ކޮންޓްރެކްޓަރުންނަށް ފައިސާ ދިނުން އަވަސްކުރަން އެމްއެންއޭސީއައި އިން ސަރުކާރަށް ގޮވާލައިފި

އިމާރާތްކުރުމުގައި މަސައްކަތް ކުރާ މަސައްކަތްތެރިން -- ފޮޓޯ: އިޔާން/އަދަދު

އިމާރާތްކުރުމުގައި މަސައްކަތް ކުރާ މަސައްކަތްތެރިން -- ފޮޓޯ: އިޔާން/އަދަދު

ސަރުކާރުން އަތޮޅުތަކުގެ ތަރައްގީއަށް ހިންގާ މަޝްރޫއުތަކުގެ މަސައްކަތް ކުރާ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރުމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން ގޮވާލައިފި އެވެ.

އެ ޖަމިއްޔާއިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނީ މަޝްރޫއުތައް ހިންގަން ކޮންޓްރެކްޓަރުން އަމިއްލަ ތަކެތީގައި މަސައްކަތް ކުރުމަށްފަހު، ކޮންޓްރެކްޓުގައި ވާގޮތުގެ މަތިން އިންވޮއިސް ހުށަހެޅުމުން އެ ފަރާތްތަކަށް ފައިސާ ލިބުން ލަސްވާކަމަށެވެ. އޭގެ ސަބަބުން މުއައްޒަފުންނަށް މުސާރަ ނުދެވި، މުއައްޒަފުންގެ ކެއުން ފަދަ ހަރަދުތައް ހަމަނުޖެއްސޭކަން ކޮންޓްރެކްޓަރުން ފާހަގަކުރާ ކަމަށެވެ.

ސަރުކާރުން ކުންފުނިތަކަށް ފައިސާދިނުން ލަސްވެ، މަސައްކަތައް ބޭނުންވި ތަކެތި ފޯރުކޮށްދިން ފަރާތްތަކަށް ވެސް އަގު ނުދެވުން ފަދަ މައްސަލަތައް ކުރިމަތިވާކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި މި ޝަކުވާތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމުން ވެސް ހައްލެއް ލިބިފައިނުވާކަން އެމްއެންއޭސީއައިގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން އެމްއެންއޭސީއައި އިން ކަމާބެހޭ މިނިސްޓްރީތައް އަދި ސިވިލް ސާވިސް ކޮމިޝަނާއިއެކު ކުރި މަޝްވަރާތަކުގެ ތެރޭގައި ކޮންޓްރެކްޓްގެ މުއްދަތު ހަމަވެގެން ސަރުކާރުން އެ ކުންފުނި ޖޫރިމަނާ ކުރާ ފަދައިން، ކަނޑައެޅިފައިވާ މުއްދަތުގައި ކޮންޓްރެކްޓަރުންގެ އިންވޮއިސްތަކަށް ފައިސާ ނުދެއްކޭ ނަމަ، އޭގެ ޖޫރިމަނާ އަދާކުރަން ސަރުކާރުގެ އިދާރާތަކަށް އިލްތިމާސްކޮށްފައިވާނެ ކަމަށެވެ.

މީގެ އިތުރުން، ކޮންޓްރެކްޓަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުން އެ ޖަމިއްޔާއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ބައްދަލުކޮށް، ޕްރެސެންޓޭޝަނެއްގެ ޒަރިއްޔާއިން މައްސަލަތައް ހުށަހެޅި ނަމަވެސް، ވޭތުވެދިޔަ މުއްދަތުގައި މި މައްސަލައަށް އެއްވެސް ހައްލެއް ލިބިފައި ނުވާކަން އެމްއެންއޭސީއައިގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެމްއެންއޭސީއައި އިން ވަނީ ކޮންޓްރެކްޓުތަކުގައޮ ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކޮށް، އިންވޮއިސްތަކަށް ފައިސާ ދޫކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކޮށްފަ އެވެ. އަދި މަސައްކަތް ކުރާ ފަރާތްތަކަށް ހަމަހަމަ ކޮންޓްރެކްޓް ތައާރަފުކޮށް، ކޮންޓްރެކްޓަރުންގެ ހައްގުތައް ހިމާޔަތްކުރުމަށް އެމްއެންސީއޭއައި އިން ވަނީ ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox