ދައުލަތުގެ މާލިއްޔަތު މެނޭޖުކުރުން ހަރުދަނާކުރުމަށް ޕަބްލިކް ޑެޓް ގާނޫނެއް އެކުލަވާލުމަށް ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.
ރޭ ސަލްޓަން ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ލޯންޗުކުރި މެނިފެސްޓޯގައި، އެޕާޓީގެ ޕަބްލިކް ޑެޓް މެނޭޖްމަންޓް ގާނޫނެއް އެކުލަވާލާ މިހާރު އޮތް ނިޒާމުގައި ހުރި ޓްރާންސްޕޭރެންސީ އާއި ގަވަނަންސް އަދި ޖަވާބުދާރީކުރުމުގެ މައްސަލަތައް ހައްލުކޮށްދޭނެ ކަމަށް ބުނެފައި ވެއެވެ.
ދައުލަތުގެ ޓްރެޒަރީއާއި މާލީބާޒާރު އިސްލާހުކުރުމަށް އެ ޕާޓީގެ ވެރިކަމެއްގައި ކުރާނެ 58 ކަމެއް މެނިފެސްޓޯގައި ހިމަނާފައި ވެއެވެ.
ވެރިކަން ލިބިއްޖެ ނަމަ ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ ޓްރެޒަރީއާއި މާލީ ބާޒާރު އިސްލާހުކުރުމަށް އަޅާނެ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ފަހަށް ރައްކާކުރުން އިތުރުކުރުމަށް ފަސޭހައިން ފައިސާއަށް ބަދަލުކޮށްދޭނެ "ޝޯޓް ޓާމް ފައިނޭންޝަލް އިންސްޓްރޫމަންޓު" ވަސީލަތްތައް އިތުރުކުރާނެ ކަމަށް މެނިފެސްޓޯގައި ބުނެފައި ވެއެވެ.
އޭގެ އިތުރުން ކޭޝްފްލޯ އަދި ޑޮލަރުގެ ދަތިކަން ހައްލުކޮށ،ް ޑޮލަރުގެ ކަޅުބާޒާރުގެ ރޭޓް ދަށްކުރުމުގެ ގޮތުން ޑޮލަރު ނުވަތަ އެހެންވެސް ބޭރު ފައިސާއަކުން ބޮންޑު ދޫކުރުން ހިމެނެ އެވެ.

އަދި ވޯލްޑް ބޭންކުން މިހާރުވެސް ކުރިއަށްގެންދާ ޕަބްލިކް ފައިނޭންސް މެނޭޖްމަންޓް ސްޓްރެންތްނިން ޕްރޮގްރާމްގެ ރިކޮމެންޑޭޝަންތައް ތަންފީޒު ކުރުމާއި ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްތަކާއި ރިކޮމެންޑޭޝަންތަކާ އެއްގޮތްވާ ގޮތުގެ މަތިނ،ް މާލިއްޔަތު މެނޭޖުކުރާ ސިސްޓަމް އެންހޭންސްކޮށް ބަޖެޓް މެނޭޖްމަންޓް ހަރުދަނާ ކުރާނެ ކަމަށް ބުނެފައި ވެއެވެ.
ދައުލަތުގެ ދަރަނި ރީސްޓްރަކްޗާ ކުރުމާއި ޒިންމާދާރުކޮށް ބެލެހެއްޓުމަކީ ވެސް ޑިމޮކްރޭޓްސްގެ ސަރުކާރެއްގައި ކުރާނެ ކަމަށް ބުނެ ވައުދުވެފައިވާ ކަމެކެވެ.
ޓްރެޒަރީ އާއި މާލީ ބާޒާރު އިސްލާހުކުރުމަށް ވެފައިވާ ބައެެއް އެހެނިހެން ވައުދުތައް؛
- މަޝްރޫއުތަކަށް ފައިނޭންސިން ހޯދުމުގައި މާލީ ބާޒާރުގެ ރޯލު ފުޅާކުރުން
- ކުދިވިޔަފާރިތަކަށް ލޯނުދިނުމަށް ކޮމާޝަ ލް ބޭންކުތަކަށް ފަހިކޮށްދިނުން
- އިތުރު ކުންފުނިތައް ހިއްސާގެ ބާޒާރުގައި ލިސްޓުކުރުވާ ހިއްސާގެ ބާޒާރު ފުޅާކުރުން
- އިންސްޓިޓިއުޝަނަލް އިންވެސްޓަރުންނަށް ކޯޕަރޭޓް ބޮންޑް މާކެޓް ތަރައްގީ ކުރުން
- ހިއްސާގެ ބާޒާރުގައި ޕްރައިވެޓް ކުންފުނިތައް ލިސްޓުކުރުން އިތުރުކުރުން.
- ސްޓޮކް މާކެޓް މެދުވެރިކޮށް ދިގުމުއްދަތުގެ ޑެޓް ފައިނޭންސި ން ޕްރޮމޯޓްކުރުން.
- އާންމު ވިޔަފާރިތަކާއި ބޭރުގެ އިންވެސްޓަރުންނަށް ލިސްޓްކުރަންހުރި ދަތިތައް ނައްތާލުން.
- އެސްއޯއީ ތަކުގެ ސެކަންޑަރީ ޕަބްލިކް އޮފަރިންއަކަށް ދިއުން.
- ސްޓޮކް އެކްސްޗޭންޖުގައި އައިޕީއޯ މެދުވެރިކޮށް ލިސްޓު ނުކުރެވޭ ބޮޑެތި އެސްއޯއީތައް ލިސްޓްކުރުން.
- ޒަމާނީ ސެންޓްރަލް ޑި ޕޮސި ޓަރީ އެންޑް ކްލިއަރިން ކުންފުންޏެއް އުފެއްދުން.
- ފިން ޓެކްގެ ތެރެއިން ޑި ޖިޓަލް ކަރަންސީ ތައާރަފްކުރުމުގެ ޕްލޭން އަވަސް ގޮތެއްގައި ތަންފީޒު ކުރުން.
- ކެޕިޓަލް މާކެޓް ޑި ވެލޮޕްމަންޓަށް ބާރުދޭގޮތަށް ގާނޫނުތަކާއ،ި ގަވާއިދުތައް މުރާޖައާކުރުން.













