ވެގަ ޕޮއިންޓް ފިހާރާގައި ރޯވެ، އަނދައި އަޅިޔަށް ވެއްޖެ

ވެގަޕޮއިންޓު ފިހާރައިގައި ރޯވެފައި ހުރި އަލިފާންގަނޑު. -- ފޮޓޯ: ސިއްދީގު

ވެގަޕޮއިންޓު ފިހާރައިގައި ރޯވެފައި ހުރި އަލިފާންގަނޑު. -- ފޮޓޯ: ސިއްދީގު

ގަލޮޅު ރަތްވިލާ ގޯޅީގައި ހުންނަ ވެގަ ޕޮއިންޓު ފިހާރައިގައި ރޭ ފަތިހު އަލިފާން ރޯވެ އެ ފިހާރަ އެއްކޮށް އަނދައި އަޅިއަށްވެއްޖެ އެވެ.

އެ އަލިފާނުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ކަށަވަރުކޮށްދެ އެވެ. ނަމަވެސް އެ އަލިފާނުގައި އެ ފިހާރައިގެ ބިތްދޮށުން ހުރި ގެ ވެސް ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ.

އެ އަލިފާންގަނޑު މިހާރު އެއްކޮށް ކޮންޓުރޯލްވެފައި ވާއިރު އަދިވެސް އެ ސަރަހައްދުން ކޮންމެވެސް ވަރަކަށް ދުން އަރަމުންދާ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ "އަދަދު" ގެ ނޫސްވެރިން މައުލޫމާތުދެ އެވެ

ވެގަޕޮއިންޓު ފިހާރަ އަނދައި އަޅިއަށް ވެފައި. -- ފޮޓޯ: ހުސައިން ޖަވާޒު
ވެގަޕޮއިންޓު ފިހާރަ އަނދައި އަޅިއަށް ވެފައި. -- ފޮޓޯ: ހުސައިން ޖަވާޒު

ވެގަޕޮއިންޓު ފިހާރަ އަނދައި އަޅިއަށް ވެފައި. -- ފޮޓޯ: ހުސައިން ޖަވާޒު

އަލިފާން ރޯވި ވެގަ ޕޮއިންޓު ހުންނަ ސަރަހައްދަކީ ވަރަށް ބައިބޯ ސަރަހައްދެއް ކަމުން އެ ހިސާބުގައި ދިރިއުޅޭ މީހުންގެ ތެރެއިން އެތައް ބަޔަކު މިހާރު ވެސް މަގުމަތީގައި އެބަ ތިއްބެވެ. އޭގެތެރެއިން އެއްވެސް ބަޔަކަށް ވަގުތީ ހިޔާވަހިކަން އަދި ހަމަޖައްސައިދީފައިވާ ކަަމުގެ މައުލޫމާތެއް މިހައިތަނަށް އަދި ނުލިބެ އެވެ.

އެ ފިހާރައިގައި އަލިފާން ރޯވެފައި ވަނީ ރޭ ފަތިހު 4:30 ހާއިރު އެވެ. އެތަނުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް މިހާތަނަށް އަދި އެނގިފައެއް ނުވެ އެވެ. އެމްއެންޑީއެފުން ބުނީ އަލިފާން ރޯވި ކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ 4:37 ގައި ކަމަށެވެ. ރިޕޯޓު ލިބުމާއެކު ސިފައިން ގޮސް އަލިފާން ނިވުމުގެ މަސައްކަތް ފެށި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox