ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް މަރިޔަމް ޝަހާނާ ސިވިލް ސާވިސް ކޮމިޝަނުން މިއަދު އައްޔަންކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުރި އަބްދުﷲ ޝިމާޒު އެ މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.
މިއީ މި ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ޓްރާންސްޕޯޓަށް ހަމަޖެއްސި ތިންވަނަ ޕާމަނަންޓް ސެކެޓްރީ އެވެ.
އެންމެ ފުރަތަމަ އެ މަގާމަށް ސިވިލް ސާވިސް ކޮމިޝަނުން އޭޕްރިލް، 2019، ގައި އައްޔަނުކުރި އަބްދުﷲ ފަޔާޒު އިސްތިއުފާ ދެއްވީ، މަސައްކަތް ކުރާނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ، ޑިސެމްބަރު، 2020، ގަ އެވެ.
އެފަހުން އެ މަގާމަށް ޝިމާޒު ހަމަޖެއްސީ ޖޫން 2021 ގަ އެވެ. ޝިމާޒު އިސްތިއުފާ ދިން ތާރީހެއް ސާފެއް ނޫނެވެ.













