އިލްޔާސްގެ ޕްލޭނަކީ ކުދި ގޯތި ކޮށިތައް އެއްމެދު އިމާރާތްތަކަށް ބަދަލުކުރުން

އިލްޔާސް ލަބީބް ޖަލްސާއެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އިލްޔާސް ލަބީބް ޖަލްސާއެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޑިމޮކްރެޓުންގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ހުށަހަޅުއްވާ މާލެ ތަސައްވަރު؛ ވެށިފަހި މާލެ ސިޔާސަތުގައި ކުދި ގޯތި ކޮށިތައް އެއްމެދު އިމާރާތްތަކަށް ބަދަލުކުރަން ހިމަނައިފި އެވެ.

ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ވެށިފަހި މާލެ ސިޔާސަތުގެ ދަށުން ފުރަތަމަ ތަރައްގީކުރަން ނިންމާފައިވާ 10 ކޮށީގެ ރަށްވެހިންނަށް އެކަމުގެ މައުލޫމާތު މިއަދު ވަނީ ފޮނުވަން ފަށާފަ އެވެ.

އިލްޔާސްގެ ވެށިފަހި މާލެ ސިޔާސަތުގައި ހިމެނޭ ކަންކަން:

  • ގޯތީގެ ވެރިފަރާތަށް 1،000 އަކަފޫޓުގެ ގޯއްޗެއް ހުޅުމާލެ ނުވަތަ ގްރޭޓާ މާލެ ސަރަހައްދުން ދިނުން.
  • ގޭގެ ރެޖިސްޓްރީގައިވާ 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ދޭއް ނުވަތަ ތިން ކޮޓަރީގެ ކޮންޑޯ ޔުނިޓެއް ދިނުން.
  • މާލޭގެ އެންމެ ތޮއްޖެހި ކޮއްލަވާނިވެފައިވާ 10 ކޮށީގެ ރަށްވެހިން، 111، 351، 355، 356 އަދި 360 ކޮށީގައި ތަރައްގީކުރާ ކޮންޑޮމީނިއަމް އިމާރާތްތަކަށް ބަދަލުކުރުން.
  • ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލުމުގެ ދަށުގައި އަމީނީމަގުގައި ހުރި މި ފަސް ކޮށީގައި އިމާރާތްކުރާ ކޮންޑޮމީނިއަމް ތަކަކީ މުނިފޫހިފިލުވުމާއި، ކަސްރަތާއި، ކުޅިވަރާއި، ވިޔަފާރީގެ ހަރަކާތްތައް ހިމެނޭހެން އާބަން ލައިފްސްޓައިލަކަށް ބޭނުންވާ އެންމެހާ ހިދުމަތަކާއި ވަސީލަތަކާއެކު ގާއިމުކުރެވޭ ޒަމާނީ އިމާރާތްތަކަކަށް ހެދުން.
  • ކުޑަކުދިންނަށް ބޭނުންވާ ޑޭކެއާ އަދި އުމުރުން ދުވަސްވީ މީހުންގެ އެލްޑާކެއާ ސެންޓަރުތައްވެސް ކޮންޑޮމޯނިއަމްތަކުގައި ހެދުން.

ޑިމޮކްރެޓްސް އިން ބުނީ މި މޮޑެލްއަކީ ސިންގަޕޫރުފަދަ ބިން ކުޑަ އަދި ތޮއްޖެހުން ބޮޑު އާބަން ސިޓީތަކުގައި ކާމިޔާބުކަމާއެކު ހިންގަމުން އަންނަ މޮޑެލެކެވެ.

އިލްޔާސް ލަބީބްގެ މާލޭ ތަސައްވަރު އޮޅުންފިލުވައިދިނުމަށް ޑިމޮކްރެޓްސްއިން އަންނަނީ މާލޭގައި އޮގަސްޓް 28، އިން ފެށިގެން ސިލްސިލާ ކަންމަތީ ބައްދަލުވުންތަކެއް ބާއްވަމުންނެވެ. އެ ބައްދަލުވުންތަކުގައި ރައީސް މުހައްމަދު ނަޝީދާއި، މާލެއަށް ނިސްބަތްވެވަޑައިންނަވާ މަޖިލިސް މެންބަރުންގެ އިތުރުން، ސިޓީ ކައުންސިލަރުންނާއި، ޑިމޮކްރެޓުންގެ ހަރަކާތްތެރިން ވާހަކަދައްކަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox