ވޯޓްފޮށި ނުބެހެއްޓުނު ތަންތަނުގައި ތިބި މީހުން އެހެން ތަންތަނަށް ރަޖިސްޓްރީވާން ހުޅުވާލައިފި

ލޯކަލް ކައުންސިލް އިލެކްޝަނުގެ ވޯޓު ގުނުން -- ފޮޓޯ: އަދަދު

ލޯކަލް ކައުންސިލް އިލެކްޝަނުގެ ވޯޓު ގުނުން -- ފޮޓޯ: އަދަދު

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާ އަދަދަށް މީހުން ނެތިގެން ވޯޓުފޮށި ނުބަހައްޓަން ނިންމި ތަންތަނަށް ރަޖިސްޓްރީ ކުރި މީހުން އެހެން ތަންތަނަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފަދަ މީހުންނަށް ވޯޓު ފޮށި ބެހެެއްޓޭކަން ކަށަވަރު ވެފައިވާ ތަނަކަށް، އަލުން ރަޖިސްޓަރީވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

އެ ފުރުސަތު ހުޅުވައިލީ މިއަދު ހެނދުނު 08:30 އިން ފެށިގެން، މާދަމައިގެ 16:00 ގެ ނިޔަލަށެވެ.

ވޯޓް ފޮށި ބަހައްޓަން ގަސްދުކޮށް ރީރަޖިސްޓްރީ ވާން ކުރިން ހުޅުވައިލުމަށް ފަހު އެކަށީގެންވާ އަދަދެއްގެ މީހުން ރަޖިސްޓްރީވެފައި ނުވާތީ ފޮށި ނުބަހައްޓަން ނިންމި ތަންތަނުގެ ލިސްޓެއް ހަބީބުގެ ޓްވީޓްގައި ހިމެނުއްވި އެވެ. އެ ލިސްޓްގައި އޮތީ ބައެއް ރިސޯޓްތަކާއި ރާއްޖޭން ބޭރުގެ ބައެއް ތަންތަނެވެ. ރާއްޖޭން ބޭރުގެ ތަންތަނުގެ ތެރެއިން ފޮށި ނުބަހައްޓަން ނިންމި ތަންތަނަކީ، ޖަޕާނުގެ ވެރިރަށް ޓޯކްޔޯ، އިންޑިއާގެ ވެރިރަށް ނިއުދިއްލީ، ތައިލެންޑްގެ ވެރިރަށް ބެންކޮކް އަދި ސިންގަޕޫރެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރިސޯޓުތަކުގައި 65 ވޯޓު ފޮށި އަދި ބޭރު ގައުމުތަކުގައި ފަސް ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބުނެފަ އެވެ.

ވޯޓު ފޮށި ބަހައްޓާ ގައުމުތައް

  1. އިންޑިޔާގެ ޓްރިވެންޑްރަމް
  2. ސްރީލަންކާގެ ކޮލަމްބޯ
  3. މެލޭޝިޔާގެ ކުއަލަލަމްޕޫރު
  4. އިނގިރޭސިވިލާތުގެ ލަންޑަން
  5. ޔުނައިޓެޑް އެރެބް އެމިރޭޓްސް އަބޫދާބީ

ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ރެޖިސްޓާ ވާން ހުށަހެޅި 40،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 35،849 މީހުން ރަޖިސްޓާކޮށްފައިވާ ކަމަށް އީސީއިން ބުނެ އެވެ.

މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 282،395 މީހުންނަށެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގައި ހަ ސަތޭކައަށް ވުރެ ގިނަ ވޯޓުފޮށި ބަހައްޓަން ޖެހޭނެ ކަމަށް އިލެކްޝަންސް އިން ލަފާ ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox