ވެރިކަން ބަދަލުވާތީ ސަރުކާރު ޒިންމާދާރުކުރުވާ ކޮމިޓީތަކުގެ މުގައްރިރުކަން ވެސް އެމްޑީޕީއަށް

ވެރިކަން ބަދަލުވާތީ ސަރުކާރު ޒިންމާދާރުކުރުވާ ކޮމިޓީތަކުގެ މުގައްރިރުކަން ވެސް އެމްޑީޕީއަށް

ރައްޔިތުންގެ މަޖިލީހުގައި އޮންނަ ސަރުކާރު ޒިންމާދާރުކުރުވާ ކޮމިޓީތަކުގެ މުގައްރިރުކަން ދޫކޮށްލަން އެމްޑީޕީން މީގެ ކުރިން ނިންމާފައި އޮތް ނިންމުން އަނބުރާ ގެނެސް ވެރިކަން ބަދަލުވާތީ އެ ކޮމިޓީތަކުގެ މުގައްރިރުންނަށް އެ ޕާޓީގެ މަޖިލިސް މެމްބަރުން އިންތިހާބުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލު ކުރާ އަދަދަށް އައި ބޮޑު ބަދަލާ ގުޅިގެން، ކޮމިޓީތައް އަލުން އެކުލަވާނުވި، ކޮމިޓީތަކުގެ މަސައްކަތް އޮތީ އޮކްޓޯބަރު 4, އާ ހަމައަށް ހުއްޓިފަ އެވެ.

ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުން ތަމްސީލުކުރާނެ ނިސްބަތް ކަނޑައަޅައި، ކޮމިޓީތަކަށް އައްޔަންކުރި މެމްބަރުންގެ ނަންތަކާއެކު މަޖިލީހުން ފާސްކުރީ އެ ދުވަހެވެ.

Advertisement

އެއަށްފަހު މިއަދު ވަނީ މުގައްރިރުން ހޮވާފައި ނުވާ ކޮމިޓީތަކަށް މެމްބަރުން އިންތިހާބުކޮށްފަ އެވެ. ސަރުކާރު ޒިންމާދާރުކުރުވާ ކޮމިޓީތަކަށް އެމްޑީޕީގެ މުގައްރިރުން ނުލުމަށް ރެކޮމެންޑޭޝަނެއް މުޅި މަޖިލީހުން ފާސްކުރި ނަމަވެސް އޭރު ރިޔާސީ އިންތިހާބުގެ ނަތީޖާ އެނގިފައި ނުވެ އެވެ. އެ ނަތީޖާ އާއެކު އެމްޑީޕީން މިވަނީ އެފަދަ ކޮމިޓީތަކުގެ މުގައްރިރުކަން އަނެއްކާ ވެސް އެ ޕާޓީގެ މެމްބަރުން އިންތިހާބުކޮށްފަ އެވެ.

241 ކޮމިޓީ

  • މުގައްރިރު: ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
  • ނައިބު މުގައްރިރު: ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް

ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ހުށަހެޅުއްވީ މިއީ ދާއިމީ ކޮމިޓީއަކަށް ވާތީ، ކުރިން ތިއްބެވި ބޭފުޅުންނާ އެކު އަލުން ކޮމިޓީގެ މަސައްކަތްތައް ފެށުމަށެވެ. އެ ހުށަހެޅުން ފާސްކުރީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި 12 މެމްބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

  • މުގައްރިރު: މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު
  • ނައިބު މުގައްރިރު: މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ހާރޫން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

  • މުގައްރިރު: އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
  • ނައިބު މުގައްރިރު: ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް

ޖުޑީޝިއަރީ ކޮމިޓީ

  • މުގައްރިރު: މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
  • ނައިބު މުގައްރިރު: ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން

އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

  • މުގައްރިރު: ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް
  • ނައިބު މުގައްރިރު: ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުالله

އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީ

  • މުގައްރިރު: މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ
  • ނައިބު މުގައްރިރު: މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ހާރޫން

ލާމަރުކަޒީ ކޮމިޓީ

  • މުގައްރިރު: ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް
  • ނައިބު މުގައްރިރު: މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު

އިޖުތިމާއީ ކޮމިޓީ

  • މުގައްރިރު: އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު
  • ނައިބު މުގައްރިރު: ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދު

ޕެޓިޝަން ކޮމިޓީ

  • މުގައްރިރު: މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު
  • ނައިބު މުގައްރިރު: ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް

އިގްތިސާދީ ކޮމިޓީ:

  • މުގައްރިރު: އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން ރަޝީދު
  • ނައިބު މުގައްރިރު: މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ

އެސްއޯއީ ކޮމިޓީ

  • މުގައްރިރު: ކެނދިކުޅުދޫދާއިރާގެ މެމްބަރު އަހުމަދު އީސާ
  • ނައިބު މުގައްރިރު: ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ

ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ

  • މުގައްރިރު: ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ
  • ނައިބު މުގައްރިރު: ކެލާ ދާއިރާ މެމްބަރު އިބްރާހިމް ޝަރީފް

އާންމު ކޮމިޓީ

  • މުގައްރިރު: ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްގަނީ އަބްދުލްހަކީމް
  • ނައިބު މުގައްރިރު: ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު

މާލިއްޔަތު ކޮމިޓީ

  • މުގައްރިރު: ކިިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިދު
  • ނައިބު މުގައްރިރު: ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ

ގަވާއިދު ކޮމިޓީ

  • މުގައްރިރު: ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު
  • ނައިބު މުގައްރިރު: ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ

  • މުގައްރިރު: ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދް
  • ނައިބު މުގައްރިރު: ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު

ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އެކުލަވާލުމަށް މަސައްކަތްކުރި ނަމަވެސް މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް ހުރުމާއެކު މަޖިލީހުގެ ކައުންސިލާ ޖެނެރަލްގެ ބަހެއް ހޯދުމަށް ފަހު އަލުން ކޮމިޓީ އެކުލަވާލުމުގެ ބައްދަލުވުން ބާއްވަން ވަނީ ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox