ހުލާސާކޮށް އިއްޔެ: ޕީއެންސީގެ ކެންޑިޑޭޓަކަށް މުއިއްޒު، އަދި ފަރުދާގެ ފަހަތް

Aug 4, 2023, 2:20 AM
ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުކޮށް، ރިޔާސީ ޓިކެޓު ހޯއްދެވި މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒު، އަދި އޭނާއާ ވާދަ ކުރެއްވި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު. -- ފޮޓޯ:މިރާޝް ނާޝިމް/ އަދަދު

ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުކޮށް، ރިޔާސީ ޓިކެޓު ހޯއްދެވި މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒު، އަދި އޭނާއާ ވާދަ ކުރެއްވި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު. -- ފޮޓޯ:މިރާޝް ނާޝިމް/ އަދަދު

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ހާލަތެއްގައި ޕީއެންސީއިން ނެރޭ ރިޔާސީ ކެންޑިޑޭޓަކަށް މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ހޮވި އެވެ.

އިއްޔެ ހަވީރު ބޭއްވި ޕްރައިމަރީ މުއިއްޒު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ސެނެޓުގެ 48 މެމްބަރުން ތެރެއިން 25 ވޯޓުންނެވެ. މުއިއްޒުއާ ވާދަ ކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ.

ޕްރައިމަރީ ކާމިޔާބު ކުރެއްވި ނަމަވެސް، ސުޕްރީމް ކޯޓުން ޔާމީނުގެ ކެންޑިޑެސީ ބަލައިގަންނަން ނިންމައިފި ނަމަ ފަހަތަށް ޖެހިލައްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ޕީޕީއެމް/ޕީއެންސީގެ ކެމްޕޭނުގެ ހަރަކާތްތައް ފެށިގެން އައި އިރު ވެސް މުއިއްޒު އިންތިހާބުގައި ކުރިމަތިލުމުގެ ޝައުގުވެރިކަން އޮތް ވާހަކަތައް ފެތުރެމުން ދިޔަ އެވެ. އެހެން ނަމަވެސް އޭރު މުއިއްޒު ވަނީ އެތައް ފަހަރަކު އެ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ.

މުއިއްޒުގެ ސިޔާސީ ހަޔާތް ފެއްޓެވީ އަދާލަތު ޕާޓީންނެވެ. އެއަށް ފަހު އެމްޑީއޭއާ ގުޅިވަޑައިގެން އެ ޕާޓީގެ ނައިބު ރައީސްކަން ވެސް ކުރެއްވުމަށް ފަހު، ޕީޕީއެމްއާ ގުޅިވަޑައިގަތެވެ.

ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒު ޕީއެންސީއާ ގުޅިވަޑައިގަތީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން މިއަދު އެވެ.

"އުފާ ފާޅުކޮށްގެން ނުވާނެ"، ފަރުދާ ކެހި ހާމަވީ ސްޓޭޖުގެ ފަހަތް

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުކުރެއްވި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވެރިކަން ލިބިވަޑައިގަތުމަށް ފަހު ވެސް މަސައްކަތް ކުރައްވާނީ، 11 އަހަރުގެ ޖަލު ހުކުމުގައި އޮންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށެވެ.

އާދެ އަޅުގަނޑުމެން މި ދެންނެވީ އަޅުގަނޑުމެންގެ ހުރިހާ މަސައްކަތެއް ވެސް ކުރިއަށް ގެންދަނީ އަދި ގެންދާނީވެސް ރައީސް ޔާމީނުގެ އިރުޝާދުގެ ދަށުން ކަމަށް،"

ދުވަހުގެ ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމު ސިޔާސީ ކަންކަމާ ދުރުގައި އުޅުއްވުމަށް ފަހު، އިއްޔެ ޖުމްހޫރީ ޕާޓީއާ ގުޅި ފޯމް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ހަވާލުކުރައްވަނީ. ނާޒިމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅެއް. ނަމަވެސް އުޅުން ދުރުވީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުތެރޭގައި. އެއަށް ފަހު ނާޒިމު ޖަލަށް ވެސް ލި. -- ފޮޓޯ: ޖުމްހޫރީ ޕާޓީ

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox