އަންނަ އަހަރު މަޖިލިސް ހިންގަން 186 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

މިއަދު ކުރިއަށްދިޔަ މަޖިލީހުގެ އާއްމު ކޮމިޓީ ބައްދަލުވުން --- ފޮޓޯ: މަޖިލިސް އިދާރާ

މިއަދު ކުރިއަށްދިޔަ މަޖިލީހުގެ އާއްމު ކޮމިޓީ ބައްދަލުވުން --- ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އަންނަ އަހަރުގެ ބަޖެޓާއި ގުޅޭގޮތުން އެ އިދާރާގެ އާންމު ކޮމިޓީގައި މިއަދު މަޝްވަރާކޮށްފި އެވެ.

މަޖިލީހުގެ އަންނަ އަހަރުގެ ބަޖެޓު ދިރާސާކުރުމަށް މިއަދު ބޭއްވި މަޖިލީހުގެ އާއްމު ކޮމިޓީގެ ބައްދަލުވުމަށް ހުށަހަޅާފައިވަނީ 186.9 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި ނިއު ޕޮލިސީ އިނިޝިއޭޓްގެ ގޮތުގައި އާންމުކޮށް ބަޖެޓުގައި ނުހިމަނައި ފަހުން ކުރަން ޕްލޭންކުރާ އެހެން ކަންތައްތަކަށް ހަރަދުކުރުމަށް 4.2 މިލިއަން ރުފިޔާ ވަނީ ހުށަހަޅާފަ އެވެ.

މިއީ މި އަހަރަށް ފާސްކުރި ބަޖެޓަށްވުރެ ހަތަރު މިލިއަނެެއްހާ ރުފިޔާ އިތުރު ބަޖެޓެކެވެ. މި އަހަރު މަޖިލީހަށް ފާސްކޮފައިވަނީ 182 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މަޖިލީހުގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަންސް، އަހުމަދު ފާއިޒް މުހައްމަދު ވިދާޅުވި ގޮތުގައި މި އަހަރުގެ ބަޖެޓަށް ވުރެ އަންނަ އަހަރުގެ ބަޖެޓު އިތުރުވާ މައިގަނޑު ސަބަބަކީ މަޖިލީހުގެ 20 ވަނަ ދައުރުގައި މެންބަރުންގެ އަދަދު އިތުރުވާތީ އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުން ލަސްވުމާ ގުޅިގެން ބަޖެޓު އެކުލަވާލަން ޖެހޭ މުއްދަތު ފަހަނައަޅަމުންދާތީ އެ އިދާރާއިން މިހާރު ފިނޭންސް މިނިސްޓްރީއަށް ބަޖެޓު ހުށަހަޅާފައިވާ ކަމަށެވެ.

ބަޖެޓާ ބެހޭގޮތުން ކުރެވުނު މަޝްވަރާތަކުގައި. މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ އަންނަ އަހަރަށް ހުށަހަޅާ މަޖިލީހުގެ ބަޖެޓުގައި އެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުުރުމަށް ހިމަނަން ފެންނަ ކަމަށް އިސްލާހެއް ހުށަހަޅާފަ އެވެ.

އެގޮތުން މަޖިލީހުގެ މުވައްޒަފުންގެ މުސާރަ ބޮޑުނުކުރާތާ 11 އަހަރުވެފައިވާއިރު މުސާރަ ބޮޑުކުރަން ފެންނަ ކަމަށް ކޮމިޓީގެ ގިނަ މެމްބަރުން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެހެންވެ މަޖިލީހުން އެ އިދާރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ހިނގާނެ ހަރަދު ބަލައި އެކަމުގެ ރިޕޯޓެއް ކޮމިޓީއަށް ހުށަހެޅުމަށް ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ. މާލިއްޔަތު ކޮމިޓީއަށް މި ބަޖެޓު ހުށަހަޅާނީ އޭގެ ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox