އައިއޯއައިޖީ އަށް ގައުމީ ފެތުންތެރިން ތައްޔާރު، މެޑަލް ޓާގެޓާއި ރެކޯޑްގެ ވިސްނުންތައް

Aug 18, 2023, 7:28 AM
މިދިޔަ އަހަރުގެ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އިވެންޓެއްގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

މިދިޔަ އަހަރުގެ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އިވެންޓެއްގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

މި މަހު 25 ގައި މަޑަގަސްކަރާގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ބައިވެރިވާ ގައުމީ ސްވިމިންގް ޓީމުގެ އެތުލީޓުންގެ އަމާޒަކީ އައިއޯއައިޖީގައި ގިނަ ގައުމީ ރެކޯޑްތަކެއް އާކުރުމާއި މެޑަލް ޓާގެޓަށް އަމާޒުކޮށް ގިނަ މަސައްކަތްތަކެއް ކުރުން ކަމަށް ގައުމީ ފެތުންތެރިން ބުނެފި އެވެ.

އައިއޯއައިޖީ އަށް ގައުމީ ސްވިމިންގް ޓީމުން ފަރިތަކުރުންތައް ކުރިއަށް ގެންދާއިރު، މި ފަހުން ގައުމީ ސްވިމިންގް ޓީމުގެ އެތުލީޓުން ވަނީ ވޯލްޑް ސްވިމިންގް ޗެމްޕިއަންޝިޕްގައި ވެސް ގިނަ ގައުމީ ރެކޯޑްތަކެއް އާކޮށްފަ އެވެ.

އައިއޯއައިޖީގެ ކުރިން ޓީމް މޯލްޑިވްސް މީޑިއާއަށް ދިން އިންޓަވިއުގައި ސްވިމިންގް ޓީމުގެ އެތުލީޓުން ބުނީ އައިއޯއައިޖީގައި ވާދަކުރާ އެހެން ގައުމުތަކަކީ ރާއްޖެއާ ބަލާއިރު، ފެންވަރު ރަނގަޅު ގައުުމުތަކެއް ކަމަށާއި، އެކަމަކު ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެތުލީޓުން އެގައުމުތަކުގެ އެތުލީޓުންނާ ވާދަކުރެވޭ ވަރަށް ކުރިއަރާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

މީގެ އިތުރުން، އައިއޯއައިޖީގައި މެޑަލް ހޯދޭވަރަށް ކައިރި މުސްތަގުބަލެއްގައި ސްވިމިންގް ޓީމު ކުރިއަރާނެ ކަމަށް ގައުމީ ސްވިމިންގް ޓީމުގެ އެތުލީޓުން ވަނީ ބުނެފައިވެ އެވެ.

ގައުމީ ސްވިމިންގް ޓީމުގެ އެތުލީޓުން ބުނީ މަޑަގަސްކަރާގައި އައިއޯއައިޖީ ކުރިއަށްދާއިރު، މޫސުން ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، އެކޮޅުގައި ޕޫލް ކޮންޑިޝަނަށް ބަލާއިރު، އެކޮޅުގައި ފަތަން ޖެހޭނީ ހޫނުނުކުރާ ޕޫލެއްގައި ކަމަށެވެ. އެހެންވެ އެކަމަށް ތައްޔާރުވާން ޖެހޭ ކަމަށް ސްވިމިންގް ޓީމުގެ އެތުލީޓުން ވަނީ ފާހަގަކޮށްފައެވެ.

"ސްވިމިންގް ޓީމުގެ އެއިމް އަކީ ވީހާ ވެސް ގިނަ ނެޝަނަލް ރެކޯޑް ބްރޭކްކުރުން. އެކަމަކު މިފަހަރު ވެދާއަކީވެސް 14-25 ޑިގްރީސް. ޕޫލްވެސް އެއްވެސް ވަރަކަށް ހީޓެއް ނޫން. މި ތާނގަ މި ފަތަނީ ވަރަށް ސަނީކޮށް ހޫނުކޮށް ޕޫލް އޮއްވަ. އެހެންވެ ވީ ވިލް ޑެފިނީޓްލީ ވިލް ނޮޓް ޔޫސްޓު ވެދާ. އެކަމް ހޯޕިންގް ފޯ ދަ ބެސްޓް" ހަމްނާ އަޙްމަދު ބުންޏެވެ.

ގައުމީ ސްވިމިންގް ޓީމުން އަންނަނީ އަހަރުން އަހަރަށް ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން މި ފަހުން ނިމުނު ވޯލްޑް ޗެމްޕިއަންޝިޕުގައިވެސް ގައުމީ ސްވިމިންގް ޓީމުގެ އެތުލީޓުން ވަނީ ގިނަ ގައުމީ ރެކޯޑްތަކެއް އާކޮށްފައެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ރާއްޖޭގެ ފެތުންތެރިން ކުރިއަރުވަން އަަހަރުން އަހަރަށް ޕްލޭން ހަދައިގެން ކުރިއަށްދާ އެންމެ ބޮޑު ސަބަބަކީ އެހެން ކުޅިވަރުތަކެކޭ އެއްގޮތަށް މެޑަލް ހޯދައިގެން ވެސް ކުރިއެރުން ވަޒަންކުރަން ފެށުމެވެ. އެ ގޮތުން، ވީހާ ވެސް ބޮޑަށް ބައިނަލްއަގުވާމީ ލެވަލްގައި ލިބޭ ފުރުސަތުތަކުގައި އެކި އެކި އެތުލީޓުންނަށް ޖާގަ ދީގެން ތަޖުރިބާ ހޯދައިދީ މުސްތަގުބަލަށް ގިނަ އެތުލީޓުން ބިނާކުރެ އެވެ.

އިންޑިއާގެ ގުވަހާޓީ އާއި ޝިލޯންގައި 2016 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ސްވިމިން އިން މެޑަލް ހާސިލްކުރިއިރު، އޭގެ ފަހުން މެޑަލް ޓާގެޓްގެ މަސައްކަތަށް ސްވިމިން އެސޯސިއޭޝަނަށް ހިތްވަރު ލިބިފައިވެ އެވެ. އަދި މި ވަގުތު އަރަމުން އަންނަ އެތުލީޓުންނަށް ފެންވަރު ރަނގަޅު ޓްރެއިނިން ސްކޮލަޝިޕްތަކާއި މުބާރާތުގެ ފުރުސަތުތައް ލިބެމުންދާ ވަރަކަށް މާ ދުރު ނޫން މުސްތަގުބަލެއްގައި ރާއްޖެ އަށް ސްވިމިން އިން ވެސް ރަނގަޅު ލެވަލްގައި މެޑަލް ހޯދިދާނެ ކަމުގެ އުންމީދު އެސޯސިއޭޝަނުގެ އެބައޮތެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ސްވިމިން އިން ކުރެވުނު މަސައްކަތުގެ ނަތީޖާ ބިނާވެފައި އޮތް އެއް ގޭމްސް އަކީ މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށެވެ. އެހެންކަމުން، މި ފަހަރުގެ އައިއޯއައިޖީ އަށް ގޮސް، އެ ދިމާވާ ގޮންޖެހުންތަކުގެ ތެރެއިން ވެސް، ބޭނުންވާ ޓާގެޓްތަކަށް ކުރެވެން ހުރި މަސައްކަތެއް ކުރުން އެއީ ސްވިމިން ޓީމުގެ އެންމެ އިސް އަމާޒެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox