އެމްޓީސީސީން މިވަގުތު ހިންގާ މަޝްރޫއުތަކުގެ އަގު ހަތް ބިލިއަން ރުފިޔާއަށް އަރާ ކަމަށް އާޒިމް ވިދާޅުވެއްޖެ

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް; އެމްޓީސީސީން ހިންގާ މަޝްރޫއުތަކުގެ ތަފާސްހިސާބުތައް ކިޔައިދެއްވި -- ފޮޓޯ: މިރާން/ އަދަދު

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް; އެމްޓީސީސީން ހިންގާ މަޝްރޫއުތަކުގެ ތަފާސްހިސާބުތައް ކިޔައިދެއްވި -- ފޮޓޯ: މިރާން/ އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ދައުރުގައި އެމްޓީސީސީން އެކަނި ވެސް ހަތް ބިލިއަން ރުފިޔާގެ އަގު ހުރި މަޝްރޫއުތައް ހިންގާފައިވާ ކަމަށާއި މިހާރު ވެސް ހަތް ބިލިއަން ރުފިޔާގެ އަގު ހުރި މަޝްރޫއުތައް ހިންގަމުންދާ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ގދ. ތިނަދޫގެ އާރްޓީއެލް ފެރީ ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ރައީސް ސޯލިހަށް ތައުރީފު ކުރައްވާ އާޒިމް ވިދާޅުވީ, އެމަނިކުފާނުގެ ޒައާމަތަކީ ހަމައެކަނި އެމްޓީސީސީއަށް ބަލާލިއަސް ރާއްޖޭގެ ތަރައްގީއަށް އެންމެ ގިނަ މަޝްރޫއު ހިންގި ޒައާމަތް ކަމަށެވެ.

އާރްޓީއެލް އިން ރާއްޖެ ގުޅާލުމުގެ މަޝްރޫއުގެ އަދާހަމަ ފާހަގަކުރައްވާ އާޒިމް ވިދާޅުވީ, ރައީސް ސޯލިހު ކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެއްޖެ ނަމަ އެކަން ކޮށްދެއްވާނެ ކަމަށާއި, އެކަމަށް ޝައްކު ކުރާނެ ރައްޔިތަކު މިގައުމުގައި ނުހުންނާނެ ކަމަށެވެ.

އެމްޓީސީސީން މި ދައުރުގައި ހިންގި މަޝްރޫއުތަކުގެ ތަފާސްހިސާބުތައް ފާހަގަކުރައްވާ އާޒިމް ވިދާޅުވީ މިހާތަނަށް 154 މަޝްރޫއު އެއްކޮށް ނިމިފައިވާ ކަމަށާއި, 150 އަށްވުރެ ގިނަ މަޝްރޫއުގެ އަމަލީ މަސައްކަތް މިވަގުތު ކުރިއަށް އެބަދާ ކަމަށެވެ.

"މިހާތަނަށް 7 ބިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫއުތައް އެމްޓީސީސީން އެކަނިވެސް ނިންމައިފިން. އެއީ 7,000 މިލިއަން ރުފިޔާގެ މަސައްކަތް. މިވަގުތު ހިނގަމުންދާ މަޝްރޫއުތަކުގެ އަގު 7 ބިލިއަނަށް އަރާ. އަދި ސާވޭ ހެދުމާއި, އީއައިއޭ ހެދުމުގެ މަރުހަލާގައި ހުރި މަޝްރޫއުތައް ވެސް 4 ބިލިއަނަށް އަރާ," އެމްޓީސީސީން ހިންގާ މަޝްރޫއުތަކުގެ އަގު ހާމަކުރައްވާ އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މިހާތަނަށް 57 ބަންދަރުގެ މަސައްކަތް ނިމިފައިވާއިރު, 66 ބަނދަރުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ. އަދި ތިން އެއާޕޯޓެއް ނިމިފައިވާއިރު, ފަސް އެއާޕޯޓެއްގެ މަސައްކަތް ކުރިއަށް އެބަދެ އެވެ. އޭނާ ވިދާޅުވީ މި ދައުރުގެ ތެރޭގައި އެމްޓީސީސީން އެކަނިވެސް 460 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ.

"ދެން ކޮބާތޯ ބްރިޖުތަކާއި, ހޮސްޕިޓާތަކާއި, މަލްޓި ޕާޕަސް ހޯލްތަކާއި އިމާރާތްތަކާއި, ކޯޒްވޭތަކާއި, އައްސޭރި ފަށް ހިމާޔަތް ކުރުމުގެ މަސައްކަތްތަކާއި މަގު ހެދުމުގެ މަސައްކަތްތަކާއި, ބިން ހިއްކުމުގެ މަސައްކަތް މިހާރު ވެސް ފަތު އަޑު ކިޔާފައި އެދަނީ ހިނގަމުން," އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލު ކުރަމުން ދަނީ, ކުރިން ބޭރުގެ ކުންފުނިތަކުން ކުރަމުންދިޔަ މަސައްކަތްތައް ކަމަށެވެ. އޭގެ ނަތީޖާ އަންދާޒާ ކުރައްވާ އާޒިމް ވިދާޅުވީ 150-200 މިލިއަނާ ދެމެދު އަދަދެއްގެ ޑޮލަރު ބޭރަށް ލީކު ނުވެ ރާއްޖޭގައި ހިފެހެއްޓިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ރައީސް ސޯލިހުގެ އިގްތިސޯދީ ސިޔާސަތުގެ ހަރުދަނާކަން ހާމަކޮށްދޭ ހަގީގަތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox