އެންމެން ސިއްސުވާލައި، އިންތިހާބުގައި ގާސިމަށްވުރެ ވެސް އުމަރު ކުރި ހޯއްދަވައިފި

ރިޔާސީ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ބަހުސްގައި އުމަރު ނަސީރު: އިންތިހާބުގައި އޭނާ ވަނީ "ކިންގް މޭކާ"ގެ ލަގަބު ހޯދާފައިވާ ގާސިމްއަށް ވުރެ އިތުރަށް ވޯޓު ހޯއްދަވައިފައި --

ރިޔާސީ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ބަހުސްގައި އުމަރު ނަސީރު: އިންތިހާބުގައި އޭނާ ވަނީ "ކިންގް މޭކާ"ގެ ލަގަބު ހޯދާފައިވާ ގާސިމްއަށް ވުރެ އިތުރަށް ވޯޓު ހޯއްދަވައިފައި --

މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓުންގެ ތެރެއިން ހަތަރު ވަނަ ހޯދައި ހީކުރި ވަރަށް ވުރެ ބޮޑު ކާމިޔާބީއެއް އަމިއްލަ ގޮތުން ވާދަ ކުރި ކެންޑިޑޭޓު އުމަރު ނަސީރު ހޯއްދަވައިފި އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އަންދާޒާ ކުރެވޭ ގޮތުން، އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އިރު ދެން އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބަށެވެ.

އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި އުމަރު ވަނީ ދެ ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓުންނަށް ވުރެ ގިނައިން ވޯޓު ހޯއްދަވައި ކެންޑިޑޭޓުންގެ ތެރެއިން ހަތަރު ވަނައަށް ޖެހިލައިފަ އެވެ. އެއީ ޖުމްހޫރީ ޕާޓީ އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ވުރެ ގިނައިންނެވެ.

ރިޔާސީ އިންތިހާބު ދެ ވަނަ ބުރަކަށް ހިނގައްޖެ ނަމަ ފުރަތަމަ ބުރުގައި މަދު ވޯޓު ލިބުނު ކެންޑިޑޭޓުންގެ ސަޕޯޓު ހޯދަން ދެ ވަނަ ބުރުގައި ވާދަ ކުރާ ކެންޑިޑޭޓުން މަސައްކަތް ކުރެ އެވެ. އެހެންވެ، މަދުން ވޯޓު ލިބުނަސް، ތިން ވަނަ އަދި ހަތަރު ވަނައަށް އަންނަ ކެންޑިޑޭޓުންގެ ސިޔާސީ ނުފޫޒު ގަދަވެގެންދެ އެވެ.

ސިޔާސީ މައިދާނުގައި "ކިންގް މޭކާ" ގެ ލަގަބު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްއަށް ލިބިވަޑައިގަތީ އެގޮތަށެވެ. މީގެ ކުރިން 2008 ވަނަ އަހަރު އަދި 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް އޭނާ 20،000އެއްހާ ވޯޓު ކޮންޓްރޯލު ކުރެއްވި އެވެ. އެހެންނަމަވެސް، މިފަހަރު ގާސިމްއަށް ލިބިވަޑައިގަތީ ގާތްގަނޑަކަށް 6000 އެއްހާ ވޯޓެވެ.

އެއާ ހިލާފަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ވެސް ކުރެއްވި އުމަރަށް އޮތް ތާއީދު މިހާރު ވަނީ ކުރިއަށް ވުރެ އިތުރުވެފަ އެވެ.

އެންމެ ފަހުން އުމަރު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ، 2008 ވަނަ އަހަރު އެވެ. އެފަހަރު ހަ ކެންޑިޑޭޓުން ވާދަ ކުރެއްވި އިރު ދެ ވަނައަށް އެންމެ މަދުން ވޯޓު ލިބިވަޑައިގަތީ އުމަރަށެވެ. އޭނާއަށް އެފަހަރު ލިބިވަޑައިގަތީ 2472 ވޯޓު ނުވަތަ ޖުމްލަ ވޯޓުގެ 1.4 ޕަސެންޓެވެ.

2008 ވަނަ އަހަރުގެ ނަތީޖާ

  1. ގާސިމް އިބްރާހިމް - 27،056
  2. މައުމޫން އަބްދުލްގައްޔޫމް - 71،731
  3. ހަސަން ސައީދު - 29،633
  4. މުހައްމަދު ނަޝީދު - 44،293
  5. އިބްރާހިމް އިސްމާއިލް - 1383
  6. އުމަރު ނަސީރު - 2472

ހަރަދުކުޑަ ކެމްޕެއިނެއް

އުމަރު އޭނާގެ ކެމްޕެއިންގައި ދެއްކެވީ، ކޮރަޕްޝަން ހުއްޓުވުމާއި ގޭންގުތަކާ ދެކޮޅަށް މަސައްކަތް ކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމާ ގުޅޭ ސިޔާސަތުތަކުގެ ވާހަކަ އެވެ. އަދި އޭނާއަކީ "ކެރޭ" ނުވަތަ "ގަޓު" ހުންނަ މީހެއް ކަމަށާއި ވެރިކަމަށް އަންނަން ޖެހޭނީ ފިޔަވަޅުތައް ތަންފީޒުކުރަން ޖެހިލުންނުވާ މީހުން ކަމަށް އުމަރު ތަކުރާރުކޮށް ވިދާޅުވަމުންދިޔަ އެވެ.

އުމަރުގެ ކެމްޕެއިން ފެނިގެން ދިޔައީ ހަރަދު ކުޑަ ކެމްޕެއިނެއްގެ ގޮތުގަ އެވެ. އެގޮތުން އެކި ކަންމަތިތަކުގައި މައިކު ބަހައްޓައިގެން އާންމު ތަންތަނުގައި އޭނާގެ ސިޔާސަތުތަކުގެ ވާހަކަ ދެއްކެވިތަން ފެނިގެންދިޔަ އެވެ. އަދި ކުޑަ ޕިކަޕެއްގައި މާލެ އާއި ހުޅުމާލޭގައި ދުއްވަމުން ސިޔާސަތުތައް އާންމުންނަށް އިއްވައި ވޯޓުލާން އެދުނެވެ.

އުމަރަށް ވުރެ ދަށުން ވޯޓު ލިބުނު އެމްއެންޕީ އާއި ޖޭޕީއާ ހިލާފަށް އޭނާ ކެމްޕެއިނުގެ ތެރޭގައި އެހާ ގިނަ އަތޮޅުތަކަށް ދަތުރެއް ނުކުރެ އެވެ. އެމްއެންޕީން އިންތިހާބުގެ ކުރިން ދުރާލައި ތާއީދު ހޯދަން ރަށްތަކަށް ގިނަ ދަތުރުތަކެއް ކުރި އިރު، ގާސިމް ވެސް އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް އޭނާއަށް ތާއީދު އޮތް ރަށްތަކަށް ކެމްޕެއިން ދަތުރުތައް ކުރެއްވި އެވެ.

ރަށްރަށް މާ ގިނަ ދަތުރުތަކެއް ނުކުރެއްވިޔަސް، އުމަރު އޭނާގެ ސިޔާސަތުތަކުގެ ވާހަކަ އާންމުންނާ ހިސާބަށް ސޯޝަލް މީޑިއާ މެދުވެރުކޮށް ގެނަ އެވެ. އެގޮތުން، ޓިކްޓޮކް އަދި ފޭސްބުކް ފަދަ ސޯޝަލް މީޑިއާގެ އެކި ވަަސީލަތްތަކުގައި އޭނާގެ ކެމްޕެއިނާ ގުޅޭ ކޮންޓެންޓް އުފައްދައި އާންމު ކުރަމުން ދިޔަ އެވެ. އޭނާގެ ސޯޝަލް މީޑިއާ ކެމްޕެއިންގެ ކޮންޓެންޓުތައް އުފައްދާފައި ވަނީ ވެސް ޒުވާނުންނާ ގުޅޭ ފަދަ ގޮތްތަކަށް ބަދަލުކޮށްލައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox