މާލެއިން ހުޅުމާލެއަށް ދަތުރު ކުރާ ހައިވޭގައި ދުއްވާފައި ދިޔަ އެމްއެންޑީއެފްގެ ކާރެއް ފުރޮޅާލައިފި އެވެ.
އެމްއެންޑީއެފުން ބުނީ ފުރޮޅާލީ ހުޅުލޭގައި ހުންނަ އެމްއެންޑީއެފްގެ މަރުކަޒަށް ދަތުރުކުރަމުން ދިޔަ ކާރެއް ކަމަށެވެ.
އެ ކާރު ފުރޮޅާލީ ވިއްސާރަވުމުގެ ސަބަބުން ކަހާލައިގެން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ. އެ އެކްސިޑެންޓުގައި ފުރޮޅާލި ކާރު އިތުރު އެއްވެސް ވެހިކަލެއްގައި ޖެހިފައެއްނުވެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. އެމްއެންޑީއެފުން އަންނަނީ ފުރޮޅާލި ކާރު ނެގުމުގެ މަސައްކަތް ކުރަމުންނެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.














