ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކޭމްތައް އިތުރުވަނީ، ސަމާލުވޭ!

ސްކޭމް ހިންގާ އެކައުންޓްތަކެއް/ ފޮޓޯ: ފުލުހުން

ސްކޭމް ހިންގާ އެކައުންޓްތަކެއް/ ފޮޓޯ: ފުލުހުން

މިފަހަކަށް އައިސް އޮންލައިންކޮށް ހިންގާ ހިޔާނާތުގެ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ގޮވާލައިފި އެވެ.

ބީއެމްއެލް އިން ބުނީ މިފަހަކަށް އައިސް އަސްލު މީހުންގެ ނަމުގައި ވަގު އެކައުންޓުތައް ހަދައިގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ހިންގާ ސްކޭމުތަކުގެ އަދަދުތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެެވެ.

އެގޮތުން އަސްލު މީހެއްގެ ފޮޓޯ ޕްރޮފައިލްގައި ބޭނުން ކޮށްގެން ފޭކް އެކައުންޓްތައް ހަދައި މީހުންނާ ވާހަކަދައްކައި އިތުބާރު ހޯދުމަށްފަހު ފައިސާ އިންވެސްޓް ކުރުމަށް އެދޭ ކަމަށް ބޭންކުން ބުޏްނެވެ.

ދާދި ފަހުން ފެނުނު/ރިޕޯޓުކޮށްފައިވާ ސްކޭމުގެ މައްސަލަތައް:

ވަގު އެކައުންޓުތައް މެދުވެރިކޮށް ހިންގާ ސްކޭމުތައް އެންމެ ގިނައިން ފާހަގަކުރެވެނީ މެޓަ ނުވަތަ ފޭސްބުކް ޕްލެޓްފޯމުގަ އެވެ. އެގޮތުން ސްކޭމަރުން ފޭސްބުކް މެދުވެރިކޮށް އެކި ފަރާތްތަކާ މުއާމަލާތްކޮށް، ބޭސް ފަރުވާގެ ބޭނުންތައް ފަދަ ކަންކަމަށް ފައިސާގެ އެހީ ދިނުމަށް އެދެ އެެވެ. މިފަދަ ސްކޭމުތައް އާއްމުކޮށް ހިންގަނީ ދަންނަ ރަހުމަތްތެރިއެއް ނުވަތަ ތިމާގެ މީހެއްގެ ނަމުގަ އެވެ.

މީގެ އިތުރުން ރާއްޖޭން ބޭރުން ގެންނަ ޕްރޮޑަކްޓް ތަކަށް ނުވަތަ ހަދިޔާތަކަށް ކަސްޓަމްސް ކްލިއަރެންސް ފީ ދައްކަންޖެހޭ ކަމަށް ބުނެ މެސެޖުތައް ވެސް އަންނަނީ ކުރަމުންނެވެ.

ސްކޭމްތަކުގައި މީގެ ކުރިން ބީއެމްއެލްގެ ނަމުގައި ހަދާފައި ހުންނަ ވަގު ސްލިޕްތައް ބޭނުންކުރި ގޮތައް މިފަހަކަށް އައިސް ސްކޭމުތައް ހިންގުމަށް މޯލްޑިވްސް އިސްލާމިކް ބޭންކުގެ ވަގު ޑިޕޮސިޓް ސްލިޕްތައް ވެސް އަންނަނީ ބޭނުން ކުރަމުންނެވެ. މިަފަދަ ވަގު ސްލިޕްތައް ބޭނުންކުރަނީ ވިކްޓިމްގެ އިތުބާރު ހޯދައި ސްކޭމަރުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރުވުމަށެވެ.

ބީއެމްއެލް އިން ބުނިގޮތުގައި ފޭސްބުކްގެ އިތުރުން ނުދަންނަ ނަންބަރުތައް ބޭނުންކޮށް ޓެކްސްޓް މެސެޖުގެ ޒަރިއްޔާއިންނާއި ވަޓްސްއެޕް، ވައިބާ، ޓެލެގްރާމް އަދި އިންސްޓަގްރާމް ބޭނުންކޮށްގެންވެސް މިފަދަ ސްކޭމުތައް އަންނަނީ ހިންގަމުންނެވެ.

ވަގު އެކައުންޓުތައް ހަދައިގެން އާއްމުކޮށް ހިންގާ ސްކޭމުތައް

ބީއެމްއެލް އިން ބުނީ ސޯޝަލް މީޑިއާގައި އެހެން މީހުން ނަމުގައި ހަދާފައި ހުންނަ އެކައުންޓުތަކުން ހިންގާ ސްކޭމުތައް އިތުރުވެފައިވާއިރު އޮންލައިން ޓްރޭޑިންގެ ނަމުގައި ހިންގާ ސްކޭމުތައްވެސް އިތުރުވަމުން އަންނަ ކަމަށެވެ.

އެގޮތުން އާއްމުކޮށް ހިންގާ ސްކޭމުތަކަކީ:

  • ކްރިޕްޓޯކަރަންސީ ޓްރޭޑިން
  • ފޮރިން ކަރަންސީ އެކްސްޗޭންޖް/ ފޮރެކްސް ޓްރޭޑިން
  • ފިޝިން ލިންކު ބޭނުންކޮށް ލޮގިން ކްރެޑެންޝަލް ކޮމްޕްރޮމައިޒްކުރުން
  • އޮންލައިންކޮށް މުދާ ނުވަތަ ހިދުމަތެއް ވިއްކުން

ކަސްޓަމަރުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް:

ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމް އަކުން އަދި ފޯނު ނަމްބަރަށް މެސެޖުކޮށް މިފަދަ ރިކުއެސްޓެއް ލިބިއްޖެނަމަ، އެއްވެސް ފައިސާއެއް ފޮނުވުމުގެ ކުރިން ކުރިން ކުރިން ބޭނުންކުރި ކޮންޓެކްޓް ނަމްބަރެއް މެދުވެރިކޮށް ނުވަތަ އާންމު ފަރާތެއް މެދުވެރިކޮށް އެއީ ކާކުކަން ކަޝަވަރުކުރާށެވެ.

އަދި އެފަދަ މުއާމަލާތެއް އޮޅުމަކުން ޕްރޮސެސްކޮށްފައިވާ ނަމަ ވަގުތުން ބޭންކަށް އެކަން އަންގައި މޯލްޑިވްސް ޕޮލިސް ސާވިސަސްއަށް މައްސަލަ ހުށަހަޅާށެވެ.

ބީއެމްއެލް އިން ބުނީ ހިޔާނާތުގެ މައްސަލަތައް އިތުރުވަމުންދާތީ ރައްޔިތުން އެކަމަށް ހޭލުންތެރިކުރުމަށް ބޭންކުންވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ބޭންކުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް މިފަދަ ސްކޭމުތަކުގެ ވާހަކަތައް ޝެއާކޮށްފައިވާނެ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ސްކޭމްއާ ގުޅުންހުރި އިތުރު ކޮންޓެންޓްތައް ހިއްސާކުރަމުންދާނެ ކަމަށް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox