރުވާ ކޮންމެ ދުވަހަކަށް މިހާރު ދޭ 200ރ ގެ އެލަވަންސް ހާޒިރީ އެލަވަންސް އަށް ބަދަލުކުރުން
  2. ޕާލިމަންޓްރީ ސާވިސް އެލަވަންސް އަށް ބޭސިކްގެ މުސާރައިގެ 20 ޕަސެންޓް ދިނުން
  3. މާސްޓާސް ސެޓްފިކެޓް އޮންނަ މުވައްޒަފުންގެ އެލަވަންސް 1،500ރ އިން 2،000ރ އަށް ބޮޑުކުރުން
  4. ޑިގްރީ ސެޓްފިކެޓް އޮންނަ މުވައްޒަފުންގެ އެލަވަންސް 1،000ރ އިން 1،500ރ އަށް ބޮޑުކުރުން
  5. ޑިޕްލޮމާ ސެޓްފިކެޓް އޮންނަ މުވައްޒަފުންގެ އެލަވަންސް 7،00ރ އިން 1،000ރ އަށް ބޮޑުކުރުން
  6. ޓެކްނިކަލް ސެޓްފިކެޓް އޮންނަ މުވައްޒަފުންނަށް ދޭ އެލަވަންސް 500ރ އިން 700ރ އަށް ބޮޑުކުރުން

މަޖިލީހުގެ ޖަލްސާތަކަށާއި ހާއްސަ އިވެންޓުތަކަށް ކޯޓު ލައިގެން ހާޒިރުވާންޖެހޭ މުވައްޒަފުންނަށް އަހަރަކު ދެ ފަހަރު ދޭ 5،100ރ. ގެ އެލަވަންސް ކުޑަކޮށް، އެ އެލަވަންސް ހުރިހާ މުވައްޒަފުންނަށް ދޭން ވެސް ވަނީ ހުށަހަޅައިފަ އެވެ.

ނިއުޝާ ވިދާޅުވީ ހުށަހަޅާފައިވާ ގޮތައް މުވައްޒަފުންގެ އެލަވަންސްތައް ބޮޑުކުރުމުން މަޖިލީހުގެ ޖުމުލަ ބަޖެޓަށް އިތުރުވާނީ އަހަރަކު 4.6 މިލިއަން ރުފިޔާ އެވެެ. އެހެންކަމުން މަޖިލީހުގެ އަންނަ އަހަރުގެ ބަޖެޓު 190 މިލިއަން ރުފިޔާއަށް އަރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox