އުފެއްދުންތެރި ދިރާސާތައް ހުށަހަޅައިގެން ރާއްޖޭގައި ކުރިއަށް ގެންދާ ފުރަތަމަ ނަފުސާނީ ސިއްހަތުގެ ކޮންފަރެންސް ފަށައިފި އެވެ.
މި ކޮންފަރެންސް އިންތިޒާމުކުރާ އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ، މިއީ މިމަހު ފާހަގަކުރާ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ކޮންފަރެންސެއް ކަމަށެވެ.
އޮއެވަރުގެ ނަމުގައި ބާއްވާ މި ކޮންފަރެންސްގެ މިއަހަރުގެ ޝިޔާރަކީ "ޗޭންޗިން ކަރަންޓްސް - ފޯމިން ކަނެކްޝަން" ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އޮއެވަރު ކޮންފަރެންސްގެ ޕްރީކޮންފަރެންސް ވޯކްޝޮޕްތައް މިއަދު މާލޭގައި ބާއްވާފައިވާއިރު، ކޮންފަރެންސް ބާއްވާނީ އާދީއްތަ އަދި ހޯމަ ދުވަހު ޕެރަޑައިސް ރިސޯޓުގަ އެވެ.
މި ކޮންފަރެންސްގައި 100 އަށްވުރެ ފަރާތްތަކުން ބައިވެރިވެފައި ވާއިރު އޭގެ ތެރޭގައި ނަފުސާނީ ސިއްހަތުގެ ހިދުމަތްތެރިންނާއި، ނަފުސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް މަސައްކަތް ކުރާ އެކި މުއައްސަސާތައް ހިމެނެ އެވެ.













