އަނބިކަނބަލުން ރާނިޔާ ވެސް ގާސިމްގެ ކެމްޕޭނަށް ނުކުމެވަޑައިގެންފި

ގާސިމްގެ ހަގު އަނބިކަނބަލުން ރާނިޔާ; އޭނާވެސް ވަނީ ގާސިމްގެ ކެމްޕޭނުގައި އަމަލީގޮތުން ހަރަކާތްތެރިވާން ފަށާފައި

ގާސިމްގެ ހަގު އަނބިކަނބަލުން ރާނިޔާ; އޭނާވެސް ވަނީ ގާސިމްގެ ކެމްޕޭނުގައި އަމަލީގޮތުން ހަރަކާތްތެރިވާން ފަށާފައި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކެމްޕޭނަށް އޭނާގެ ހަގު އަނބިކަނބަލުން ފާތިމަތު ރާނިޔާ ވެސް ނުކުމެވަޑައިގެންފި އެވެ.

ޖޭޕީގެ ކެމްޕޭނުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެން ރާނިޔާ ފުރަތަމަ ވަޑައިގެންނެވީ އދ.ދަނގެއްޗަށެވެ. އެ ރަށަށް ވަޑައިގެން ޖޭޕީގެ ޖަގަހައެއް ހުޅުއްވައިދެއްވި އެވެ. ޖަގަހަ ކައިރީގައި ޕާޓީގެ ސަޕޯޓަރުންނާއެކު އޭނާ ހަރަކާތްތެރިވެވަޑައިގަންނަވާ މަންޒަރު ފެންނަ ފޮޓޯތަކެއް ޖޭޕީން ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

ގާސިމް ރާނިޔާއާ ކައިވެނިބައްލަވައި ގަތީ 2020 ވަނަ އެވެ. އެހެން ނަމަވެސް ގާސިމްގެ ސިޔާސީ މަސައްކަތްތަކުގައި މީގެ ކުރިން ކުރިން ބައިވެރިވެވަޑައިގެން ނޫޅުއްވަ އެވެ. މިއީ ސިޔާސީ މަސައްކަތެއް ނަހުލާ ފިޔަވައި ގާސިމްގެ އަނބިކަނބަލަކު ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ގާސިމްގެ ހަގު އަނބި ރާނިޔާ; ދަނގެތީގައި ކެމްޕޭން ކުރައްވަނީ
ގާސިމްގެ ހަގު އަނބި ރާނިޔާ; ދަނގެތީގައި ކެމްޕޭން ކުރައްވަނީ

ގާސިމްގެ ހަގު އަނބި ރާނިޔާ; ދަނގެތީގައި ކެމްޕޭން ކުރައްވަނީ

ގާސިމްގެ ސިޔާސީ ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ބޭފުޅަކީ އަނބިކަނބަލުން އައިޝަތު ނަހުލާއަށް ވާއިރު, ނަހުލާ ވެސް ސިޔާސީ ދާއިރާށް ނިކުމެވަޑައިގެންނެވީ 2018 ވަނަ އަހަރުގެ އިންތިހާބާ ދިމާކޮށެވެ.

އޭރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނުގައި ގާތުން ހަރަކާތްތެރި ވެވަޑައިގެންނެވި ނަހުލާ އަކީ މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރެވެ. މި އަހަރުގެ އިންތިހާބުގައި ގާސިމަށް ތާއިދު ކުރައްވާ ކެމްޕޭނުގައި ހަރަކާތްތެރިވާއިރު ވެސް އޭނާ ހުންނެވީ އެ މަގާމުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox