ލޯނުތަކުގެ މައުލޫމާތު ކަމަށް ބުނެ އޮޅުވާލަން ފަތުރަނީ އުނިއިތުރު ގެނެސްފައިވާ ފޭކް ލިޔުމެއް: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު. ފޭކް ލިޔުންތަކެއް ދައުރު ކުރަމުންދާ ކަމަށް ވިދާޅުވި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު. ފޭކް ލިޔުންތަކެއް ދައުރު ކުރަމުންދާ ކަމަށް ވިދާޅުވި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސަރުކާރުން ނަގާފައިވާ ލޯނުތަކާއި އެ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ހިމެނޭ ލިޔުމެއް ކަމަށް ބުނެ ދައުރުކުރަމުންދަނީ ފޭކް ލިޔުމެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު ރޭގެ ވަގުތެއްގައި މީސްމީޑިއާގައި ވަނީ ލޯނުތައް ނަގާފައިވާ އިންޓަރެސްޓް ރޭޓުތަކާއި އަދި އެ ލޯނުތައް ނަގާފައިވާ މާލީ އިދާރާތަކުގެ ނަންތައް ހިމަނައިގެން ލިސްޓެއް ދައުރުކުރަމުންނެވެ.

ރާއްޖޭގެ އޮންލައިން ނޫހަކުން ވެސް ވަނީ އެފަދަ ހަބަރެއް ގެނެސްދީފަ އެވެ. އެކަން އަމީރު ވަނީ ދޮގުކުރައްވައި ފާޑު ވިދާޅުވެފަ އެވެ.

"[އެއީ] ކަނޑައެޅިގެން އުނި އިތުރުކޮށް އޮޅުވާލުމުގެ މަގްސަދުގައި ހަދާފައި އޮތް ފޭކް ޑޮކިއުމެންޓެއް," އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި އަމީރު ވިދާޅުވި އެވެ.

މިއަހަރުގެ މިހާތަނަށް ސަރުކާރުން ތިން ލޯނެއް ނަގާފައިވެ އެވެ. ވާލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދެ ލޯނެއް ނަގާފައިވާއިރު ނަން ހާމަނުކުރާ 'ޕްރައިވެޓް ކްރެޑިޓާ' އެއްގެ އަތުން ވެސް ލޯނެއް ނަގާފައިވެ އެވެ.

ދައުލަތުގެ ދަރަނީގެ ތަފާސްހިސާބުތައް ފިނޭންސް މިނިސްޓްރީން ހާމަކުރެ އެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ވަގުތު ދައުލަތުން އަނބުރާ ދައްކަން ޖެގޭ "އެކްޓިވް" 134 ލޯނެއް އެބައޮތެވެ. މި ދަރަނީގެ ޖުމްލަ އަގަކީ 65.2 ބިލިއަން ރުފިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox