ނިމިގެން ދިޔަ ސެޕްޓެމްބަރު މަހު 39,000 އަށްވުރެ ގިނަ މީހުންނަށް އަރިދަފުސް ރޯގާ ޖެހުނު ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
އެޗްޕީއޭއިން ކޮންމެ މަހަކު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު, މިއަހަރު ސެޕްޓެމްބަރު މަހު އަރިދަފުސް ރޯގާ ޖެހުނު މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރޯގާ ޖެހުނީ 33,800 މީހުންނަށެވެ.
މިދިޔަ އަހަރާ ބަލާއިރު, މިއަހަރުގެ ސެޕްޓެމްބަރު މަހު ޑެންގީ ހުމާއި ބޭރަށް ހިންގުން ޖެހުނު މިންވަރު ވެސް އިތުރެވެ. މިދިޔަ އަހަރު ސެޕްޓެމްބަރު މަހު 269 މީހުންނަށް ޑެންގީ ހުން ޖެހުނުއިރު, މިއަހަރުގެ ސެޕްޓެމްބަރުގައި ޑެންގީ ޖެހުނީ 288 މީހުންނަށެވެ.
މިދިޔަ އަހަރުގެ މިދިޔަ އަހަރުގެ ސެޕްޓެމްބަރު ބަހު ބޭރަށް ހިންގުން ޖެހިގެން 3,627 މީހުން ރިޕޯޓުކޮށްފައިވާއިރު، މި އަހަރުގެ އެ އަދަދު އުޅެނީ 7,160 ގަ އެވެ،
ސެޕްޓެމްބަރު މަހު އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން 180 މީހުން ޓެސްޓުކުރި އިރު, 97 މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.














