ކޮމަން ކެންޑިޑޭޓެއްގެ ފުރުސަތު ލިބިއްޖެ ނަމަ ބޭނުން ހިފާނަން، އެކަމަކު ގޮތެއް ނުނިންމޭ: ހަސަން ލަތީފު

Aug 5, 2023, 5:44 PM
ކޮމަން ކެންޑިޑޭޓެއްގެ ފުރުސަތު ލިބިއްޖެ ނަމަ ބޭނުން ހިފާނަން، އެކަމަކު ގޮތެއް ނުނިންމޭ: ހަސަން ލަތީފު

ރިޔާސީ އިންތިހާބަށް ވާދަ ކުރާނެ ކަމަށް ޑިމޮކްރެޓްސްއިން ބުނަމުންދިޔަ ނަމަވެސް، ކޮމަން ކެންޑިޑޭޓަކު ނެރެން ފުރުސަތު ލިބިއްޖެ ނަމަ އޭގެ ބޭނުން ހިފާނެ ކަމަށާއި އެކަމަކު، އެކަމުގައި ވަކި ގޮތެއް ނުނިމޭ ކަމަށް ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓްސްއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަސަން ލަތީފު ވިދާޅުވީ، އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އުފައްދައި ރިޔާސި އިންތިހާބުގައި އެ ޕާޓީން ވާދަ ކުރާނެ ކަމަށް ބުނަމުން އަޔަސް ކޮމަން ކެންޑިޑޭޓޭއްގެ ފުުރުސަތު ލިބިއްޖެ ނަމަ ފުރުސަތުގެ ބޭނުން ހިފާނެ ކަމަށެވެ.

"ދެން އެހެންނަމަވެސް، ތަކުރާރުކޮށް އަޅުގަނޑުމެން ދައްކަމުން ދިޔަ ވާހަކަ އެއީ، މި ހުރިހާ ކަމެއް މަސައްކަތެއް ކުރާ އިރު ވެސް އަޅުގަނޑުމެންނަށް ވެސް ކޮމަން ކެންޑިޑޭޓަކާއެކު މަސައްކަތް ކުރަން ލިބިއްޖެއްޔާ އެ ފުރުސަތު އަޅުގަނޑުމެން، އޭގެ ބޭނުން ހިފާނަމޭ" ހަސަން ވިދާޅުވި އެވެ.

އެކަމަކު، މިހާތަނަށް ކޮޮމަން ކެންޑިޑޭޓަކީ ކާކު ކަމެއް ވެސް ކޮމަން ކެންޑިޑޭޓެއް ހުންނާނެ ކަމެއް ވެސް ދަންނަވަން އަދި އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ ކެންޑިޑެސީ ހުށަހެޅުމަށްފަހު އެހެން ޕާޓީއަކާ ކޯލިޝަން ހަދައި ކެންޑިޑެސީ އަނބުރާ ގެނައުމާ ގުޅޭ ގޮތުން އޭނާ އެއްވެސް ޖަވާބެއް ނުދެއްވަ އެވެ.

ހަސަން ލަތީފު ވިދާޅުވީ، ޕީޕީއެމް އާއެކު މަޝްވަރާ ކުރަން އެ ޕާޓީގެ ބައެއް މަޖިލިސް މެމްބަރުންނަށް ފޮނުވި މެސެޖުތަކަށް "ގްރީން ސިގްނަލެއް" ލިބިފައިވާ ކަމަށެވެ.

ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަތުމަށް ޑިމޮކްރެޓްސް އާއެކީ މަސައްކަތް ކުރުމަކީ އެ ބޭފުޅުން ވަރަށް ބޭނުންވާނެ ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށްރަށުގައި ވަރަށް ގިނަ ޕީޕީއެމްގެ މެމްބަރުންނާ ބައްދަލުވި ކަމަށާއި ޕީޕީއެމްގެ މެމްބަރުން ތިބީ ރައީސް ސޯލިހު ބަލިކުރަން ވަރަށް ބޮޑު އުންމީދެއްގައި ކަމަށެވެ. އަދި ރައީސް ޔާމީނަށް ވާދަ ކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއްގައި ކަމަށެވެ.

އެހެންނަމަވެސް، ރައީސް ޔާމީނަށް ވާދަ ކުރެއްވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ޑިމޮކްރެޓްސްއާއެކު މަސައްކަތް ކުރުމަކީ ޕީޕީއެމްއަށް މޮޅު ގޮތް ކަމަށް ވިދާޅުވި އެވެ. އެއްކޮށް މަސައްކަތްކޮށްގެން ރައީސް ސޯލިހުގެ ސަރުކާރު "މާ ރަނގަޅަށް ވެސް" ބަލި ކުރެވޭނެ ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާރު ވެސް ރަށްރަށުގައި ޕީޕީއެމްގެ އާންމު މެމްބަރުންނާއި ޑިމޮކްރެޓްސްގެ މެމްބަރުން ކަންމަތީ ޖަލްސާތައް ބާއްވައި ސަރުކާރާ ދެކޮޅަށް އެއްކޮށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ހަސަން ލަތީފު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox