ވިލާ ކޮލެޖުން ބެޗްލާ އޮފް ފާމަސީ ކޯސް ތައާރަފްކޮށްފި

ވިލާ ކޮލެޖުގެ ބެޗްލާ އޮފް ފާމަސީ ޕްރޮގްރާމާ ގުޅޭގޮތުން ބޭއްވި ޕްރެސް ބްރީފިން--- ފޮޓޯ:ވިލާ ކޮލެޖް

ވިލާ ކޮލެޖުގެ ބެޗްލާ އޮފް ފާމަސީ ޕްރޮގްރާމާ ގުޅޭގޮތުން ބޭއްވި ޕްރެސް ބްރީފިން--- ފޮޓޯ:ވިލާ ކޮލެޖް

ވިލާ ކޮލެޖުން މިއަހަރު އަލަށް ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށްވާ، ބެޗްލާ އޮފް ފާމަސީ ޕްރޮގްރާމަށް ވަނުމުގު ފުރުސަތު ހުޅުވާލައިފި އެވެ.

ވިލާ ކޮލެޖުން ބުނީ މި ޕްރޮގްރާމްގެ ކިޔެވުން ފަށާނީ އެ ކޮލެޖުގެ ސެޕްޓެމްބަރު މަހުގެ އިންޓޭކުގައި ކަމަށެވެ. އަދި މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ތަފާތު ތިން ލެވްލަކުން ޕްރޮގްރާމަށް ވަދެވޭގޮތަށް ކަމަށް ބުންޏެވެ. އެއީ:

ބެޗްލަ އޮފް ފާމަސީ – އަލަށް ފަށާ ދަރިވަރުންނަށް

ބެޗްލަ އޮފް ފާމަސީ އަލަށް ފަށާ ދަރިވަރުންނަށް މި ޕްރޮގްރާމަށް ވަންނަން، އޭލެވެލެގެ ކެމިސްޓްރީ އަދި ފިޒިކްސް ހިމެނޭ ގޮތަށް، ޖުމްލަ ތިން މާއްދާއިން ފާސްވާންޖެހޭނެ އެވެ. ނުވަތަ ގުޅޭ ދާއިރާއަކުން އެމްއެންކިއުއެފް ލެވެލް ހަތަރެއްގެ ކޮލިފިކޭޝަނަކާއެކު އަދި އޯ ލެވެލް ނުވަތަ އެއާ އެއް ފެންވަރުގެ އިނގިރޭސި ފާހެއް ލިބިފައިވާ ކުދިންނަށްވެސް މި ލެވެލް އިން ޕްރޮގްރާމަށް ވަދެވޭނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ. މި ކޯހުގެ މުއްދަތަކީ ޖުމްލަ ހަތަރު އަހަރެވެ.

ބެޗްލަ އޮފް ފާމަސީ – އެމްއެންކިއުއެފް ލެވެލް 5ގެ ޑިޕްލޮމާ ހާސިލުކޮށްފައިވާ ދަރިވަރުންނަށް:

ފާމަސީގެ ދާއިރާއިން އެމްއެންކިއު އެފް ލެވެލް ފަހެއްގެ ޑިޕްލޮމާ ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ، މި ޕްރޮގްރާމްގެ ތިން ވަނަ އަހަރަށް ވަދެވޭނެއެވެ. މިރޫޓްއިން މި ޕްރޮގްރާމަށް ވަންނަ ދަރިވަރުންގެ ޑިޕްލޮމާގެ މުއްދަތަކީ ދެ އަހަރު ދުވަސްކަމުގައި ވާން ޖެހޭނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

ބެޗްލަ އޮފް ފާމަސީ – އެމްއެންކިއުއެފް ލެވެލް 6ގެ އެޑްވާންސްޑް ޑިޕްލޮމާ ހާސިލުކޮށްފައިވާ ދަރިވަރުންނަށް:

ފާމަސީގެ ދާއިރާއިން އެމްއެންކިއު އެފް ލެވެލް ހައެއްގެ އެޑްވާންސްޑް ޑިޕްލޮމާ ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ، މި ޕްރޮގްރާމްގެ ހަތަރު ވަނަ އަހަރަށް ވަދެވޭނެ އެވެ. އެ މަގުން މި ޕްރޮގްރާމަށް ވަންނަ ދަރިވަރުންގެ އެޑްވާންސްޑް ޑިޕްލޮމާގެ މުއްދަތަކީ ތިން އަހަރު ދުވަސްކަމުގައި ވާން ޖެހޭނެ އެވެ.

ވިލާ ކޮލެޖުން ބުނީ މި ޕްރޮގްރާމްގައި ކިޔަވާ ދަރިވަރުން ތަޖުރިބާ ހޯދުމަށްޓަކައި ޕްރޮގްރާމްގެ މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރުގައި އެކްޓަންޝިޕް ޕްރޮގްރާމެއް ފުރިހަމަ ކުރާ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޕްރޮގްރާމްގެ ފަހު އަހަރުގައި ޖީއެމްޕީ (ގުޑް މެނުފެކްޗަރިންް ޕްރެކްޓިސް) ކޮލިޓީ އެންޑް ސްޓޭންޑަޑްސް ގެ ތަޖުރިބާ ހޯދުމަށްޓަކައި ޑަބްލިއުއެޗްއޯ އިން ގަބޫލުކުރާ ފެންވަރުގެ ބޭސް އުފައްދާ ކާރުހާނާއަކަށް ތަޖުރިބާ ދަތުރެއް ވެސް ހިމެނިފައިވާ ކަމަށް ބުންޏެވެ.

އެ ކޮލެޖުން ބުނި ގޮތުގައި މި ޕްރޮގްރާމުގެ ކިޔެވުން ހަމަޖެހިފައިވާނީ ވަޒީފާގައި އުޅެމުން ވެސް ދަރިވަރުންނަށް ކްލާސްތަކަށް ހާޒިރުވެވޭ ގޮތަށެވެ. އަދި މިއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އަދި އެލައިޑް ހެލްތް ކައުންސިލުން އެޕްރޫވް ކުރެވިގެން ހިންގާ ޕްރޮގްރާމެއް ކަމަށް ވެސް ބުންޏެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ މުއްދަތު ހަމަވާނީ ސެޕްޓެމްބަރު 16، 2023 ގަ އެވެ. އެ ޕްރޮގްރާމް ނިންމުމަށްފަހު ފާމަސިސްޓުންގެ ގޮތުގައި ދަރިވަރުންނަށް ވަޒިފާ އަދާ ކުރެވޭނެ އެވެ. އެ ޕްރޮގްރާމާ ބެހޭ މަޢުލޫމާތު ވިލާ ކޮލެޖުގައި ވެބްސައިޓްގައި ލިބެން ހުންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox