ޓްރާންސިޝަން ކޮމިޓީތައް އެކުލަވާލައިފި, މިނިސްޓްރީތަކާއި އިދާރާތަކަށް 8، އެސްއޯއީތަކަށް 7

އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް: ސަރުކާރުގެ ސިޔާސަތުތައް ހާމަކުރައްވާނީ ޓްރާންސިޝަނަލް ކޮމިޓީތަކުގެ މަސައްކަތްތައް ނިމުމުން ކަމަށް ވިދާޅުވި -- ފޮޓޯ/މިރާޝް ނާޝިމް

އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް: ސަރުކާރުގެ ސިޔާސަތުތައް ހާމަކުރައްވާނީ ޓްރާންސިޝަނަލް ކޮމިޓީތަކުގެ މަސައްކަތްތައް ނިމުމުން ކަމަށް ވިދާޅުވި -- ފޮޓޯ/މިރާޝް ނާޝިމް

ސަރުކާރު ބަދަލުވުމުގެ ކަންކަން ހިނގާ އިންތިގާލީ މަރުހަލާގައި ދައުލަތުގެ މިނިސްޓްރީތަކާއި އިދާރާތަކާއި ކުންފުނިތަކުގެ މައުލޫމާތު އެއްކުރަން 15 ޓްރާންސިޝަނަލް ކޮމިޓީ އެކުލަވާލާފައިވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ހާމަކޮށްފި އެވެ.

ޓްރާންސިޝަނަލް ކޮމިޓީތަކަކީ ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ކަންކަން ވިލަރެސްކުރައްވާ ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަންގެ ދަށުން މަސައްކަތް ކުރާ ކޮމިޓީތަކެކެވެ. މި ކޮމިޓީތަކުގެ މައިގަނޑު ޒިންމާއަކީ ވެރިކަން ނަގުލުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް، ސަރުކާރުގެ މަސައްކަތަށް ބުރޫނާރޭނެ ގޮތަކަށް ކަންކަން ކުރިއަށް ގެންދިއުމެވެ.

މި ކޮމިޓީތައް އެކުލަވާލިކަން ހާމަކޮށް އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން އިންތިގާލީ މަރުހަލާގެ ސްޕޯކްސްޕާސަން މުހައްމަދު ފިރުޒުލް ވިދާޅުވި ގޮތުގައި، މީގެ ތެރެއިން ހަތް ކޮމިޓީ ހާއްސަ ވަނީ ސަރުކާރު ކުންފުނިތަކަށެވެ. ބާކީ އަށް ކޮމިޓީ ހާއްސަ ވަނީ ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ވުޒާރާތަކަށެވެ.

މިއިން ކޮންމެ ކޮމިޓީއެއްގައި އިދާރީ މަސައްކަތް ކުރައްވާ ފަރާތްތަކާއި މާލީ ކަންކަމަށް ހާއްސަ ބޭފުޅުންނާއި ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު އެއްކުރުމުގައި މަސައްކަތް ކުރައްވާ އެންމެން ހިމެނޭހެން 25 އާއި 30 އާ ދެމެދުގެ އަދަދަކަށް މެމްބަރުން ތިބޭނެ އެވެ.

ފިރުޒުލް ވިދާޅުވީ ކޮމިޓީތަކުގައި ތިއްބަވާ މެމްބަރުން ތަމްރީނު ކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އެހެންނަމަވެސް އިންތިހާބު ކާމިޔާބު ކުރެވުނު ހިސާބުން ފެށިގެން ވެރިކަމާ ހަވާލުވުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން އެއްކުރާނީ ކޮން މައުލޫމާތުތަކެއް ކަމާއި އެ މައުލޫމާތު ހުންނާނެ ފޯމެޓާއި މައުލޫމާތު ވިލަރެސްކޮށް އެކުލަވާލާނެ ގޮތް އެ ދާއިރާގެ ފަންނީ ބޭފުޅުންނާ ގުޅިގެން ކޮށްފައިވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ. އަދި އަންނަ ސަރުކާރުގެ ސިޔާސަތުތަކާއި ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ މަސައްކަތްތައް ނިންމާނީ މި މަސައްކަތް ނިމުމުން ކަމަށް އޭނާ ހާމަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox