ރައްޔިތުން ބޭނުންވީމަ ހާމަނުކުރެވޭނެ ކަމެއް އޮވެގެން ނުވާނެ ކަމަށް ގާސިމް ވިދާޅުވެއްޖެ

މިރޭގެ ޖަލްސާގައި ގާސިމް ވާހަކަ ދައްކަވަނީ: ދަރިވަރުން ދައްކަންޖެހޭ ހުރިހާ ލޯނެއް މައާފުކޮށްދެއްވާނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މިރޭގެ ޖަލްސާގައި ގާސިމް ވާހަކަ ދައްކަވަނީ: ދަރިވަރުން ދައްކަންޖެހޭ ހުރިހާ ލޯނެއް މައާފުކޮށްދެއްވާނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ ހާމަ ކުރަންޖެހޭނެ ކަމަށާއި އޭނާގެ ވެރިކަމެއްގައި ރައްޔިތުން ބޭނުންވީމަ ހާމަ ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ އިފުތިތާހު އެ ޕާޓީން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޑިއެގޯ ގާސިއާއާ ދިމާލުން ރާއްޖޭގެ ބޯޑަރު ކަނޑައެޅިއިރު ދިވެހި ސަރުކާރުން ކަންތައް ކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ.

"ރައްޔިތުން އެކަމާ ކަންބޮޑުވެގެން ހާމަކޮށްދޭން އެދުނީމަ ރައްޔިތުންނަށް ފޮރުވަންޖެހޭ ކަމެއް އޮވޭތޯ ވެރިކަން ކުރާއިރު. ކާކަށްޓަކާ ކޮށްދޭ ވެރިކަމެއްތޯ މިއީ،" ގާސިމް ވިދާޅުވި އެވެ. "ސިޓީ ވެސް ހާމަ ކުރަންޖެހޭ އެނގޭތޯ. ޖަންގިޔާ ބާލާފައި ދައްކާށޭ ބުންޏަސް ދައްކަންޖެހޭނެ އެނގޭތޯ ރައްޔިތުން ބުނެފިއްޔާ. މައާފު ކުރައްވާ."

ގާސިމް ވިދާޅުވީ ރާއްޖޭގެ ފަސް ދިމާއެއްގައި ބޭރުގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށާއި އެކަން ވެސް ގާނޫނު އަސާސީއާ ހިލާފު ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ގާނޫނު އަސާސީއާ ހިލާފު އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ އެއްވެސް ދިމާއެއްގައި، އެއްވެސް ކަމެއްގައި ބޭރުގެ ސިފައިން ބައިތިއްބޭނީ ރައްޔިތުންގެ މަޖިލީހުން ހުށަހަޅައިގެން ފާސްކޮށްގެން،" ގާސިމް ވިދާޅުވި އެވެ.

"މިއީ ވަރަށް ބޮޑު މައްސަލައެއް ދެއްތޯ. މި ދައްކަނީ އަޅުގަނޑުމެންގެ ގާނޫނު އަސާސީއާ ސަރުކާރުން ހިލާފުވި ވާހަކަ. ހަމަ ގައިމު ވެސް އަޅުގަނޑުމެންގެ ވެރިކަމެއްގައި އިސްލާމް ދީނާއި ގާނޫނު އަސާސީ ހިލާފު އެއްވެސް ކަމެއް ނުކުރާނަން."

އެ ޖަލްސާގައި މިރޭ ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ އިފުތިތާފު ކޮށްދެއްވުމަށްފަހު ކުރީގެ ނައިބު ރައީސް ޑރ. އަބްދުﷲ ޖިހާދު ވިދާޅުވީ އަދިވެސް އެ މެނިފެސްޓޯއަށް ކަންކަން އިތުރުވެގެންދާނެ ކަމަށެވެ. އެ މެނިފެސްޓޯ އެކުލަވާލީ 200 އަށް ވުރެ ގިނަ މީހުންނާ 80 އަށްވުރެ ގިނަ ބައްދަލުވުން ބޭއްވުމަށްފަހު ކަމަށެވެ.

"މި މެނިފެސްޓޯއަކީ ލިވިން ޑޮކިއުމެންޓެއް. އަދިވެސް ބަދަލު އަންނާނެ. ހިޔާލު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ،" ޖިހާދު ވިދާޅުވި އެވެ. "މި މެނިފެސްޓޯ ތަންފީޒުވެއްޖެއްޔާ ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބޭނި އުފަލުން ފޮޅިފައި."

ގާސިމްގެ އިތުރުން ސެޕްޓެމްބަރު 9، ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު ކޯލިޝަންގެ ޑރ. މުހައްމަދު މުއިއްޒާއި ދަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމެވެ. އޭގެ އިތުރުން އުމަރު ނަސީރާއި ފާރިސް މައުމޫނާއި ހަސަން ޒަމީލް ވެސް ވާދަ ކުރައްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox