ފެންނަ ނުފެންނަ ވޯޓު ކުރިއަށް ގެންދާނޭ ގޮތް ބަޔާންކުރާ ގާނޫނެއް އޮތުން މުހިންމު: ހަސަން ލަތީފު

މުޅި މަޖިލިހުގެ ކޮމިޓީއެއްގައި ޑިމޮކްރެޓްސްގެ އިންތިގާލީ ޗެއާޕާސަން ހަސަން ލަތީފު ވާހަކަ ދައްކަވަނީ - ފޮޓޯ: މަޖިލިސް

މުޅި މަޖިލިހުގެ ކޮމިޓީއެއްގައި ޑިމޮކްރެޓްސްގެ އިންތިގާލީ ޗެއާޕާސަން ހަސަން ލަތީފު ވާހަކަ ދައްކަވަނީ - ފޮޓޯ: މަޖިލިސް

ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމުގެ ކުރިން އެ ކަމުގެ އުސޫލުތަކާއި އެކަން ކުރިއަށް ގެންދާނެ ގޮތް ބަޔާން ކުރާ ގާނޫނެއް ފާސްކުރުން މުހިންމު ކަމަށް، ނިޒާމީ ބަދަލަކަށް ވަކާލާތުކުރާ ޑިމޮކްރެޓްސްގެ އިންގާލީ ޗެއާޕާސަން ހަސަން ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު، މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ނިޒާމު ބަދަލުކުރުމުގެ ވޯޓެއް ނެގުމަށް ގޮވާލާ ގަރާރު ދިރާސާކުރުމަށް ބޭއްވި މުޅި މަޖިލިހުގެ ކޮމިޓީގައި ހަސަން ވިދާޅުވީ ގަރާރުގައިވާ ވޯޓުގެ ކުރިއަށް ގާނޫނީ ބައެއް މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ.

ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ހަސަން ފާހަގަ ކުރެއްވީ ގޮތުގައި ފެންނަ ނުފެންނަ ވޯޓު ދެ ގޮތަކަށް ނެގިދާނެ ކަމަށް ގާނޫނު އަސާސީގެ ދެ މާއްދާއެއްގައި ބަޔާންކުރާ ކަމަށެވެ. އެއީ ގާނޫނު އަސާސީގެ 262 ވަނަ މާއްދާގައި ރައީސަށް ލިބިދޭ ބާރާއި، ގާނޫނު އަސާސީގެ 70 ވަނަ މާއްދާގައި މަޖިލިހަށް ލިބިދޭ ބާރެވެ.

މަޖިލީހުގައި ހެންވޭރު ހުޅަނގު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ހަސަން ލަތީފު ވިދާޅުވީ ރައްޔިތުންގެ މަޖިލިހަށް ލިބިދޭ ބާރުން މި ވޯޓު ނެގުމަށް ފަހު ގެންނަ ގާނޫނީ ބަދަލުތައް ތަސްދީގު ކުރެއްވުމުގެ ބާރު ރައީސަށް އޮންނާތީ 262 ވަނަ މާއްދާއަށް އިސްތިސްނާ ބަޔާންކުރާ މައްދާއެއް ވެސް އިތުރު ކުރަން ޖެހޭ ކަމަށެވެ.

ހަސަން ދެން ވިދާޅުވީ ގާނޫނެއް ނެތި ވޯޓަކަށް ގޮސްފިނަމަ ފެންނަ ނުފެންނަ ވޯޓަށް ފަހު އަމަލުކުރަންވީ ގޮތްތަކާ މެދު ސުވާލުތަކެއް އުފެދުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

"ފެންނަ ނުފެންނަ ވޯޓެއްގެ ކަރުދާސް އެކުލަވާލާއިރު ގަބޫލު ކުރެވޭ، ދައުލަތުގެ ބާރުތަކަށް އަންނަ ބަދަލުތައް ބަޔާންކުރާ މާއްދާތައް ވެސް ޑްރާފްޓް ކުރެވިގެން ވޯޓަކަށް އެހިގެން، އަދި މި ކަން ގާނޫނެއްގެ ސިފައިގައި ރައްޔިތުންގެ މަޖިލިހުން ފާސްކުރެވިގެން ވޯޓަކަށް އަހަން ދިޔުމަށް،" ހަސަންގެ ހިޔާލު ހިއްސާކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ބަހުސް ފެށިފައި މި ވަނީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ޑިމޮކްރެޓްސްއިން ހޯދާ ދެވަނަ ބުރުގެ ތާއީދު ދިނުމަށް އެމްޑީޕީއަށް އެ ޕާޓީން އެ ޝަރުތު ވެސް ހުށަހަޅާފައިވަނިކޮށެވެ.

މަޖިލިހުގެ މެޖޯރިޓީ ޕާޓީއަކީ އެމްޑީޕީ އެވެ. އެމްޑީޕީގެ 57 މެންބަރުން މަޖިލީހުގައި ތިއްބަވަ އެވެ. މައިނޯރިޓީ ޕާޓީއަކީ ޑިމޮކްރެޓްސް އެވެ. އެމްޑީޕީން ވަކިވެ އުފެއްދި އެ ޕާޓީގައި މަޖިލިހުގެ 13 މެންބަރަކު ހިމެނިވަޑައިގަންނަވަ އެވެ.

ބަރުލަމާނީ ނިޒާމެއް ގެނައުމަށް މި ވަގުތު ވަކާލާތު ކުރައްވަމުން ގެންދަވާ ސިޔާސީ އިސް ލީޑަރަކީ ޑިމޮކްރެޓްސްގެ ބާނީ އަދި މި ވަގުތު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ މުހައްމަދު ނަޝީދެވެ.

މީގެ ކުރިން ނަޝީދުގެ ވެރިކަމުގައި ވެސް ނިޒާމު ބަދަލު ކުރުމަށް ތާއީދުކުރައްވައި ވާހަކަ ދައްކަވާފައި ވެ އެވެ. އަދި 2007 ގައި ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ވެސް ނަޝީދާއި އޭރު އެމަނިކުފާނު ލީޑުކުރައްވަމުން ގެންދެވި އެމްޑީޕީން ވެސް ތާއީދުކުރީ ބަރުލަމާނީ ނިޒާމަކަށެވެ.

ވެރިކަމުގެ ނިޒާމުގެ ބަދަލުތަކުގެ ވާހަކަ 2018 ގެ ރިޔާސީ އިންތިހާބާ ދިމާކޮށް ވެސް އެމްޑީޕީން ހުށަހެޅި އެވެ. ނަމަވެސް ކޯލިޝަންގެ ބައިވެރިންގެ ތެރޭގައި އެކަމުގެ ހިޔާލު ތަފާތުވުން ހުރުމުން ކޯލިޝަންގެ މެނިފެސްޓޯގައި އެ ކަން ހިމަނާފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox