ހުޅުމާލޭ ގެއެއްގެ ޓެރަސްގައި އަލިފާނުގައި ހާދިސާއެއް ހިނގައިފި އެވެ.
އެމްއެެންޑީއެފުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގައިފައިވަނީ ހުޅުމާލެ އަމީން އެވެނިއު ކައިރީގައި ހުރި ގެއެއްގެ ޓެރަސްގައި ޓިނުން ހަދާފައި ހުރި ތަނެއްގަ އެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިއަދު ހެނދުނު 8:39 ހާއިރުކަމަށް އެ އިދާރާއިން ބުނެ އެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި ހުޅުމާލެ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، 90 ޕަސެންޓް ކޮންޓްރޯލް ކުރެވިފައިވާކަމުގައި އެމްއެންޑީއެފުން ބުނެ އެވެ.













