ް ދަ ޑިމޮކްރެޓްސްގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި

ޑެމޮކްެރޭޓްސްގެ ކެމްޕޭން ހަރަކާތެއްގެ ތެރެއިން -- ފޮޓޯ: އިޔާން/އަދަދު

ޑެމޮކްެރޭޓްސްގެ ކެމްޕޭން ހަރަކާތެއްގެ ތެރެއިން -- ފޮޓޯ: އިޔާން/އަދަދު

ދަ ޑިމޮކްރެޓްސްގެ އެތެރޭގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

ޑިމޮކްރެޓްސް އިން ކުރި އިއުލާނެއްގައި ބުނީ، ހަ ގިންތިއަކުން ގިނަ މަގާމުތަކަކަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ހުޅުވާލާ ކަމަށެވެ. ޑިމޮކްރެޓްސް އެތެރޭގެ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ސުންގަނޑިއަކީ ނޮވެމްބަރު 15، ގެ ރޭގަނޑު 10:00 އެވެ.

ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބު ބާއްވާނީ އަންނަ ޑިސެމްބަރު 2، ގަ އެވެ.

ފޯމު ހުށަހަޅާއިރު އެ ކެންޑިޑޭޓަކަށް ތާއީދުކުރާ އަދި އަތޮޅެއް، ސިޓީއެއް، ރަށެއް ނުވަތަ ދާއިރާއަކަށް ނިސްބަތްވާ، މަދުވެގެން 20 ޑިމޮކްރެޓެއްގެ ނަމާ މައުލޫމާތު ލިންކުގައިވާ ތާއީދުފޯމު މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ ކަމަށް އެޕާޓީން ބުނެ އެވެ.

ޑިމޮކްރެޓްސްއިން ބުނީ ފޯމު ހުށަހަޅާ ތަރުތީބުން ކެންޑިޑޭޓުން ތަރުތީބުކުރަމުން ކެންޑިޑޭޓް ނަމްބަރު ދެމުން ލިސްޓް އާންމުކުރަމުން ގެންދާނެ ކަމަށާއި ފޯމުގައިވާ މައުލޫމާތު ފުރިހަމަ ނުވެގެން އަލުން ފޯމު ހުށަހަޅާ ނަމަ، އަސްލު ފޯމުކަމަށް ބެލެވޭނީ އެންމެ ފަހުން ހުށަހެޅި ފޯމު ކަމަށެވެ.

މިދިޔަ ޖުލައި މަހު އުފެއްދި ޑިމޮކްރެޓްސް އިން ވަނީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކޮށްފަ އެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކޮށް ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ އެ ޕާޓީއަށެވެ. ދެވަނަ ބުރުގައި އެ ޕާޓީން އެއްވެސް ބަޔަކަށް ތާއީދެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox