ކޮންމެ ރަށެއްގެ ހުރިހާ ކްލާސްރޫމެއް އެއާ ކަންޑިޝަންކޮށް، ސްމާޓު ބޯޑު ހަރުކޮށްދޭނެ ކަމަށް، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ނ. ހެނބެދޫގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ސްކޫލުތަކުގެ ކޮމްޕިއުޓަރު ލެބްތައް ވެސް އާކޮށްދޭނެ ކަމަށެވެ. އޭގެ އިތުރުން މޫނު ބުރުގާ އަޅައިގެން ކިޔަވައިދީ، ވަޒީފާ އަދާކުރަން ހުރަހެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މޫނު ބުރުގާ އަޅިގައިގެން ކިޔަވައިދޭން ވެސް ވަޒީފާ އަދާކުރަން އެއްވެސް ބޭފުޅަކަށް ހުރަހެއް ނޯންނާނެ،" ގާސިމް ވިދާޅުވި އެވެ.
"އިސްލާމީ އުސޫލުތައް ހިފެހެއްޓުމަށް އަޅުގަނޑުގެ ވެރިކަމެއްގައި ބާރު އަޅާނަން."
މޫނު ބުރުގާ އަޅައިގެން ތޮވާފުކުރާ ތަނެއް ނުފެންނަ ކަމަށް ވިދާޅުވުމަށް ފަހު، ގާސިމް ވިދާޅުވީ މޫނު ބުރުގާ އެޅުމަކީ ހިލާފު އުފެދިފައިވާ މައްސަލައެއް ކަމަށެވެ. ނަމަވެސް, ވަރަށް ގިނަ އަންހެނުން މިހާރު މޫނު ބުރުގާ އަޅަމުންދާތީ ވަކި ގޮތަކަށް ކަންކަން ކުރަން މަޖުބޫރު ނުކުރާނެ ކަމަށް ވިދާޅުވި އެވެ.

މޫނު ބުރުގާ އަަޅައިގެން ސްކޫލްތަކުގައި ކިޔަވައި ނުދޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ހެދި އުސޫލު އިއްޔެ ވަނީ ބަދަލުކޮށްފަ އެވެ.
އާ އުސޫލުގައިވާ ގޮތުން މޫނު ބުރުގާ އެޅި ޓީޗަރުން، ކާކުކަން އަންގައިދޭން އަޅަން ޖެހޭނީ ސްޓާފް ކާޑެވެ. އަދި މޫނު ބުރުގާ ނަގައިގެން ހުންނަން ޖެހޭނީ މޫނު ހާމަކުރަން އެކަށީގެންވާ މާހައުލެއްގައި އުމުރުން 10 އަހަރު ނުވާ ދަރިވަރުންނަށް ކިޔަވައިދޭ އިރުގައި އެެކަންޏެވެ.
ހެނބެދުއަށް ވި ވައުދު
- ރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން
- ފީފާ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ހެދުން
- ކްލާސްރޫމް އޭސީކުރުން










