ދޫނިދޫ ކައިރިން ފެނުނީ ރަސްފަންނު ކައިރިން ކަނޑަށް ފުއްމާލި މީހެއްގެ ހަށިގަނޑު

Oct 19, 2023, 6:47 AM
މޫދުން ފެނުން މީހާގެ ހަށިގަނޑު މާލެ ގެނެސް އެމްބިއުލޭންސަކަށް އަރުވަނީ: އޭނާ ހޯދަން އިއްޔެ ވެސް މަސައްކަތް ކުރި -- ފޮޓޯ: އެމްއެންޑީއެފް

މޫދުން ފެނުން މީހާގެ ހަށިގަނޑު މާލެ ގެނެސް އެމްބިއުލޭންސަކަށް އަރުވަނީ: އޭނާ ހޯދަން އިއްޔެ ވެސް މަސައްކަތް ކުރި -- ފޮޓޯ: އެމްއެންޑީއެފް

ކ. ދޫނިދޫ ކައިރި ކަނޑުން ފެނުނީ ރޭ މާލޭގެ ރަސްފަންނު ކައިރިން މޫދަށް ފުއްމާލި މީހެއްގެ ހަށިގަނޑު ކަމަށް ސިފައިން މިއަދު ބުނެފި އެވެ.

އެމްއެންޑީއެފްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޭނާ ރަސްފަންނު ކައިރިން މޫދަށް ފުއްމާލި ކަމަށް ރިޕޯޓުކުރީ ރޭ 7:45 ހާއިރު ކަމަށެވެ. އެވަގުތުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ފެށި ކަމަށް ވެސް ސިފައިން ބުންޏެވެ.

"މި މީހާގެ ހަށިގަނޑު ފެނިފައިވަނީ، ދޫނިދޫ ކައިރިން ދަތުރުކުރި އެމްޓީސީސީގެ ފެރީގެ ފަޅުވެރިންނަށް،" ސިފައިން ބުނެފައިވެ އެވެ.

ފުލުހުން ބުނީ އެމީހާގެ ހަށިގަނޑު ފެނުނީ ދޫނިދޫ އާއި ފުނައްޑޫއާ ދޭތެރޭ ކަނޑުން ކަމަށެވެ. އޭނާގެ ހަށިގަނޑު ފެނުނީ މިއަދު ހެނދުނު 9:45 ހާއިރެވެ.

އޭނާ ފުއްމާލި ވަގުތު އޭނާގެ ހަށިގަނޑު މޫދު ކައިރިން ފެންނަން އޮތް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާ ސަލާމަތް ކުރުމަށް ފުލުހަކު ފަތާފައި އެހިސާބަށް ދިޔުމުގެ ކުރިން ހަށިގަނޑު ގެއްލުނީ ކަމަށް ފުލުހުން ބުންޏެވެ.

"ސީންއަށް އެޓެންޑުވި ފުލުހަކު އޭނާ ސަލާމަތް ކުރުމަށް މޫދަށް ފުއްމާލައިގެން މަސައްކަތްކޮށްފައިވޭ. ނަމަވެސް ފަތާފައި އެމީހާއާ ހަމައަށް ދިޔުމުގެ ކުރިން އެމީހާ ވަނީ ވީނުވީއެއް ނޭނގި ގެއްލިފައި،" ފުލުހުން ބުންޏެވެ.

އޭނާ ހޯދުމަށް ރެއިން ފެށިގެން ރަސްފަންނު ކައިރިން 41590 އަކަ މީޓަރުގެ ސަރަހައްދެއް ސިފައިން ބެލި ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

ފުލުހުންގެ އެހީތެރިކަމާއެކު އޭނާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފަ އެވެ. އެ މީހާއާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން އަދި ސިފައިން ވެސް ނުދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox