ގިނަ ގައުމީ ރެކޯޑުތަކަކާ އެކު، ސްވިމިން ޓީމަށް އިތުބާރު ބޮޑު!

Aug 18, 2023, 7:29 AM
ގިނަ ގައުމީ ރެކޯޑުތަކަކާ އެކު، ސްވިމިން ޓީމަށް އިތުބާރު ބޮޑު!

މަޑަގަސްކަރާގައި މި މަހު ފަށަން ނިންމާފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ރާއްޖޭގެ ގައުމީ ސްވިމިން ޓީމު ފައިނަލް ކޮށްފައިވާ އިރު، ޓީމު މުބާރާތަށް ދަނީ މިދިޔަ ދެ ތިން އަހަރު ދުވަހުގެ ތެރޭގައި ވެސް ރަނގަޅު ކުރިއެރުންތަކެއް ހޯދައިގެންނެވެ. ހާއްސަކޮށް މި އަހަރު ވެސް ރާއްޖޭގެ ގައުމީ ސްވިމިން ސްކޮޑުގައި ހިމެނޭ އެތުލީޓުން ވަނީ ރަނގަޅު މުބާރާތްތަކެއްގައި ވާދަކޮށް، ގައުމީ ރެކޯޑުތަކެއް ވެސް ހަދާފަ އެވެ.

މި މަހު 25 އިން އަންނަ މަހު ތިން ވަނަ ދުވަހަށް މަޑަގަސްކަރައިގައި ކުރިއަށްދާ އައިއޯއައިޖީ އަށް ދާ ފެތުންތެރިންގެ ސްކޮޑުގައި ހިމެނެނީ ހަ އަންހެން ފެތުންތެރިންނާއި ހަ ފިރިހެން ފެތުންތެރިންނެވެ. ޓީމުގައި ހިމެނޭ ފިރިހެން ފެތުންތެރިންނަކީ މުހައްމަދު ރިހާން ޝިހާމް، އަލީ އިމްއާން، އަހުމަދު ނީޤް ނިޔާޒް، މުބާލް އައްޒާމް އިބްރާހިމް، މުހައްމަދު އާން ހުސެއިން އަދި މުހައްމަދު ޖޫދު ފަޔާޒެވެ.

އަންހެން ފެތުންތެރިންނަކީ މިރާލް އައިން ލަތީފް، ހަމްނާ އަހުމަދު، އީން އައްބާސް ޝަރީފް، ހަނާން ހުސެއިން ހަލީމް، ޒައިނަބް އަބްދުﷲ ޝަފީގު އަދި އައިޝަތު ސައުސަން އެވެ. ގިނަ އެތުލީޓުން ޕާސަނަލް ކޯޗުންނާ އެކު ތަމްރީނުކުރަމުންދާ އިރު، ޓީމުން އެންމެ ބޮޑަށް އުންމީދުކުރަނީ އަނެއްކާވެސް ގައުމީ ރެކޯޑުތަކެއް އާކޮށް، އައިއޯއައިޖީގައި ވެސް ފެންވަރު ސާބިތު ކޮށްދިނުމަށެވެ.

މިއަހަރު ތެރޭގައި ރާއްޖޭގެ ފެތުންތެރިން މިހާތަނަށް ދުނިޔޭގެ ފެތުމުގެ މުބާރާތުގައި ވާދަކޮށް ރަނގަޅު ރެކޯޑުތަކެއް ހަދާފައިވާ އިރު، އޭގެ ކުރިން މިދިޔަ އަހަރު ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައިވެސް ގައުމީ ފެތުންތެރިން ވަނީ 10 ރެކޯޑެއް ހަދާފައެވެ. އޭގެ އިތުރުންވެސް މިދިޔަ އަހަރު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބޭއްވި ކޮމަންވެލްތު ގޭމްސް އާއި ތުރުކީގެ ކޮންޏާގައި ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވެސް ފެތުންތެރިން ވަނީ ގައުމީ ރެކޯޑުތައް އާކޮށްފައެވެ.

ގިނަ އެތުލީޓުންގެ ނަޒަރުގައި ކުރިއެރުން މި އަހަރު ތެރޭގައި ފެނުނަމީ އުފާވެރި މަންޒަރެކެވެ، ހާއްސަކޮށް ރަނގަޅު މުބާރާތަކަށްފަހު އައިއޯއައިޖީ އަށް ދާން ޖެހުމަކީ ވެސް އިތުބާރު ބޮޑުވާ ސަބަބެއް ކަމަށްވެސް އެތުލީޓުން ބުނެފައިވެ އެވެ.

މި ވަގުތު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް ޒުވާން ފެތުންތެރިޔާ މެރާލް ވެސް ބުނީ އައިއޯއައިޖީއަށް ވަރަށް ބުރަކޮށް، ދެއިރު ތަމްރީނުކޮށް މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާރު އެންމެބޮޑަށް ފޯކަސް ހުރީ ޓެކްނީކް ރަނގަޅުކުރުމަށް ކަމަށެވެ. އަދި ގައުމީ އަންހެން ފެތުމުގެ ސްކޮޑުގައި ހިމެނޭ ހަމްނާ ބުނީ އައިއޯއައިޖީގެ ކުރިން ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކޮށްލަން ލިބުމަކީ ރަނގަޅު ފުރުސަތެއް ކަމަށާއި، މިހާރު ފޯކަސް އޮތީ އައިއޯއައިޖީއަށް ކަމަށެވެ. ހަމްނާ ބުނީ މަޑަގަސްކަރައިގެ މޫސުމީ ބަދަލުތަކުގެ ސަބަބުން ޗެލެންޖްތަކެއް ހުންނާނެ ކަމަށާއި، ޕޫލް ހޫނު ނުކޮށް އޮތުމުގެ ސަބަބުންވެސް ޗެލެންޖްތަކަކާ ކުރިމަތިވާނެ ކަމަށެވެ. އެހެން ނަމަވެސް، އެކަމަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށް ހަމްނާ ބުންޏެވެ.

ފިރިހެން ޓީމުގައި ހިމެނޭ އިމްއާން ބުނީ އައިއޯއައިޖީއަށް ކުރަމުންދާ ފަރިތަކުރުންތައް ރަނގަޅު ކަމަށާއި، އާ ރެކޯޑުތަކަކަށް ފޯކަސް ބޮޑުވާނެ ކަމަށެވެ.

"އައިއޯއައިޖީ އަށް ކުރާ ޕްރެކްޓިސްތައް ވަރަށް ރަނގަޅަށް ކުރިއަށް ދަނީ. މިހާރު މިހާތަނަށް އައިއިރު، އިވެންޓްތައް ބަހާ ނިންމާފައި، ރިލޭއަށްވެސް ޓީމުތައް ނިންމާފައި އޮތީ. އެހެންވީމަ އެ ކުއްޖަކު ވާދަކުރާ އިވެންޓްއަކުން ރަނގަޅު ނަތީޖާއެއް ހޯދަން މަސައްކަތް ކުރަމުން މިދަނީ. ހުރިހާ ކުދިންގެވެސް އުންމީދަކީ ރަނގަޅު ރެކޯޑުތަކެއް ބްރޭކްކޮށް ރަނގަޅަށް ޕާފޯމް ކުރުން. ފަރިތަކުންތައް މިއަހަރު ފެށުނީއްސުރެވެސް ވަރަށް ބޮޑަށް އައިއޯއައިޖީއަށް ވަރަށް ބޮޑަށް، ވީކްލީ، އަދި މަންތްލީވެސް ބަލައިގެން ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ،" އިމްއާން ބުންޏެވެ.

އިމްއާން އިތުރަށް ބުނީ މިހާރު އާންމު ދިރިއުޅުމުގައިވެސް އަމިއްލައަށް ފިޓްނަސްގެ ކަންކަމަށް ސަމާލުކަން ދޭ ކަމަށާއި، މިހާރު ގައުމީ ޓީމުގެ ގިނަ ފެތުންތެރިންގެ ކުރިއެރުންތައް ހުރި ގޮތުން، ރަނގަޅު ވާދައެއްކޮށް، ސްވިމިންއިން މެޑަލްއަކާ ހަމައަށް ދެވިދާނެކަމުގެ ބޮޑު އުންމީދެއްވެސް އެބައޮތް ކަމަށެވެ. އެއީ މިފަހަރުގެ ޓާގެޓް ނޫން ނަމަވެސް، އިމްއާންގެ ނަޒަރުގައި އެއީ ކައިރި މުސްތަގުބަލެއްގައި ހާސިލްކުރަން ބޭނުންވާ ޓާގެޓެކެވެ.

ރިހާން ޝިހާމް ވެސް މިއަހަރު ތެރޭގައި ބޮޑެތި މުބާރާތްތަކެއްގައި ވާދަކޮށް، ރެކޯޑުވެސް ހޯދާފައިވާ އިރު، އައިއޯއައިޖީގެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ބުންޏެވެ. ރިހާންވެސް ބުނީ އެންމެ ބޮޑު ޓާގެޓަކީ އައިއޯއައިޖީގައިވެސް ރެކޯޑުތަކެއް މުގުރާލުން ކަމަށާއި، ޓައިމިން ރަނގަޅުކުރުމަށް ކޯޗުންނާއެކު ރަނގަޅު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox