ޔާމީނުގެ ޖޫރިމަނާ ފަސްކުރަން ނެރުނު އަމުރު އިސްތިއުނާފު ނުކުރާނެ

ޔާމީނުގެ ޖޫރިމަނާ ފަސްކުރަން ނެރުނު އަމުރު އިސްތިއުނާފު ނުކުރާނެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ އެ ބައި ތަންފީޒުކުރުން ފަސްކުރުމަށް ހައި ކޯޓުން ނެރުނު އަމުރު ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރަން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ނިންމައިފި އެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި އެމަނިކުފާނު 1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމުގެ ތުހުމަތުގައި އުފުލި ދައުވާތައް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އަދަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން އިއްވީ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއަކާއި 11 އަހަރަށް ޖަލަށް ލުމެވެ.

ޔާމީންގެ ފަރާތުން ހުކުމް އިސްތިނާފުކޮށް، ހައި ކޯޓުގައި އެ މައްސަލަ ނިމެންދެން ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް އެދިވަޑައިގެންފައިވެ އެވެ. ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ހައި ކޯޓުން އަމުރެއް ނުދިނެވެ. ނަމަވެސް, ޖޫރިމަނާގެ އަދަބު ތަންފީޒުކުރުން ފަސްކުރުމަށް އިއްޔެ އަމުރެއް ނެރެފައިވެ އެވެ.

ދައުލަތުގެ ފަރާތުން އެ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރި ކަން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު ވަނީ "އަދަދު" ނޫހަށް ޔަގީންކޮށްދެއްވި އެވެ. ނަމަވެސް އޮފީހުން ނިންމީ އިސްތިއުނާފު ނުކުރުމަށެވެ.

ޔާމީންގެ ހުކުމުގެ އިސްތިއުނާފުގެ މައްސަލައާ ހަވާލުވެ ތިބި ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި ވަނީ، ހައި ކޯޓުގައި ކުރިއަށްދާ އެ މައްސަލަ ނިމެންދެން ޖޫރިމަނާގެ ފައިސާ ހޯދުމުގެ ގޮތުން އެއްވެސް މައްސަލައެއް ކޯޓަށް ހުށަހެޅިފައިވާނަމަ އެ މައްސަލަ ކުރިއަށް ނުގެންދިޔުމަށެވެ.

އެ ނޫން ގޮތަކުން ވެސް އެ ޖޫރިމަނާގެ ފައިސާ ހޯދުމަށް ޓަކައި މޯލްޑިވްސް ރެވެނިއު އޮތޯރިޓީ (މީރާ) ނުވަތަ ދައުލަތުގެ އެހެން އިދާރާއަކުން އެއްވެސް މަސައްކަތެއް މި ވަގުތު ނުކުރުމަށް ވެސް ހައި ކޯޓުން ނެރުނު އަމުރުގައިވެ އެވެ.

ޖޫރިމަނާގެ އަދަބު ތަންފީޒު ކުރުން ފަސްކުރުމަށް ހައި ކޯޓުުން އަމުރެއް ނެރުނީ، ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރު ނުދައްކާ އޮތުމުން އެ ފައިސާ ހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށެވެ.

މީގެ ކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލާގައި ވެސް، ޔާމީނަށް ދަށު ކޯޓުން އިއްވި ހުކުމް ފަސްކޮށްދީ ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދި ހުށަހެޅުމުން ސުޕްރީމް ކޯޓުން ނިންމީ ޖިނާއީ މައްސަލައެއްގައި ކުރާ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރަން ރާއްޖޭގެ ގާނޫނުތައް ޖާގަ ނުދޭ ކަމަށެވެ.

ނަމަވެސް، އެ ފަހަރު ވެސް ޖޫރިމަނާގެ އަަދަބު ތަންފީޒުކުރުން ފަސްކޮށްދިނެވެ. އަދި އެ ފަހަރު ވެސް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ މުއްދަތު ހަމަވީ އިރު ވެސް ޔާމީން ޖޫރިމަނާގެ ފައިސާ ނުދައްކާތީ، އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވެ އެވެ. ފަހުން ސުޕްރީމް ކޯޓުން ވަނީ ޔާމީނުގެ މައްޗަށް އިއްވި އެ ހުކުމް ބާތިލްކޮށްފަ އެވެ.

ޔާމީނަކީ، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރެވެ. އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓުކަން އެންމެ ފުރަތަމަ އެރުވީ ވެސް ޔާމީނަށެވެ. ނަމަވެސް 11 އަހަރުގެ ޖަލު ހުކުމް ތުމުން އެމަނިކުފާނަށް ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.

ޔާމީނަށް ވާދަނުކުރެވޭތީ، ޕީޕީއެމް/ޕީއެންސީން އިންތިހާބުގައި ވާދަކުރައްވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އަދި އޭނާގެ ރަނިން މޭޓަކަށް ހަމަޖެއްސެވީ، މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމްގެ މެންބަރު ހުސައިން މުހައްމަދު ލަތީފު (ސެމްބެ) އެވެ. ދެ ބޭފުޅުން އެކުގައި މިހާރު ރިޔާސީ ކެމްޕެއިންގެ ހަރަކާތްތައް ގެންދަވަނީ ހިންގަވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox