ސިފައިންގެ ހިދުމަތުގައި 26 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ސާޖަންޓް މުހައްމަދު އަހުމަދު ދީދީ މިއަދު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.
އޭނާ ނިޔާވި އިރު އުމުރުން 45 އަހަރެވެ. ނިޔާވީ މިއަދު ނޯތު ހާބަރުގައި ހުއްޓާ ކުއްލިއަކަށް ނޭތިގެން ވެއްޓިގެން، އައިޖީއެމްޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
އަހުމަދު ދީދީ އެންމެ ފަހުން ގެންދެވީ މެޑިކަލް ކޯގައި ހިދުމަތް ކުރައްވަމުންނެވެ.












