އައިސީއެފްގެ ނައިބު ރައީސް ރޮބަޓް ގާސިއާ ރާއްޖޭގައި މާސްޓާކްލާސްތަކެއް ބާއްވަނީ

އައިސީއެފްގެ ނައިބު ރައީސް ރޮބަޓް ގާސިއާ ރާއްޖޭގައި މާސްޓާކްލާސްތަކެއް ބާއްވަނީ

އިންޓަނޭޝަނަލް ކޯޗިން ފެޑެރޭޝަން (އައިސީއެފް) އާއި ވޯލްޑް އޮފް ޓުމޯރޯ (ޑަބްލިއުއޯޓީ) ގުޅިގެން ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގެ އެކި ފަންތީގެ މާހިރުންނަށް އަމާޒުކޮށްގެން ރާއްޖޭގައި މާސްޓާ ކްލާސްތަކެއް ބާއްވަން ތައްޔާރު ވާން ފަށައިފި އެވެ.

މި މާސްޓާ ކްލާސްތައް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވާނީ އައިސީއެފްގެ ނައިބު ރައީސް ރޮބަޓް ގާސިއާ އެވެ. އޭނާ އަކީ ދުނިޔޭގެ އެކި ޖަމިއްޔާތަކަށް ކޯޗް ކަން ކޮށްދެެއްވާފައިވާ މީހެކެވެ. އަދި ކުންފުނިތަކުގެ ތެރޭގައި ކޯޗިންގެ ސަގާފަތް އާލާކުރުމަށް އެކުލަވާލައިފައިވާ އައިސީއެފްގެ ބިޒްނަސް ޔުނިޓް ހިންގުމުގައި އެންމެ އިސަ ސަފުގައިވެސް ރޮބަޓް ވަނީ މަސައްކަތް ކުރައްވާފަ އެވެ.

އޭގެ އިތުރުން ވިޔަފާރި، ހިއުމަން ރިސޯސް މެނޭޖްމަންޓް، ސޭލްސް، އޮޕަރޭޝަންސް، ލީޑަޝިޕް ކޮންސަލްޓިން، އަދި ޑައިވަސިޓީގެ ރޮނގުން އެތަކެއް އަހަރެއްގެ ތަޖުރިބާ ހާސިލު ކުރައްވާފައިވާ ރޮބާޓް އަކީ ކަސްޓަމަރުންގެ ލޯޔަލިޓީ ކަށަވަރުކޮށް އުފެއްދުންތެރިކަން އިތުރުކުރުމަށް އާ ސްޓްރެޓެޖީތައް ތަންފީޒުކުރުމުގައި ދެމިހުންނެވި ތަޖުރިބާކާރު ބޭފުޅެއް ވެސް މެ އެވެ.

އޭނާ އަކީ 50 އަށް ވުރެ ގައުމުގައި ވިޔަފާރީގެ ގުޅުން ގެންގުޅުއްވާ ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ރާއްޖޭގައި ކުރިއަށްގެންދާ މި މި މާސްޓާ ކްލާސްތަކުގެ ފުރަތަމަ އިންސްޓޯލްމަންޓް އޮންނާނީ އޮކްޓޯބަރު 23 އިން 25 އަށް ވިލާ ނޯޓިކާ ރިސޯޓުގަ އެވެ.

"ވޯލްޑް އޮފް ޓުމޯރޯ" އިން ބުނީ މި މާސްޓަކްލާސްތަކުގައި ރޮބަޓް ގާސިއާ "ދަ ފިއުޗާ ލޭންޑްސްކޭޕް އޮފް ކޯޗިން އިން އޮގަނައިޒޭޝަންސް" އަށް ފުންކޮށް އަލި އަޅުވާލާނެ ކަމަށެވެ. އަދި ޖަމިއްޔާތަކުގައި ކޯޗިން ތަރައްގީވަމުން އަންނަ ގޮތްތައް ފާހަގަކޮށް، ކުންފުނިތަކުގެ ލަނޑުދަނޑިތައް އެ ކުންފުންޏެއްގެ ސަގާފަތްތަކާ އެއްގޮތްކުރުމުގެ މުހިންމުކަމަށް ވެސް އަލިއަޅުވާލާނެއެވެ.

އޭގެ އިތުރުން، ވިޔަފާރިއާއި ހުނަރު ބެލެހެއްޓުމުގައި ކޯޗިންގެ މުހިންމު ދައުރު ދެނެގަތުމާއި، މިފަދަ ކަންކަމުން ނަތީޖާތަކަށް ކުރާ އަސަރު މިންކުރާނެ ގޮތްތަކަށްވެސް ވާހަކަ ދައްކަވާނެ ކަމަށާއި ކޯޗިން ބޭނުންކޮށްގެން އުފެއްދުންތެރިކަން ކުރިއެރުވުމާއި، އުފެއްދުންތެރިކަން އިތުރުކޮށް، ކުންފުނިތަކުގެ ތެރޭގައި އެންގޭޖްމަންޓް އިތުރުކުރެވޭނެ ގޮތްތައް ވެސް މި މާސްޓަކްލާސްތަކުގައި ދިރާސާ ކުރާނެ އެވެ.

ވޯލްޑް އޮފް ޓުމޯރޯ އިން ބުނި ގޮތުގައި މިއީ އެކި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ވަރަށް އަގުހުރި ފުރުސަތަކަށް ވާނެއެވެ. އަދި ޕަބްލިކް، ޕްރައިވެޓް ސެކްޓަރުގެ ތަފާތު ފަންތީގެ ބޭފުޅުން މި މާސްޓަކްލާސްތަކުގައި ބަރިވެރިވުމަށް "ވޯލްޑް އޮފް ޓޫމޯރޯ" އިން ބާރުއަޅައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox