މާލޭގެ މަގުތަކުން ކެމްޕޭނު ދިދަފަތިތައް ނަގަން ފަށައިފި

މާލޭގެ މަގެއްގައި ކެމްޕޭނު ދިދަފަތި ދަމާފައި؛ ސިޓީކައުންސިލުން ބުނީ އެތަކެތި ނެގުމުގެ މަސައްކަތް ފަށާފައިވާކަމަށް -- ފޮޓޯ: އިޔާން/އަދަދު

މާލޭގެ މަގެއްގައި ކެމްޕޭނު ދިދަފަތި ދަމާފައި؛ ސިޓީކައުންސިލުން ބުނީ އެތަކެތި ނެގުމުގެ މަސައްކަތް ފަށާފައިވާކަމަށް -- ފޮޓޯ: އިޔާން/އަދަދު

ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެބުރާ ދިމާކޮށް ކެމްޕޭނަށް މާލޭގެ މަގުތަކުގައި ދަމާފައި ހުރި ދިދަފަތިތައް ނަގަން ފަށައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މާލޭގެ އެކި މަގުތަކުގައި ދަމާފައިވާ ކެމްޕޭން ދިދަ ފަތިތައް ނެގުމުގެ މަސައްކަތް އެ ކައުންސިލުން މިއަދު ފަށާފައި ވާކަމަށެވެ.

ކެމްޕޭން ކުރުމުގެ ގޮތުން މާލޭގެ ގިނަ މަގުތަކާއި ގޯޅިތަކުގައި، އެކި ޕާޓީތަކުން ދިދަފަތި ޕޯސްޓަރު އަދި ބެނާ ދަމާފައި ވާއިރު، މިމަހުގެ ކުރީކޮޅުން ފެށިގެން މާލެއަށް ކުރާ ވިއްސާރާގައި ބައެއް ސަރަހައްދުތަކުގެ ދިދަފަތިތައް ކަނޑައިގެން ގޮސްފައި ވެއެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި އަށް ކެންޑިޑޭޓުން ވާދަކުރި އިރު ހުރިހާ ކެންޑިޑޭޓުން ވެސް ވަނީ ކެމްޕޭނަށް އެކި ސަަރަހައްދުތަކުގައި ޕޯސްޓަރާއި، ބެނާ އަދި ދިދަފަތި ދަމާފަ އެވެ.

އޭގެ ތެރެއިން އެންމެއިން ގިނައިން ދިދަފަތިތަކާއި ކެމްޕޭން ބެނާތައް ދަމާފައި ވަނީ އެންމެ ބޮޑު ސިޔާސީ ދެޕާޓީ، ޕީޕީއެމް އަދި އެމްޑީޕީއިންނެވެ. ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީއިން ވެސް ވަނީ ބައެއް މަގުތަކުގައި ދިދަފަތި ދަމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox