އުތުރު ތިލަފަޅުގައި 'އަސްކަރީ ބޮޑު މަޝްރޫއުއެއް' ހިންގަން ޔާމީނު އެއްބަސްވި، ސްކޯޕް ކުޑަކުރީ މި ސަރުކާރުން

އުތުރު ތިލަފަޅުގައި 'އަސްކަރީ ބޮޑު މަޝްރޫއުއެއް' ހިންގަން ޔާމީނު އެއްބަސްވި، ސްކޯޕް ކުޑަކުރީ މި ސަރުކާރުން

މާލެ އަތޮޅު އުތުރު ތިލަފަޅުގައި އިންޑިއާއާ ގުޅިގެން 'އަސްކަރީ ބޮޑު މަޝްރޫއެއް' ކުރިއަށް ގެންދިއުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން އެއްބަސްވި ކަމަށާއި އެ މަޝްރޫއުގެ ސްކޯޕް ކުޑަކޮށް އެ ފަޅުގައި ކޯސްޓުގާޑު އުޅަނދުތަކުގެ ބޭނުމަށް ބަނދަރަކާއި ޑޮކްޔާޑެއް އަޅަން ނިންމީ މި ސަރުކާރުން ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

އެގޮތަށް އެ ސަރުކާރުން އެއްބަސްވެފައި ވާއިރު، އުތުރު ތިލަފަޅުގައި ތަރައްގީ ކުރަމުންދާ 'އެކަތަ' ބަނދަރަކީ އިންޑިއާގެ އަސްކަރީ މަރުކަޒެއް ކަމަށް ދޭހަވާ ގޮތަށް މިހާރު އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތައް ދޮގުކޮށް މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ފަޅުގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދަމުންދާ އެކަތަ ބަނދަރަކީ ކޯސްޓުގާޑުގެ ބޭނުމަށް ތަރައްގީކުރާ ބަނދަރެއް ކަމަށެވެ.

އުތުރު ތިލަފަޅު ތަރައްގީކުރުން އެންމެ ފުރަތަމަ އިންޑިއާއާއެކު މަޝްވަރާ ފެށީ ޔާމީނުގެ ސަރުކާރުގައި 2013 ގައި ކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"އެ [އޭރުގެ ދިފާއި ވަޒީރު އިންޑިއާއަށް ކުރެވި] ދަތުރުފުޅުގައި އުތުރު ތިލަފަޅުގައި ބޮޑު އަސްކަރީ މަޝްރޫއެއް ހިންގުމަށްޓަކައި އެ ސަރުކާރުގެ ތަސައްވަރާއި، ކޮންސެޕްޓް ޑިޒައިން އިންޑިއާ ސަރުކާރަށް ވަނީ ހުށަހަޅާފައި"

ޑިފެންސް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ޔާމީނުގެ ސަރުކާރުން 2016 ގައި އިންޑިއާއާކު ސޮއިކުރި 'އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން ބިޓްވީން ދަ މޯލްޑިވްސް އެންޑް އިންޑިއާ" އެއްބަސްވުމުގައިވެސް އެ ފަޅުގައި ބޮޑު އަސްކަރީ މަޝްރޫއެއް ހިންގަން އެއްބަސްވެފައިވާ ކަމަށެވެ.

"ކުރީގެ ސަރުކާރުން 2013 ގައި ހުށަހަޅާފައިވާ ބޮޑު އަސްކަރީ މަޝްރޫއުގެ ސްކޯޕް ހަނިކޮށް، މި ސަރުކާރުން 2019 ގައި ވާނީ އުތުރު ތިލަފަޅުގައި ކޯސްޓްގާޑު އުޅަނދުފަހަރު އަޅާފައި ބާއްވާނެ ބަނދަރަކާއި އެ އުޅަނދުފަހަރު މަރާމާތުކުރާނެ ޑޮކްޔާޑެއް ތަރައްގީކުރުމަށް ހަމަޖައްސާފައި" އެ މިނިސްޓްރީން ބުނެފައިވެ އެވެ.

އޭގެއިތުރުން، ރާއްޖޭގައި އަސްކަރީ ބޭނުމުގައި ގާއިމު އެއްވެސް ގައުމެއްގެ ސިފައިން ނެތްކަން ޑިފެންސް މިނިސްޓްރީން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. އެމްއެންޑީއެފްގެ ޖެނެރަލުންވެސް މިދިޔަ ހަފުތާގައި ވަނީ ދައުލަތުގެ މީޑިއާ މެދުވެރިކޮށް އެ ޔަގީންކަން ދެއްވާފަ އެވެ.

"ހާއްސަކޮށް ބޭރު ގައުމެއްގެ އަސްކަރީ ބޭސްއެއް، ނުވަތަ ފެސިލިޓީއެއް، ނުވަތަ ބޭރު ގައުމެއްގެ ބަޔަކު [ދިވެހި] ސިފައިންގެ ކޮންޓްރޯލެއް ނެތި ހިންގާ ފެސިލިޓީއެއް ރާއްޖޭގައި ނެތްކަން އަޅުގަނޑު ފާހަގަކުރަން" ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އެ ރޭ ވިދާޅުވި އެވެ.

ޝަމާލް ގެ އިންޓަވިއުގައި އިތުރަށް ފާހަގަކުރެއްވީ، އިދިކޮޅުން އެންމެ ބޮޑަށް ފާޑުކިޔާ އުތުރު ތިލަފަޅުވެސް އޮތީ ދިވެހި ސިފައިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި އެތަނުގައި އެކި މަސައްކަތްތައް ކުރަނީ 'ކޮމާޝަލް' ފަރާތްތަކުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox