ގާއިމު މިކުރީ ކުނި މެނޭޖުކުރަން ޒަމާނީ، ފުރިހަމަ ހައްލެއް: ޝައުނާ

Aug 28, 2023, 5:18 PM
މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަ ޝައުނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަ ޝައުނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާލޭ ވޭސްޓު މެނޭޖުމެންޓު ސްޓޭޝަނަކީ މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމަށް ގެނެސްދޭ އެންމެ ޒަމާނީ، އަދި ފުރިހަމަ ހައްލެއް ކަމަށް އެންވަޔަރަމެންޓު މިނިސްޓަރު އައިމިނަތު ޝައުނާ މިރޭ ވިދާޅުވެއްޖެ އެވެ.

އިންޑަސްޓްރިއަލް ވިޖެލުގައި ގާއިމުކުރި މާލޭ ވޭސްޓު މެނޭޖުމެންޓު ސެޓޭޝަން ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު މައްސަލައަކީ ކުނި މެނޭޖްކުރުމަށް ހުރި ގޮންޖެހުންތައް ކަމަށާއި މާލެ ސިޓީ އަކީ ވެސް ކުނި މެނޭޖްކުރުމުގެ ދަތި އުނދަގޫ, މާޒީ އެއް އޮތް ރަށެއް ކަމަށެވެ.

މާލެ ސިޓީގެ ބޭނުމަށް ފެނާއި, ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތްތައް ތަރައްގީ ކުރެވިގެން ދިޔައިރު, ކުނި މެނޭޖްކުރުމަށް ބޭނުންވާ އުމްރާނީ އަދި ފަންނީ ވަސީލަތްތައް ވަނީ މިހާތަނަށް ގާއިމްނުކޮށް ކަމަށް ޝައުނާ ވިދާޅުވި އެވެ. އޭގެ ނަތީޖާ އަކީ މާލެގައި އުފެދޭ ކުނި މެނޭޖްކުރަމުންދާ ތިލަފުށީގެ ހާލަތު ގޯހުން ގޯހަށް ބަދަލުވެގެން ދިޔުން ކަމަށް އޭނާ ހަނދާންކޮށް ދެއްވި އެވެ.

މާލޭ ވޭސްޓް ޓްރާންސްފަ ސްޓޭޝަން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
މާލޭ ވޭސްޓް ޓްރާންސްފަ ސްޓޭޝަން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާލޭ ވޭސްޓް ޓްރާންސްފަ ސްޓޭޝަން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޝައުނާ ވިދާޅުވީ ސަރުކާރުން ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ކުރަމުންދަނީ ރޭވުންތެރިކަމާއި އެކު ކަމަށެވެ. ތިލަފުށީގައި ހުރި ކުނި ފަރުބަދައިން އަރަމުންދިޔަ އަލިފާންގަނޑު ނިއްވާލެވި, އެތަނުން އަރަމުންދިޔަ ވިހަ ދުމުން، މާލެއާއި އަދި ތިލަފުށި ކައިރީގައިވާ ރިސޯޓްތައް ވަނީ ސަލާމަތްކޮށްފަ އެވެ.

ތިލަފުއްޓަށް ގެންދާ ކުނިތައް ފަރުބަދައަށް އުކާލުމުގެ ބަދަލުގައި, އެކުނިތައް ވަކިކޮށް, ޝްރެޑްކޮށް, އަދި ކުނިން ހަކަތަ އުފައްދާ ނިޒާމްއެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ކުރިޔަށް އެބަދެ އެވެ.

"މި ނިޒާމް ގާއިމްވަންދެން ތިލަފުއްޓަށް ގެންދެވޭ ކުނިތައް ދަނީ ކޮންމެ ދުވަހަކު ބޭލްކޮށް ރައްކާތެރިގޮތުގައި ބަހައްޓަމުން،" ޝައުނާ ވިދާޅުވި އެވެ.

"މިރޭ މި އިފްތިތާހު ކުރެވޭ މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަކީ ސަރުކާރުން މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމަށް ގެނެސްދޭ އެންމެ ޒަމާނީ، އަދި ފުރިހަމަ ހައްލު."

ވޭސްޓު ޓްރާންސްފާ ސްޓޭޝަންގެ މުހިންމު މައުލޫމާތު

  • ކުނީގެ ކޮންމެ ބާވަތަކީ ބަރުދަން ރެކޯޑްކުރެވި، ކުނިން ނަފާ ހޯދުމަށް މަގުފަހި ކުރެވިގެން ދާނެ އެއްޗެއް.
  • ސްޓޭޝަން ފަރުމާކުރީ ޖަރުމަން ވިލާތުގެ ފަންނީ މާހިރުންގެ ލަފަޔާއި އެކު، ތިމާވެށީގެ އަދި މުސޫމީ ހިރާސްތަކުން ރައްކާތެރިކަން ކަށަވަރު ވާނެ ގޮތަށް
  • ތަހުޒީބީ މުޖްތަމައު ތަކުގައި ކުނި މެނޭޖްކުރާ ފަދަ ޒަމާނީ ނިޒާމްއެއް
  • ކުނި އުކާލުމަށް ވެހިކަލް އާއެކު ބާޖަށް އެރުން މުޅިން ހުއްޓާލުން
  • ތަރައްގީ ވެފައިވާ ސިޓީއެއްގައި ހުންނަން ޖެހޭ މުހިއްމު ހުރިހާ ޔުޓިލިޓީ ހިދުމަތްތަކެއް މިރޭ މާލެ ސިޓީގައި ގާއިމްވެ ނިމުނީ.
  • މިއީ މާލެ ސަރަހައްދު ހިމެނޭހެން ޒޯން 3 (އއ، އދ، ކ އަދި ވ) ގެ މީހުން ދިރިއުޅޭ 32 ރަށަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox