ޖަލްސާތަކަށް ތަރުހީބު ކުޑަވުމާއި ފާޑުކިއުންތަކަށް ގާސިމްގެ ނުރުހުން

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ޖުމްހޫރީ ޕާޓީން ށ. މިލަންދޫގައި ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޖުމްހޫރީ ޕާޓީ

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ޖުމްހޫރީ ޕާޓީން ށ. މިލަންދޫގައި ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޖުމްހޫރީ ޕާޓީ

ސިޔާސީ ވެރިން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި އެ ރަށްރަށުން ފުރައްސާރަ އާއި ގޯނާ ކުރިމަތިވުމަކީ އާއްމު ކަމެކެވެ. އެހެން ނަމަވެސް އާއްމު އުސޫލަކީ އެ ބޭފުޅުން ފާޅުގައި އެ ރައްޔިތުންނާ ދިމާލަށް ނުރުހުމުގެ ބަހެއް ވިދާޅުނުވެ، އެކަމުގެ ޒިންމާ ވާދަވެރި ސިޔާސީ ލީޑަރުންގެ އިސްތަށިފުޅުގައި އެޅުވުމެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބަށް ކުރާ ކެމްޕެއިނުގައި މި އުސޫލާ ހިލާފަށް އަމަލުކުރައްވާތަން މި ފެންނަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމެވެ. ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިންކުރަން އުތުރުގެ ރަށްތަކަށް ޖޭޕީން ކުރާ ދަތުރުގައި ދެތިން ފަހަރަކު ގާސިމް ރައްދު ދެއްވީ ސިދާ އާއްމުންނަށެވެ.

ގާސިމް އާއްމުންނަށް އެންމެ ފަހުން ރައްދެއް ދެއްވީ ށ. ކަނޑިތީމުގައި އިއްޔެ ބޭއްވި ޖަލްސާގަ އެވެ. އެ ޖަލްސާގައި އޭނާ ވިދާޅުވީ ދައްކަވާ ވާހަކަ އަޑު އަހަން "އެކަކު ނަޔަސް ވަރިހަމަ" ކަމަށެވެ. ބެލެވޭ ގޮތުގައި އެއީ ޖޭޕީގެ ޖަލްސާއަަށް އައި މީހުންގެ އަދަދު މަދުވުމުން ދެއްކެވި ވާހަކަ އެކެވެ.

"އަޅުގަނޑުމެންގެ ޒިންމާ އަދާކުރުމަށް އަޅުގަނޑު ނުކުމެ މިހިރީ. އަޅުގަނޑަށް ވަރިހަމަ މިތަނަށް އެކަކު އަޔަސް ނަޔަސް. އަޅުގަނޑަށް ވަރިހަމަ އެކަކު އަޔަސް ނަޔަސް،" އަޑަށް ބާރުލައްވައި ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވާހަކަ ދައްކަވަން އޭރު ހުންނެވި ތަނަށް މީހުން އަޔަސް ނަޔަސް، "ގައުމުގެ ރައްޔިތުންނަށް އެ އަޑު އިވޭނެ" އެވެ.

"އަޅުގަނޑު މި އިއްވަނީ. އަޅުގަނޑު އިއްވައިފިން. ﷲ ހެކިވެ ވޮޑިގަންނަވާށި" ގާސިމް ވިދާޅުވި އެވެ.

ސްޕެޝަލް އެޑްވައިޒަރު އަހުމަދު ނިހާން ހުސައިން މަނިކަށް ކުޑައިމީސްވާ ގޮތަށް އާއްމުންގެ މީހަކު ދެއްކެވި ވާހަކަ އަކަށް ވެސް އޭނާ ކުރިން ވަނީ ވަރަށް ހޫނުކޮށް ރައްދު ދެއްވައިފަ އެވެ. މުޅި އެ މުއާމަލާތް ނުފެންނާތީ ކަން ހިނގި ގޮތް ސީދާ ނޭނގުނަސް ގާސިމް ރައްދު ދެއްވީ ޕީޕީއެމްގެ ހަރަކާތްތެރިއަކަށް ކަން އޭނާގެ ވާހަކަ އިން އެނގެ އެވެ.

"ނިހާނާ ދިމާލަށް އެއްޗިހި ވިދާޅުވިއިރު އެ ބޭފުޅާ އަށް އެނގޭތޯ އެ ވެރިކަން ގެނެސްދިނީ ކާކު ކަން. ބަލަ މިގާސިމޭ ގެނެސްދިނީ. އެހެން ނޫން ނަމަ ޕީޕީއެމް ނުދެކޭނެ ދިވެހި ސަރުކާރެއް،" ހދ. ނޮޅިވަރަމްގައި ގާސިމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ސަރުކާރު ގެންނަން ހަރަދު ކުރެއްވީ ކިތަން މިލިޔަން ރުފިޔާކަން އެނގޭތޯ ގާސިމް ސުވާލުކުރެއްވި އެވެ.

"ކިތައް ކަންތައްތޯ ކޮށްދިނީ. ކިތައް ހާސް ވޯޓުތޯ ހޯދައިދިނީ،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނިހާނާ ދިމާލަށް އެއްޗެއް ބުނި މީހާ އެކުރީ ވަރަށް ހުތުރު ކަމެކެވެ. ސިޔާސީ ދާއިރާގައި މަސައްކަތް ކުރަންވާނީ އެފަދަ މީހުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ އަށް ކެންޑިޑޭޓުންނެވެ. އެމްޑީޕީން، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަ ކުރައްވާއިތު، ޕީއެންސީން ވާދަ ކުރައްވަނީ މާލޭ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒެވެ. އަދި ޖުމްހޫރީ ޕާޓީން ގާސިމް އިބްރާހިމް، އެމްއެންޕީން މުހައްމަދު ނާޒިމް، ދަ ޑިމޮކްރެޓްސްއިން އިލްޔާސް ލަބީބު ވާދަ ކުރައްވަ އެވެ. އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރައްވަނީ ފާރިސް މައުމޫން، އުމަރު ނަސީރު، އަދި ހަސަން ޒަމީލެވެ.

ކުރީގެ ރިޔާސީ އިންތިހާބުގައި ވެސް މިފަދަ ކަންކަން، ބައެއް ކެންޑިޑޭޓުންގެ ފަރާތުން ފެނި، އަދި އެ ވީޑިއޯތައް ވެސް އާންމުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox