ގާސިމް ވިދާޅުވީ ސިފައިންނާއި ފުލުހުން އަދި ފަނޑިޔާރުންނަށް ހިލޭ ފްލެޓު ދޭނެ ކަމަށް

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް. ސިފައިންނާއި ފުލުހުން އަދި ފަނޑިޔާރުންނަށްވެސް ހިލޭ ފްލެޓު ދޭނެ ކަމަށް ވިދާޅުވި --- ފޮޓޯ: ޖޭޕީ

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް. ސިފައިންނާއި ފުލުހުން އަދި ފަނޑިޔާރުންނަށްވެސް ހިލޭ ފްލެޓު ދޭނެ ކަމަށް ވިދާޅުވި --- ފޮޓޯ: ޖޭޕީ

ސެޕްޓެމްބަރު 9, ގައި އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ހާލަތެއްގައި އުފައްދާ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ވެރިކަމެއްގައި ސިފައިންނާއި ފުލުހުން އަދި ފަނޑިޔާރުންނަށް ވެސް ހިލޭ ފްލެޓު ދިނުމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވައުދުވެވަޑައިގެންފި އެވެ.

އަސްކަރިއްޔާގެ އަދަދު އިތުރުވެ، މިހާރު ސިފައިންގެ އެކޮމޮޑޭޝަންއެއްގެ ގޮތުގައި ބޭނުންކުރަމުންދާ ބަންޑާރަކޮށީގައި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް އުފަން ރަށް، އދ. މާމިގިލީގައި ރޭ ބޭއްވި ރިޔާސީ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވި އެވެ.

ނަމަވެސް, އެކަން ހައްލުކޮށް ސިފައިންނާއި ފުލުހުންނަށް ވެސް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ކުރީގެ ސަރުކާރުތަކުން އިހުމާލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިފައިންނާ ފުލުހުންނަށް ފްލެޓް އާޅާ ވާހަކަ އަޑުއިވޭ. އެކަމަކު ހަވާލުކުރެވޭ ތަނެއް ނުފެނޭ ފަސް އަހަރުން ފަސް އަހަރުން ވެރިކަންތައް ނިމޭއިރުވެސް. އަޅުގަނޑުގެ ވެރިކަމެއްގައި ކޮންމެ ސިފައިންގެ ބޭފުޅަކަށްވެސް ކޮންމެ ތާކު ހުއްޓަސް ޒަމާނީ އެކޮމޮޑޭޝަން ފޯރުކޮށްދޭނަން. ފުލުހުންނަށްވެސް ހަމަ މިގޮތަށް އެއްވެސް ކުއްޔަކާއު ނުލާ އެކޮމޮޑޭޝަން ދޭނަން" ގާސިމް ވިދާޅުވި އެވެ.

ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން ފްލެޓުތަކެއް އަޅާ ވާހަކަ ކުރީގެ ސަރުކާރުތަކުން ދައްކާ ކަމަށާއި ނަމަވެސް އެ ފްލެޓުތަކުގެ މަސައްކަތް ނިންމައި އެތަންތަން ހަވާލުކުރެވޭ ދުވަހެއް ނާންނަ ކަމަށް ގާސިމް ވިދާޅުވި އެވެ.

އޭނާ ހުށަހެޅުއްވީ ބަންޑާރަ ކޮށީގެ އެއްބައި ހުސްކުރުމަށް ފަހު އެތަން ބައިބަޔަށް ބަހާލައިގެން 15 ބުރީގެ އިމާރާތް ކުރުމަށެވެ. އަދި, ހިދުމަތުގައި ދެމިތިބިހާ ދުވަހަކަށް ކޮންމެ ސިފައިންގެ މީހަކާއި ފުލުހަކަށް ވެސް ބޯހިޔާވަހިކަން ލިބޭނެ ކަމަށާއި އެ ހިދުމަތް އަތޮޅުތެރޭގައި އުޅޭ ސިފައިންނާއި ފުލުހުންނަށްވެސް އެމީހުން ހިދުމަތުގައި ތިބި ސަރަހައްދުތަކުން ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދެއްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ސިފައިންނާއި ފުލުހުންގެ އިތުރުން މަގާމުގައި ދެމިތިބޭހާ ދުވަހަކު ފަނޑިޔާރުންނަށް ވެސް މި ހިދުމަތް ދޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ގާސިމް ވަނީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހިޔާ ފްލެޓްތަކާއި ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ ކުލިވެސް މައާފު ކޮށްދެއްވާނެ ކަމަށް މީގެކުރިން ވެސް ވިދާޅުވެފަ އެވެ.

ގާސިމްގެ އިތުރުން ސެޕްޓެމްބަރު 9، ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު ކޯލިޝަންގެ ޑރ. މުހައްމަދު މުއިއްޒާއި ދަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމެވެ. އޭގެ އިތުރުން އުމަރު ނަސީރާއި ފާރިސް މައުމޫނާއި ހަސަން ޒަމީލް ވެސް ވާދަ ކުރައްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox