އިލްޔާސް ވިދާޅުވީ ޑިމޮކްރެޓުންގެ ވެރިކަމެއްގައި ނިޒާމީ ވޯޓެއް ނަގާނެ ކަމަށް

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް; އެ ޕާޓީގެ ވެރިކަމެއްގައި ނިޒާމީ ވޯޓުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވިދާޅުވި -- ފޮޓޯ: މިރާން/ އަދަދު

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް; އެ ޕާޓީގެ ވެރިކަމެއްގައި ނިޒާމީ ވޯޓުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވިދާޅުވި -- ފޮޓޯ: މިރާން/ އަދަދު

އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްއަށް މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ވެއްޖެނަމަ, ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީއަށް ކުރެއްވި ކެމްޕޭން ދަތުރު ނިންމަވާލައްވާ, މާލެ ވަޑައިގެން, ނޫސްވެރިންނާ ބައްދަލުކުރައްވާ އިލްޔާސް ވިދާޅުވީ އެންމެ ފަހުން ނިޒާމު ބަދަލު ކުުރުމަށް ނެގި ވޯޓާ މެދު ވެސް ރައްޔިތުންގެ މެދުގައި ޝައްކުތަކަކާއި, ސުވާލުތަކެއް އުފެދިފައިވާކަން ގަބޫލުކުރައްވާ ކަމަށެވެ.

"2008ގަ ގާނޫނުއަސާސީ އެކުލަވާލުމުގެ ކުރިން ނެގި ފެންނަ ނުފެންނަ ވޯޓާ ދޭތެރޭ ވެސް އެތައް ބަޔަކު ޝައްކުގެ ނަޒަރަކުން ބަލާ. އެއީ ސައްހަ ނަތީޖާތަކެއްތޯ ނޫންތޯ. އަދި މިއަދު ވެސް ސުވާލު އުފައްދާ." ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވާ, އަދަދުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިދިޔަ 15 އަހަރު ތެރޭގައި ރާއްޖޭގެ ނިޒާމު މިއޮތް ގޮތާ މެދު އެކި ގޮތްގޮތުން ބަހުސް ކުރެވެ އެވެ. އެ މޭރުމުން ވާހަކަ ދައްކަވަމުން އޭނާ ވަނީ, ޑިމޮކްރެޓްސްގެ ސަރުކާރެއްގައި ނިޒާމު ބަދަލުކުރުމާމެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"ޑިމޮކްރެޓުންގެ ސަރުކާރެއްގައި އަޅުގަނޑުމެން ރައްޔިތުންނާ ހަމައަށް އެ ފުރުސަތު ހުޅުވައި ދޭނަން. އެ ބޭފުޅުން ބޭނުންވަނީ ކިހިނެތްތޯ ދެނެގަތުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް. އެ ޖާގަ އަޅުގަނޑުމެން ރައްޔިތުންނާ ހަމައަށް ގެންގޮސްދޭނަން." އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި; ނިޒާމު ބަދަލުކުރުމުގެ ވޯޓެއް ނަންގަވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: މިރާން/ އަދަދު
އިލްޔާސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި; ނިޒާމު ބަދަލުކުރުމުގެ ވޯޓެއް ނަންގަވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: މިރާން/ އަދަދު

އިލްޔާސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި; ނިޒާމު ބަދަލުކުރުމުގެ ވޯޓެއް ނަންގަވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: މިރާން/ އަދަދު

ޑިމޮކްރެޓުންގެ ވެރިކަމެއްގައި ނިޒާމު ބަދަލުކުރުމުގެ ވޯޓެއް ނެގުމުގެ ވާހަކަ އިލްޔާސް ދައްކަވާފައިވާއިރު, ރާއްޖެއަށް އެންމެ ރަނގަޅު ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް, ޑިމޮކްރެޓުންގ ލީޑު ކުރައްވާ ކުރީގެ ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންންވެ.

ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ރައްޔިތުންގެ މަޖިލިހުންގެ މެންބަރުން ރައްޔިތުންނަށް ޖަވާބުދާރީވާ ގޮތަށް އެ މަޖިލިހުން ވެރިކަން ހިންގުމަކީ އެންމެ ބޭނުންތެރި ގޮތެވެ. ރިޔާސީ ނިޒާމުގައި މަޖިލިސް ހިންގަވާ ގޮތް ނަޝީދު ސިފަކުރައްވާފައި ވަނީ "ރައީސުލްޖުމްހޫރިއްޔާ ކޮންޓްރޯލް ހޯއްދަވަން" އުޅޭ މައިދާނެއްގެ ގޮތުގަ އެވެ.

ބަރުލަމާނީ ނިޒާމުގެ ވާހަކަ ދެކެވޭއިރު, ޑިމޮކްރެޓްސްގެ ސިޔާސަތުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނަން ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުން ހިމެނެ އެވެ.

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޑިމޮކްރެޓުން ނެރުނު ސިޔާސަތުގައި މަޖިލީހަށް ގެންނަން ހުށަހަޅާފައިވާ ބަދަލާއެކު ތިއްބަވާނީ ޖުމުލަ 76 މެމްބަރުންނެވެ. އެއީ މިހާރުގެ މަޖިލީހަށް ވުރެ 11 މެމްބަރުން މަދު އަދަދެކެވެ.

ޑިމޮކްރެޓުންގެ ވިސްނުމަކީ އަތޮޅުތަކުންނާއި މާލެއިން އިންތިހާބު ކުރާނީ 55 ގޮނޑި، ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލައި (އުތުރު, ހުޅަނގު, މެދު އަދި ދެކުނު) އަންހެނުންނަށް ހާއްސަ 8 ގޮނޑި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރުމަށް 2 ގޮނޑި އަދި ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ލިބޭ ގޮތަށް 11 ގޮނޑި ހިމެނުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox