ސިޔާސީ ފޯރިގަދަ އައްޑޫގައި ވޯޓުލުން ސުލްހަވެރިކަމާއެކު ކުރިއަށް

އައްޑޫ ސިޓީ ފޭދޫގައި ވޯޓުލުން, ސުލްހަވެރިކަމާއެކު ކުރިއަށް ދަނީ -- ފޮޓޯ: ސައީދު/ އަދަދު މޮނިޓަރު

އައްޑޫ ސިޓީ ފޭދޫގައި ވޯޓުލުން, ސުލްހަވެރިކަމާއެކު ކުރިއަށް ދަނީ -- ފޮޓޯ: ސައީދު/ އަދަދު މޮނިޓަރު

ސިޔާސީ ގޮތުން ފޯރި ގަދަ އައްޑޫ ސިޓީގައި ވޯޓުލުން, އެއްވެސް ހަމަނުޖެހުމަކާ ނުލާ ސުލްހަވެރިކަމާއެކު ކުރިއަށްދާ ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ވޯޓުލުމަށްފަހު އައްޑޫ ޝަރަފުއްދީން ސްކޫލު ބޭރުގައި ހުންނަވައި މޭޔަރު ނިޒާރު މިއަދު 'އަދަދު'އަށް ވިދާޅުވީ ކަނޑައެޅިފައިވަ ގަޑީގައި ހުރިހާ ފޮއްޓެއްގެ ވެސް ވޯޓުލުން ފެށިގެން ކުރިއަށް ދާއިރު, ވޯޓުގެ ކަންކަން ކުރިއަށް ދަނީ ވަރަށް އަމާންކަމާއެކު ކަމަށެވެ.

"އައްޑޫއަށް ބަލާއިރު އައްޑުއަކީ މާލެ ފިޔަވައި, އެންމެ ސިޔާސީ ގޮތުން ޕާޓީތަކުގެ ފޯރި އެންމެ ގަދަ, ރަނގަޅަށް ކެމްޕޭން ކުރެވުނު ރަށް. އެހެން ނަމަވެސް އަޅުގަނޑަށް ފާހަގަކުރެވެނީ ވަރަށް ޕްރޮފެޝަނަލްކޮށް ކުރިއަށްދާކަން" ނިޒާރު ވިދާޅުވި އެވެ.

މާލެ ފިޔަވައި އެންމެ ސިޔާސީ ފޯރި ގަދައީ އައްޑޫގައިކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ ހުރިހާ ޕާޓީތަކުން ވެސް ވަރަށް ޕްރޮފެޝަނަލްކޮށް ކެމްޕޭނު ކުރުމަށްފަހު ވޯޓުލުމުގެ ކަންކަން ވެސް އެގޮތުގައި ކުރިއަށް ކުރިއަށްދާ ކަމަށެވެ. އަދި ވޯޓުލާ ނިމޭ ގަޑިއަށް ވެސް މިގޮތުގައި ކުރިއަށް ދާން އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި އެކު ޖުމްލަ 21 ވޯޓު ފޮށި ބަހައްޓާފައި ވާއިރު, އޭގެ ތެރެއިން 15 ފޮށި ހުރީ ވެރިރަށް ހިތަދޫގަ އެވެ. މިހާތަނަށް އެއިން އެއްވެސް ފޮއްޓެއް ކައިރީގައި ހަމަނުޖެހުމެއް ހިނގާފައި ނުވާއިރު, ކިއު ދިގުވެ, ގިނަ ވަގުތު ކޮޅަށް ތިބެން ޖެހޭ ފަދަ ހާލަތެއްވެސް މެދުވެރި ނުވެ އެވެ.

ހުރިހާ ފޮއްޓެއްގެ ވޯޓުލުން ވެސް ކުރިއަށް ދަނީ ސުލްހަވެރިކަމާއެކު އެވެ.

އައްޑޫ ސިޓީ ހިތަދޫގައި ބަހައްޓަފައިވާ ވޯޓު ފޮށިތަކަށް ވޯޓުލީ އަދަދުތައް:

  • ހިތަދޫ 1 - ހިތަދޫ ސްކޫލު: 204/852
  • ހިތަދޫ 2 - ހިތަދޫ ސްކޫލު: 172/628
  • ހިތަދޫ 3 - ހިތަދޫ ސްކޫލު: 112/463
  • ހިތަދޫ 4 - ހިތަދޫ ސްކޫލު: 122/512
  • ހިތަދޫ 5 - ހިތަދޫ ސްކޫލު: 136/453
  • ހިތަދޫ 6 - ނޫރާނީ ސްކޫލު: 140/534
  • ހިތަދޫ 7 - ނޫރާނީ ސްކޫލު: 138/553
  • ހިތަދޫ 8 - ނޫރާނީ ސްކޫލު: 145/582
  • ހިތަދޫ 9 - ނޫރާނީ ސްކޫލު: 149/620
  • ހިތަދޫ 10 - ނޫރާނީ ސްކޫލު: 163/640
  • ހިތަދޫ 11 - ޝަރަފުއްދީން ސްކޫލު: 123/723
  • ހިތަދޫ 12 - ޝަރަފުއްދީން ސްކޫލު: 135/601
  • ހިތަދޫ 13 - ޝަރަފުއްދީން ސްކޫލު: 168/603
  • ހިތަދޫ 14 - ޝަރަފުއްދީން ސްކޫލު: 209/584
  • ހިތަދޫ 15 - އައްޑޫ ހައި ސްކޫލު: 227/893

މިފަހަރުގެ ރިޔާސީ އިންތިހާބުގައި އެންމެ ވާދަވެރި އެއް ކެންޑިޑޭޓް, ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓު ކަމަށްވާ މުހައްމަދު އަސްލަމަކީ އައްޑޫ ބޭފުޅެކެވެ. އަދި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ އިތުރުން އެމްއެންޕީގެ ރަނިންމޭޓު ޑރ. އަހުމަދު އަދީލް ނަސީރަކީ ވެސް އައްޑޫއަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ.

މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު ސިޓީ އައްޑޫގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ 25,936 މީހުން އެބަތިއްބެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން ފެށީ މިއަދު ހެދުނު 8:00 ޖެހި އިރުއެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި 10:00 އާ ހަމަޔަށް އޭގެ ތެރެއިން 12 ޕަސެންޓް މީހުން ވަނީ ވޯޓުލާފަ އެވެ. އެއީ 22،403 ފިރިހެނުންނާއި، 13،760 އަންހެނުންނާއެކު ޖުމުލަ 36،163 މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox