ގާސިމް، އެންމެ ފަހުން ކުށުގެ ރެކޯޑު ސާފުކުރަން ހުށަހަޅައިފި

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ؛ ވާދަކުރުމާ މެދު ގޮތެއް ނުނިންމެވި ދުވަސްތަކެއް ހުންނެވުމަށް ފަހު އެންމެ ފަހުން މިއަދު ކުށުގެ ރެކޯޑު ސާފު ކުރަން ހުށަހަޅުއްވައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ؛ ވާދަކުރުމާ މެދު ގޮތެއް ނުނިންމެވި ދުވަސްތަކެއް ހުންނެވުމަށް ފަހު އެންމެ ފަހުން މިއަދު ކުށުގެ ރެކޯޑު ސާފު ކުރަން ހުށަހަޅުއްވައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެންމެ ފަހުން ކުށުގެ ރެކޯޑު ސާފުކުރަން މިއަދު ހުށަހަޅައިފި އެވެ.

ޖޭޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް, އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވަނީ ޖޫން 9, ގައި ރިޔާސީ ޓިކެޓު އަރުވާފަ އެވެ. ޖުލައި 23، އިން ފެށިގެން ކުރިމަތިލާން ހުޅުވާލާފައި އޮތް ނަމަވެސް އިއްޔެއާ ހަމައަށް ވެސް އޭނާގެ ކުށުގެ ރެކޯޑު ސާފުކުރަން ހުށަހަޅާފައެއް ނުވެ އެވެ.

"އަދަދު" ނޫހަށް ޔަގީންވެފައިވާ ގޮތުގައި، ވިލާ ވިޔަފާރީގެ ވެރިޔަކަށް ވެސް ހުންނެވި ގާސިމްގެ ކުށުގެ ރެކޯޑު ސާފު ކުރަން މިހާރު ވަނީ ހުށަހަޅައިފަ އެވެ. އަދި އޭނާގެ އިންތިހާބީ އެޖެންޓަކަށް ހަމަޖެއްސެވި ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ކުށުގެ ރެކޯޑު ސާފު ކުރުމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ނަމަވެސް, އަދި ރަނިން މޭޓަކަށް ހަމަޖައްސަވާ ބޭފުޅަކު ސާފެއް ނުވެ އެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމެއްގައި، ގާސިމް ވަނީ އިންތިހާބުގައި އެ ޕާޓީން ވާދަނުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރުމާ ގުޅޭ ގޮތުން ކައުންސިލްގެ ހިޔާލު ހޯދައިފަ އެވެ. މުޅި ކައުންސިލް އިއްތިފާގުވީ ފުރަތަމަ ބުރުގައި ޖޭޕީން ވާދަކުރަން ޖެހޭ ކަމަށެވެ.

ރިޔާސީ އިންތިހާބުތަކުގައި ގާސިމްގެ ދައުރު

ގާސިމް ވަނީ 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވައިފަ އެވެ. 2008 ވަނަ އަހަރު ގާސިމަށް ލިބުނީ ވޯޓުލީ މީހުންގެ 15 ޕަސެންޓެވެ. އަދި 2013 ގައި ގާސިމަށް ލިބުނީ ވޯޓުލީ މީހުންގެ 24 ޕަސެންޓެވެ.

ދެ އިންތިހާބުގައި ވެސް ދެ ވަަނަ ބުރަށް ދެވޭ ވަރަށް ގާސިމަށް ވޯޓު ނުލިބުނު ނަމަވެސް އެ ދެ ފަހަރު ވެސް އިންތިހާބު ކާމިޔާބުކުރީ ގާސިމްގެ ތާއީދު އޮތް ކެންޑިޑޭޓެވެ. އަދި ދެވަނަ ބުރުގައި، އެ ދެ އަހަރު ވެސް، ގާސިމް ތާއީދު ކުރެއްވީ ފުރަތަމަ ބުރުގައި ދެވަނައަށް އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓަށެވެ.

ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން ވެސް ސަރުކާރު އެކުލަވާލީ ޖޭޕީއަށް ހިއްސާއެއްދޭ ގޮތަށެވެ.

އެންމެ ފަހުން ބޭއްވި 2018 ވަނަ އަހަރު ރިޔާސީ އިންތިހާބު އޮތް އިރު، ގާސިމް ހިމެނޭހެން އޭރުގެ އިދިކޮޅު ހުރިހާ ލީޑަރުން ތިބީ ޖަލު ހުކުމެއްގައި ނުވަތަ ހުކުމެއް ނެތި ބަންދުގަ އެވެ. އެހެންވެ ގާސިމްގެ ޖޭޕީގެ އިތުރަށް އެމްއާރުއެމާއި އަދާލަތު ޕާޓީން ތާއީދުކުރީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox